ޔާމީންގެ ދިފާއުގައި މުޒާހަރާކުރި މީހުން ސުޕްރީމް ކޯޓު ދޮށުން ފޮނުވާލައިފި

ރައީސް ޔާމީންގެ ސަޕޯޓަރުންތަކެއް ސުޕްރީމް ކޯޓު ކައިރިއަށް އެއްވުމަށްފަހު އެ ސަރަހައްދު ދޫކޮށް ދަނީ. ފޮޓޯ: އަދަދު

ރައީސް ޔާމީންގެ ސަޕޯޓަރުންތަކެއް ސުޕްރީމް ކޯޓު ކައިރިއަށް އެއްވުމަށްފަހު އެ ސަރަހައްދު ދޫކޮށް ދަނީ. ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި މިއަދު ސުޕްރީމް ކޯޓު ދޮށަށް އެއްވި އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް ފުލުހުން އެ ސަރަހައްދުން ފޮނުވާލައިފި އެވެ.

އެމީހުން ސުޕްރީމް ކޯޓު ދޮށަށް އެއްވެފައި ވަނީ ގއ. ވޮޑަމުއްލާއިން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާ މަނީ ލޯންޑާކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް އެ ކޯޓުގައި ކުރިޔަށް ދަނިކޮށެވެ.

ޕީޕީއެމް އަދި ދިވެހި ގައުމީ ދިދަތައް ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ސުޕްރީމް ކޯޓުގެ އަޑުއެހުން ނިންމާލުމާއެކު މާ ގިނަ އިރުތަކެއް ނުވެ އެ ސަރަހައްދު ދޫކޮށް ދާން ފަށާފަ އެވެ. އޭގެ ކުރިން ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެމީހުންނަށް އަންގައި، ބެރިކޭޑް ޖަހައި، ސުޕްރީމް ކޯޓަށް ދެވޭ މަގުތައް ބަންދުކޮށްފަ އެވެ.

ސުޕްރީމް ކޯޓު ކައިރި ފުލުހުން ފޯރިމަރަނީ. ފޮޓޯ: އަދަދު
ސުޕްރީމް ކޯޓު ކައިރި ފުލުހުން ފޯރިމަރަނީ. ފޮޓޯ: އަދަދު

ސުޕްރީމް ކޯޓު ކައިރި ފުލުހުން ފޯރިމަރަނީ. ފޮޓޯ: އަދަދު

ގާތްގަނޑަކަށް 40 އަކަށް މީހުން ބައިވެރިވި އެ މުޒާހަރާގެ ބައިވެރިޔަކު "އަދަދު" އަށް ކިޔައިދިން ގޮތުގައި މިއަދުގެ އެ އެއްވުމަކީ ވަކި ޕާޓީއަކުން ވަކި ލީޑަރަކު ބުނެގެން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމެއް ނޫނެވެ.

"އަޅުގަނޑުމެން ބޭނުންވީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ޣައިރުގާނޫނީ ހުކުމެއްކަމާއި، އެމަނިކުފާނަށް ކުރާ އަނިޔާ ހުއްޓާލަން ގޮވާލާ އަޑުއުފުލަން، ސުޕްރީމް ކޯޓު ދޮށަށް ދިޔައީ އެހެންވެ. އެކަމަކު އަދި އެއްވެސް ކަމެއް ނުވޭ،" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ފާމުދޭރި މަގުން ދެކުނަށް އެއްވިިއިރު، އެ ސަރަހައްދުގައި ތިބެގެން އެމީހުން ވަނީ ރައީސް ޔާމީންއަށް ސަޕޯޓްކޮށް އަޑުއުފުލައިފަ އެވެ. އަދި ކޯޓުގެ އަޑުއެހުން ނިމުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ ފަރީދީ މަގުން ގޮސް ޗާންދަނީ މަގަށް އަޅާލައި، މަޖީދީ މަގުން އިރަށް ހިނގާލުމެއް ބާއްވައިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ވޮޑަމުއްލާ މައްސަލައިގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާ، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ސުޕްރީމް ކޯޓު ކައިރި ފުލުހުން ފޯރިމަރަނީ. ފޮޓޯ: އަދަދު
ސުޕްރީމް ކޯޓު ކައިރި ފުލުހުން ފޯރިމަރަނީ. ފޮޓޯ: އަދަދު

ސުޕްރީމް ކޯޓު ކައިރި ފުލުހުން ފޯރިމަރަނީ. ފޮޓޯ: އަދަދު

އިސްތިއުނާފުގައި އޮތް އެ ހުކުމުގައި ހިމެނޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެމަނިކުފާނު ނުދައްކަވާތީ އެ މައްސަލަވެސް ދައުލަތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ވޮޑަމުލާގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައިވެސް އެމަނިކުފާނާއި ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ. އަދި ވ. އާރަށުގެ މައްސަލައިގައިވެސް އެމަނިކުފާނާ ދެކޮޅަށް ދައުވާ ކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox