ސިޔާސީ "ސެލެބްރިޓީން": މިއީ ހަމަ ޑިމޮކްރެޓިކް ސަގާފަތެއްތަ؟

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ދާދި މިދާކަށް ދުވަހު އަޑު އިވުނު ވާހަކައެކެވެ. ދިވެހިން ލޯބިވާ ސިޔާސީ ލީޑަރެއް މުޒާހަރާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް އިމާރާތެއްގެ ކުޑަދޮރުން ދިދައެއް ހޫރާލެއްވުމުން، އެމަނިކުފާނަށް ތާއީދުކުރާ އެއްބައެއްގެ ހެޔަށް ގޮތްވި ވާހަކަ އެވެ. އަނެއް ބަޔަކު އެބޭފުޅާގެ ޙާލަތު ދެކެ ރޮއި ހަނާވި ވާހަކަ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން މި ފަދަ ކަންކަން ވާ ވާހަކަ އަޑުއަހަނީ، ދިވެހިން ތާއީދުކުރާ ފިލްމީ ތަރިންނާއި ކުޅިވަރު ތަރިން ފެނުނީމަ އެވެ. ނުވަދިހައިގެ އަހަރުތަކުގައި ސަލްމާން ޚާން ރާއްޖޭގައި ޝޯއެއް ދޭން އައުމުން އޭނާގެ ބަނޑުގައި ވަކިއެޅި ވާހަކަ ދެކެވުނެވެ. ރާއްޖޭގެ ވައިގެ ބަނދަރެއްގައި ބޭރުގެ ސެލެބްރިޓީއެއް ޓްރާންސިޓްކޮށްލާ ދުވަހެއް އަޔަސް އެ ދުވަހެއް ވަނީ އެއާޕޯޓު މުވައްޒަފުންނަށް ޢީދަކަށެވެ. އެހެން ނަމަވެސް މިހާރު، ސިޔާސީ ސެލެބްރިޓީންގެ ވާހަކަވެސް ދަނީ ޢާއްމުވަމުންނެވެ.

ސިޔާސީ ސެލެބްރިޓީންނަށް ތާއީދުކުރާ މީހުންނަށް، އެ ފަދަ ޝަޚްޞިއްޔަތުތަކުގެ ފުށުން ގޯހެއް ނުފެނެ އެވެ. އަޅުގަނޑު މި ދަންނަވަނީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ލީޑަރުންގެ ވާހަކައެއް ނޫނެވެ. އެ ސިޔާސީ ލީޑަރަކީ ކޮންމެ ޕާޓީއެއްގެ މީހަކަސް، އޭނާގެ "ފޭން ބޭސް" އަށް އޭނާ ކަމުދަނީ އޭނާގެ ސިޔާސީ ވިސްނުމުގެ ސަބަބުން އެކަންޏެއް ނޫނެވެ. އޭނާއަކީ އޭނާ ކަމުންނެވެ. އެއް ޕާޓީގެ ނަމުގައި މަޤާމަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު އަނެއް ޕާޓީއަކާ އެ ބޭފުޅަކު ގުޅިވަޑައިގަތަސް މި ދެންނެވި "ވަފާތެރި ފޭން ބޭސް" އެ ބޭފުޅާއާ އެކު ޕާޓީ ބަދަލުކުރެ އެވެ. އެ ސިޔާސީ ލީޑަރެއްގެ މައްޗަށް ތުހުމަތެއް ކުރެވުނަސް، އެއީ ހުދު ކަފަކޮޅެއް ފަދައިން މެނުވީ ނުފެނެ އެވެ. ދުވާލުގެ އަލީގައި، އެންމެންގެ ހާޒިރުގައި އެ ފަދަ މީހަކަށް ގޯހެއް ހެދުނަސް، އެއީ އޭނާ "ފްރޭމްކުރުން" ކަމުގައި ދެކެ އެވެ.

ވިސްނާވަޑައިގަންނަވާށެވެ! މިއީ ރަސްރަސްކަލުންނެއް ނޫނެވެ. އަޅުގަނޑުމެންނަށް މި މީހުންނަށް ކުރުނީސްކޮށް ޘަނާކިޔުމަށް މަޖުބޫރުކުރާ ޤާނޫނުތަކެއް މިއަދަކު ހަމަގައިމުވެސް ނެތެވެ. އެހެންކަމަށް ވާ ހިނދު، އަޅުގަނޑުމެންނަށް އަދިވެސް، އެ ވިސްނުން ދޫކުރަން ދަތި މި ވަނީ ކީއްވެގެންތޯ އެވެ؟ މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ހިޔާ ލިބޭ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރާއިރު، އެ ނިޒާމު ހަލާކަށް ހުށަހެޅޭ ފަދަ އާދަކާދަތައް މުޖުތަމަޢުގައި ދިރުވައި އާލާކުރަން ޚުދު އަޅުގަނޑުމެން ބާރުއަޅަނީ ކީއްވެގެން ހެއްޔެވެ؟

ސިޔާސީ ލީޑަރުންގެ މަޤުބޫލުކަމުގެ މައްޗަށް ބަރޯސާވާ ނިޒާމެއް، އެފަދަ މީހުންގެ މަޤުބޫލުކަމުގެ ސަބަބުން ހަލާކަށް ހުށަހެޅެންވީ ކީއްވެގެންތޯ ސުވާލު އުފައްދާނޭ ޖާގަ އެބައޮތެވެ. ޖަވާބަކީ، މަޤުބޫލުކަމާއި، ރުހުމުގެ ލޮލަކަށް އައިބެއް ނުފެނުމާ އޮންނަ ތަފާތެވެ. ޑިމޮކްރަސީއެއްގައި ލީޑަރެއް އޭނާގެ މަޤުބޫލުކަން އިތުރުކުރުމަށް "ޓެކްސްޓް ފޮތުގައި އޮންނަ ގޮތުންނަމަ" ބޭނުންކުރަން ޖެހޭނީ އޭނާގެ ސިޔާސަތުތަކެވެ. އަދި ރައްޔިތުން ތާއީދުކުރަން ވާނީވެސް އޭނާއަށް އޭނާގެ ޒިންމާ އަދާކުރެވޭނޭ މިންވަރު ދެނެގަނެ، އޭނާގެ ސިޔާސީ ޤާބިލިއްޔަތަށެވެ. ބަދަލުގައި އޭނާއަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރިއަކަށް ވީތީ، ނުވަތަ ރީތި މީހަކަށް ވީތީ، ނުވަތަ ނުފޫޒުގަދަ ދަރިކޮޅެއްގެ މީހަކަށް ވީތީ އޭނާއަށް ސިޔާސީ މައިދާނުގައި ތާއީދުކުރަން ފެށިއްޖެނަމަ، އޭނާއާ މަތިކޮށްފައިވާ ޒިންމާތަކުގެ މަތިން އޭނާގެ "ފޭން ބޭސް" ވެސް ހަނދާންނެތެ އެވެ.

ދެފުށްފެންނަ ސިޔާސަތުތައް ބޮލާލާ ޖަހައެވެ. ބަދަލުގައި އޭނާއާ އެކު ސެލްފީއެއް ނެގުން، އޭނާ ލާ ކަހަލަ ގަމީހެއް ލުން، އޭނާ ތާއީދުކުރާ ހުރިހާ ކަމަކަށް ތާއީދު ކުރުން، އަދި ކިއެއްތަ އޭނާގެ އަނބިދަރިންނާއި ޢާއިލާ ހިމާޔަތްކުރުމުގެ ޒިންމާ ކޮނޑުއެޅުމަކީވެސް ތިމާމެންގެ ޒިންމާކަމަށް ފޭނުންނަށް އެބަ ދެކެވެ އެވެ. އަދި އޭނާގެ ޒިންމާތަކާމެދު އޭނާ ޖަވާބުދާރީކުރުވުމަށް މަސައްކަތްކުރާ ކޮންމެ މީހަކީ ތިމާމެންގެ ދުޝްމިނެއްކަމުގައި ދެކި، އެ މީހަކަށް ނަފުރަތު ކުރެވެ އެވެ.

އަޅުގަނޑުމެން ދިވެހިންނަކީ ސިޔާސީ ސެލެބްރިޓީން ގެންގުޅުމުގެ ހިތި ފެނި، ތަޖުރިބާކޮށްފައި ތިބި ބަޔަކީމު އެވެ. ވަކި ސިޔާސީ ޝަޚުޞިއްޔަތެއްގެ ނަމާއެކުގައި ނޫނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ނަން ނުކިޔޭކަމަށް ބަޔަކު ދުށް ޒަމާނެއްވެސް މިއަދުގެ ޒުވާން ޖީލު އަދި ދޮށީ ޢުމުރުގެ މީހުން ރަނގަޅަށް ހަނދާން ހުންނާނެ އެވެ. ވަކި ބަޔަކަށް ނޫނީ ޤައުމެއް ނުހިންގޭނޭ ކަމަށް ހިތުގެ އަޑިން ޤަބޫލުކޮށް، ރިޔާސަތަށް ޤާބިލު އެނޫން ބަޔަކު ޤައުމުގައި ނެތްކަމަށް ޤަބޫލުކުރެވުނު ޒަމާނެއްވެސް މިއަދުގެ ޒުވާނުންނާއި ދޮށީ ޢުމުރުގެ މީހުން ހަނދާން ހުންނާނެ އެވެ. މިއީ މި ދަންނަވާ ސިޔާސީ "އައިޑޮލައިޒޭޝަން" ގެ ސަބަބުން އޭރު އުފެދުނު ތަޢައްޞަބުތަކެއް ކަމައަށް ބެލެދިވާނެނޫންތޯ އެވެ؟

މިއަދުވެސް ދިވެހި ސިޔާސީ ނިޒާމުގައި ހުރި އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ސިޔާސީ ފިކުރުތަކުގައި "ޕޯލަރައިޒްވުން" ހިމެނެ އެވެ. މި ގޮތަށް އެއްކޮޅަކަށް ގޮސް ހުސްވުމުން، ސިޔާސީ މައިދާނުގައި ކުރަންޖެހޭ މުހިއްމު ބަހުސްތަކުގެ އަޑު އަހާނޭ ކަންފަތެއް ނުވެ އެވެ. މުހިއްމު މައްސަލަތަކުގައި ކުރާ މަޝްވަރާ، ޚާއްޞަގޮތެއްގައި އެ މައްސަލައަކީ ދެ ލީޑަރަކު ދެ ސްޓޭންޑެއް ނަގާ މައްސަލައެއްނަމަ، ވަކި ކޮޅެއްގައި ނުޖެހި، ހައްލެއް ނުފެނި، ހުއްޓުން އަރަ އެވެ. އިސާހިތަކު، ޑިމޮކްރަސީގެ އަސާސްކަމުގައިވާ އަޤުލަބިއްޔަތުން ގޮތް ނިންމުން، އެއީ ދަތިކަމަކަމަށް ވެދެ އެވެ. ޒިންމާދާރުކަމާއި ދެފުށްފެންނަ ނިޒާމުތައް ތަންފީޒުކުރުމަކީ ތިމާ "ސްޓޭން" ކުރާ ސިޔާސީ ސެލެބްރިޓީއަށް ނިސްބަތްކުރަންޖެހޭ އުޞޫލުތަކެއްކަމަށް ނުދެކެވޭ ހިސާބުން އެ ފަދަ މީހުން ޖަވާބުދާރީކުރުން، ދަތި އުނދަގޫ ކަމަކަށްވެދެ އެވެ. އޭނާ "އައިޑޮލައިޒް" ކުރުމުން ތިމާއަށް ތާއީދުކުރެވެނީ އޭނާގެ ރަނގަޅު އަދި ނުރަނގަޅު ސިފަތަކަށެވެ.

މި ޘަޤާފަތް ބަދަލުކުރުމުގައި ރައްޔިތުންގެ ޒިންމާއެއް އެބައޮތެވެ. ފުރަތަމަ ކަމަކަށް، އެއްވެސް ސަބަބަކާހުރެ ތިމާގެ ވޯޓު ފައިސާއަށް ނުވިއްކާށެވެ. ބަދަލުގައި ތިމާގެ ވޯޓަކީ ތިމާއަށް ކަމުދާ ސިޔާސީ ފިކުރު ތަންފީޒުކުރާނޭ ފަރާތަކަށް ދޭ އެއްޗަކަށް ހަދާށެވެ. ސިޔާސީ ލީޑަރެއް ވަޢުދެއް ވުމުން، އެ ވަޢުދަކީ ފުއްދޭނޭ ވަޢުދެއްތޯ ބަލަމާ ހިނގާށެވެ. އެގޮތުން އޭނާގެ ސިޔާސީ ޙަޔާތުގައި ވަޢުދު ފުއްދާފައިވާ މިންވަރަށް ރިޢާޔަތްކުރާށެވެ. އޭނާގެ ސިޔާސީ ޕާޓީގެ ވަޢުދުތަކާ އޭނާގެ ވަޢުދުތަކާ ދެމެދު ހުރި ފުށުއެރުންތަކާއި އެއްގޮތްކަންކަން ދެނެގަންނާށެވެ.

"އައިޑޮލައިޒޭޝަންގެ" "ކަނުބަނދެވުމުން" ސަލާމަތްވެ ހުރެ، އޭނާގެ ޝަޚުސިއްޔަތު ދެނެގަންނާށެވެ. ސިޔާސީ ލީޑަރުގެ ޒާތީ ޝަޚުސިއްޔަތުގެ ސަބަބުން އޭނާގެ ސިޔާސީ މަސައްކަތަށް ނޭދެވޭ އަސަރެއް ކޮށްފާނޭހެން ހީވާނަމަ، އެގޮތެއް ދެނެގަންނާށެވެ. އޭނާއާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން އެ ދައްކާ ވާހަކަވެސް އަޑުއަހާށެވެ. އަދި ތިމާ އޭނާ ދެކެވާ ލޯބި އެއްފަރާތްކޮށް، އެ ދައްކާ ވާހަކައިގެ ޙަޤީޤަތެއް އޮތްތޯ އޮޅުން ފިލުވާށެވެ. ތިމާގެ ތާއީދާއި، ވޯޓާއި، އިތުބާރާއި ވަފާތެރިކަމަކީ ސިޔާސީ ރާޒުވާގަނޑުގައި ލީޑަރުން ކުޅޭ މަނާފުކަކަށް ހެދޭނޭ ޖާގަ ނުދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox