ތާލިބާން ސަރުކާރު އައުމާއެކު އެމެރިކާގެ ޕްރެޝަރު ޕާކިސްތާނަށް

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން.

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 15) - ބައިނަލްއަގްވާމީ ޑިމާންޑުތަކާ އެއް ގޮތަށް އަމަލު ނުކުރާހާ ހިނދަކު ތާލިބާން ސަރުކާރު ބަލައިނުގަތުމަށް އެމެރިކާ އިން ޕާކިސްތާނަށް ގޮވާލައިފި އެވެ.

ކޮންގްރެސްގެ ގިނަ މެމްބަރުން ވަނީ ޕާކިސްތާނަށް ޕްރެޝަރު އިތުރު ކުރުމަށް އަޑު އުފުލާފަ އެވެ. އެއާއެކު ސެކެޓްރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވީ ތާލިބާނު ސަރުކާރު ބަލައިގަތުމާ މެދު ހުރިހާ ގައުމަކުން ވެސް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

"ޕާކިސްތާނު ހިމެނޭހެން، ކޮންމެ ގައުމަކުން ވެސް ބަލަންވީ ބައިނަލްއަގްވާމީ މުޖުތަމައިން އެދޭ ކަންކަން ތާލިބާނުން ހާސިލްކުރަނީ ކިހާ މިންވަރަކަށްތޯ. އެކަމަށް ބެލުމަށް ފަހު ނޫނީ އެ ސަރުކާރު ބަލައިގަނެގެން ނުވާނެ ނުވަތަ އެހީތެރިކަމެއް ވެސް ދީގެން ނުވާނެ،" ކޮންގްރެސްގެ ފޮރިން އެފެއާޒް ކޮމިޓީގައި ބްލިންކެން ވިދާޅުވި އެވެ.

Advertisement

ބްލިންކެން ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައިން އިސްކަންދީގެން ބަލާނީ އަފްގާން ރައްޔިތުން ގައުމު ދޫކޮށް ދިޔުމަށް އޮތް މިނިވަންކަމާއި، އަންހެނުންނާއި އަންހެން ކުދިން އަދި މައިނޯރިޓީގެ ހައްގުތައް ކަށަވަރު ކުރުން ފަދަ ކަންކަމަށެވެ.

"އެހެންވީމަ ބައިނަލްއަގްވާމީ މުޖުތަމައުގައި މެޖޯރިޓީ އޮތް ފަޅީގައި ޕާކިސްތާން އޮންނަން އެބަ ޖެހޭ."

ބްލިންކެން ވިދާޅުވީ ޕާކިސްތާނުގެ ސިޔާސަތުތަކުގެ ސަބަބުން މީގެ ކުރިން އެމެރިކާގެ މަސްލަހަތަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން ތާލިބާނުންގެ މެމްބަރުންނާއި، ޓެރަރިސްޓުން ކަމަށް އެމެރިކާއިން ކަނޑައަޅާފައިވާ ހައްގާނީ ނެޓްވޯކުގެ މެމްބަރުންނަށް ވެސް ޕާކިސްތާނުން ހިމާޔަތް ދިން ކަމަށް ތުހުމަތު ކުރެއްވި އެވެ.

ކޮންގްރެސްގެ ބައެއް މެމްބަރުން ގޮވާލެއްވީ ޕާކިސްތާނާއި އެމެރިކާއާ ދެމެދުވާ އަސްކަރީ ގުޅުން ކުޑަ ކުރުމަށެވެ. އެގޮތުން އެމެރިކާގެ ހަތިޔާރަށް އެކްސެސް ލިބޭ، ނޭޓޯގައި ނުހިމެނޭ އެކުވެރި ގައުމުތަކުގެ ލިސްޓުން ޕާކިސްތާން އުނިކުރުމަށް މެމްބަރުން ބާރު އެޅުއްވި އެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ތާލިބާން އުފެދިގެން އައިއިރު، ތާލިބާން ލީޑަރުންނާ، ޕާކިސްތާނާ ދެމެދު ގާތް ގުޅުމެއް އޮތެވެ. އޭގެ ފަހުން 1996 އިން 2001 އަށް ވެރިކަން ކުރި ތާލިބާން ސަރުކާރު ބަލައިގަތް ތިން ގައުމުގެ ތެރޭގައި ވެސް ޕާކިސްތާން ހިމެނެ އެވެ.

އެހެން ނަމަވެސް، ސެޕްޓެމްބަރު 11، 2001 ގެ ހަމަލާ އަށް ފަހު ޕާކިސްތާނުން ވަނީ އެމެރިކާ އިން "ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި" އެއްބާރުލުން ދޭން ވައުދުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox