ޓެކްނޮލޮޖީއާއެކު ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއްގެ ކޮޅުމަތި

ގަވް.އެމްވީ މެސެޖްގެ ހިދުމަތް އިފްތިތާހުކުރުމުގެ ހަފްލާގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް

ގަވް.އެމްވީ މެސެޖްގެ ހިދުމަތް އިފްތިތާހުކުރުމުގެ ހަފްލާގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، މުހިންމު އިންގިލާބީ ބަދަލުތަކެއް ސަރުކާރު ހިންގުމުގެ ނިޒާމަށް ގެނައުމަށް ރޭވިފައިވާ ނިންމުންތަކެއް މިއަދު އާންމުކޮށްފި އެވެ. އޭގެ ތެރޭގައި، ސިއްހީ ދާއިރާގެ މައުލޫމާތުގެ ނިޒާމަކާއި، ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް އެއްތަނަކުން ލިބޭނޭފަދަ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

އެގޮތުން، ސަރުކާރުގެ ހިންގުން ޑިޖިޓަލައިޒްކޮށް ޒަމާނީކުރުމަށް ކުރާ މި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމަށްވާ އާންމު ރައްޔިތުން ސަރުކާރުގެ އިދާރާތަކަށް ހާޒިރުވެގެން ހިދުމަތްތަކަށް އެދޭ އެދުން ނިމުމަކަށް ގެނައުމަށްޓަކައި ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ. އެ ނިޒާމާއެކު ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ މިއަދު ވިދާޅުވި އެވެ.

އެ ހުރިހާ ހިދުމަތެއް އެއްތަނަކުން ލިބޭނޭފަދަ ނިޒާމެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވީ، ގަވް.އެމްވީ މެސެޖުގެ ހިދުމަތް ތައާރަފު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވި ގޮތުގައި އެފަދަ ނިޒާމެއް ގާއިމުކުރުމާއެކު ސަރުކާރުގެ އިދާރާއަކުން ދޭ ހިދުމަތެއް މާ ބޮޑެތި ތަކުލީފުތަކަކާނުލައި އެއްތާކުން ފަސޭހައިން ޑިޖިޓަލް ހިދުމަތެއްގެ ގޮތުގައި އެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތައް އެ ހިދުމަތް ފޯރުކޮށްދެނީ ކޮން ތަނެއްގަ ހުންނަ ކޮން އިދާރާއަކުން ކޮން ފޯމެއް ބޭނުންކޮށްގެންކަން އެނގުމަކާ ނުލައި އެއްތާކުން ފަސޭހައިން ޑިޖިޓަލް ހިދުމަތެއްގެ ގޮތުގައި ލިބޭނެ އިންތިޒާމު ހަޖައްސާދެވޭނެ،" ޝައުނާ ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަދި ޓެކްނޮލޮޖީގެ ޒަރީއާއިން ރައްޔިތުންނާ ސަރުކާރާ ގުޅާލުމަކީ މިއަދު ކޮންމެހެންވެސް ކުރުން މަޖުބޫރު ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި މިއަދު ތައާރަފްކުރި ގަވް.އެމްވީ މެސެޖު ހިދުމަތުން ރައްޔިތުންނަށް ވެސް ސަރުކާރާ މުއާމަލާތް ކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގަވް.އެމްވީ މެސެޖުގެ ހިދުމަތަކީީ ރައްޔިތުން ސަރުކާރަށް ހުށަހަޅަން ބޭނުންވާ ސިޓީއާ ޝަކުވާ ފަދަ ލިޔެކިޔުންތައް އިންޓަނެޓް މެދުވެރިކޮށް ހުށަހެޅުމަށް ބޭނުންކުރާނެ ސަރުކާރުގެ ރަސްމީ ޑިޖިޓަލް ހިދުމަތް،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

އެ ހިދުމަތުގެ ދަށުން ސަރުކާރުގެ ވަކިވަކި އިދާރާތަކަށް އެކިއެކި ނިޒާމު މެދުވެރިކޮށް ރަސްމީ މުއާމަލާތް ކުރުމުގެ ބަދަލުގައި އެއް ޑިޖިޓަލް ހިދުމަތް މެދުވެރިކޮށް ކޮންމެ އިދާރާއަކަށް ވެސް މުއާމަލާތު ކުރެވޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި އެ ހިދުމަތަކީ އީފާސް މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ދިވެހިން އަދި ބިދޭސީންނަށް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ހިދުމަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

ގަވް.އެމްވީ ހިދުމަތާ ގުޅޭ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ހިދުމަތާއެކު ސަރުކާރުގެ އިދާރާތަކަށް ހުށަހެޅޭ ސިޓީ އަދި ޝަކުވާގެ މިންވަރު ފެންނަ ޑޭޝްބޯޑެއް ވެސް ހުންނާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޓޫލް އެއް. މި ޓޫލްގެ ބޭނުންކުރަން ފެށުނީމަ ހިދުމަތް ލިބިގަންނަ ގޮތާއި ސަރުކާރާއި ރައްޔިތުންނާ ދެމެދު މުޢާމަލާތް ކުރެވޭ ގޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ،" ޝައުނާ ވިދާޅުވި އެވެ.

އެންސީއައިޓީއަށް ބޮޑެތި ބަދަލުތަކެއް

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަ ޑިޖިޓަލް އިގްތިސޯދަކާ ދިމާލަށް ދަތުރުކުރުމަށެވެ. އެގޮތުން ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ، ގަވަމަންޓް ޑިޖިޓަލް ސާވިސްގެ ގޮތުގައި ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންސީއައިޓީ ބޭނުންވާ ތަރައްގީ ނުގެނެވި އެތައް އަހަރުތަކަކަށްފަހު މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އެންސީއައިޓީ ވަކި ހިދުމަތެއްގެ ގޮތުގައި އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި އައިޓީ ދާއިރާއަށް ބޭނުންވާ ތައުލީމީ ހުނަރުވެރި ޒުވާނުން އެކަށީގެންވާ އުޖޫރައަކާއެކު މަސައްކަތްކުރުމަށް ފަހިކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި މިނިސްޓްރީން ފަށާނެ. އަދި އެންސީއައިޓީއިން ބޭނުންކުރަމުންދާ ޓެކްނޮލޮޖީގެ އިންފްރަސްޓްރަކްޗާ ތަރައްގީކޮށް ގަވަމަންޓް ޕްރައިވެޓް ކްލައުޑެއް ފަރުމާކުރުމުގެ މަސައްކަތް މިއަހަރުތެރޭ ފެށިގެންދާނެ،" ޝައުނާ ވިދާޅުވި އެވެ.

ގަމް. އެމްވީ މެސެޖްގެ ހިދުމަތް އިފްތިތާހުކުރުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ގަމް. އެމްވީ މެސެޖްގެ ހިދުމަތް އިފްތިތާހުކުރުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ގަމް. އެމްވީ މެސެޖްގެ ހިދުމަތް އިފްތިތާހުކުރުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މިހާރު ތައްޔާރުކުރަމުންދާ ދެ ބިލެއްކަމުގައިވާ ސައިބާ ސެކިއުރިޓީގެ ގާނޫނުގެ ބިލާއި ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ގާނޫނުގެ ބިލްގެ ވާހަކައަށް ވެސް އަލިއަޅުވާކައްވާފަ އެވެ. އަދި މިހާރު މަޖިލީހުގައި ބަހުސް ކުރެވެމުންދާ އިލެކްޓްރޯނިކް މުއާމަލާތު ކުރުމުގެ ބިލާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ.

"[އިލެކްޓްރޯނިކް މުއާމަލާތު ކުރުމުގެ] މި ބިލް ޤާނޫނަކަށްވުމަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދަށް އިންގިލާބެއް ގެނެއުމަށް މަގުފަހިވެގެންދާނެ ކަމެއް،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ސަރުކާރުގެ ޑޭޓާ ލިބޭނެ އިންތިޒާމެއް

ސަރުކާރުން ކުރާ މަސައްކަތްތަކާ، އެފަދަ މަސައްކަތްތަކުން އެއްކުރެވޭ މައުލޫމާތު ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ވެސް ސަރުކާރުން ޑިޖިޓަލްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

"ސަރުކާރުގެ މަސައްކަތްތަކަށް އެއްކުރެވޭ އަދި މަސައްކަތްތަކުން އުފެއްދޭ ޑޭޓާ، އެއް ނިޒާމެއްގެ ތެރެއިން ގުޅާލައި ރައްކާތެރިކަމާއެކު ސަރުކާރުގެ އިދާރާތަކަށާއި، ޕްރައިވެޓް ފަރާތްތަކަށާއި އާންމު ރައްޔިތުންނައްވެސް އޯޕަން ގަވަމަންޓް ޑޭޓާ ޕޮލިސީއެއްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސައިދެވޭނެ،" ޝައުނާ ވިދާޅުވި އެވެ.

އެއާއެކު ސަރުކާރުން ގެންގުޅޭ ޑޭޓާ އަދި ޓެކްނޮލޮޖީގެ ހިދުމަތްތައް އެއް ނިޒާމެއްގެ ތެރެއިން ފޯރުކޮށްދޭން ފެށުމުން، ޑިޖިޓަލް އިގްތިސޯދާއި، ޑިޖިޓަލް މުޖްތަމައަކަށް ބޭނުންވާ ހައްލުތައް ހޯދުމަށް އަދި ޑިޖިޓަލް ވިޔަފާރިތައް ކުރިއެރުމަށް ވެސް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ގިނަ އިދާރާތަކުގައި އަދިވެސް ސޮފްޓްވެއާ ބޭނުން ކުރަނީ ލައިސަންސް ހޯދުމަކާ ނުލަ އެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނާއި ސަރުކާރުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތެރޭގައި:

  • މައިކްރޯސޮފްޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، މައިކްރޯސޮފްޓް 365 ޕްލެޓްފޯމްގައި 20,000 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމުގެ މަސައްކަތް ކުރުން
  • ލާމަރުކަޒީ ނިޒާމުގެ އިތުރަށް ހަރުދަނާކުރަން އެންމެހާ ކައުންސިލްތަކުގެ 4,000 އަށް ވުރެ ގިނަ މުވައްޒަފުން އޮފީސް 365 ގެ ނިޒާމުގެ ގުޅުވުން
  • އަދި މިނިސްޓްރީތަކާއި އެތައް އެހެން މުވައްސަސާއަކަށް މައިކްރޯސޮފްޓް އޮފީސް 365 ގެ މި ނިޒާމު ތައާރަފްކުރުން
  • ޒަމާނީ މުހިންމު އަޕްގްރޭޑްތަކާއެކު އާ ޖެމްސް އެއް ތައާރަފްކުރުން ފާހަގަކޮށްލެވެ އެވެ.
  • މުވައްޒަފުންގެ ކަންކަން ބަލަހައްޓައި، އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން ފަދަ މަސައްކަތްތައް އޮޓޮމޭޓްކުރުން
  • ފަސޭހައިން ޕޭރޯލް ޖެނެރޭޓް ކުރެވޭގޮތަށް އީއެޑްމިންގެ ނިޒާމު ތަރައްގީކޮށް އަލުން ތައާރަފްކުރުން

ގައުމީ ހެލްތު އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރަނީ

ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކުގެ ތަސައްވުރުގެ ތެރެއިން ގައުމީ ހެލްތް އިންފޮމޭޝަން ސިސްޓަމެއް މެދުވެރިކުރަންވެސް ނިންމާފައިވާކަމަށް މިނިސްޓަރު ޝައުނާ މިއަދު ވިދާޅުވި އެވެ.

ސިއްހީ ހިދުމަތާއި އިޖްތިމާއި ރައްކާތެރިކަމުގެ ނިޒާމު ޑިޖިޓައިޒް ކުރެވުމުން، ރައްޔިތުންނަށް، ސިއްހީ ހިދުމަތް އެކިއެކި މަރުކަޒުތަކުން ހޯދުމާއި، ސައްހަ މައުލޫމާތަށް ބިނާކޮށް ރަނގަޅު ފަރުވާ ލިބުގެ މަގު ފަހިވެގެންދާނެ،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ދަށުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިއްހީ ރެކޯޑް އިލެކްޓްރޯނިކް ކޮށް ބަލާލައި، ރުހުމާއެކު ސިއްހީ ހިދުމަތް ދޭ ތަންތަނަށް ހިއްސާކުރެވޭނެ ގޮތް ހެދިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރަންވެސް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޓެކްނޮލޮޖީއަކީ މިއަދު ދިރިއުޅުމާ ގުޅި ލާމެހިފައިވާ އެއްޗެއް. ޓެކްނޮލޮޖީ ފަހާ ދުވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައި މި ޖަޒީރާ ރާއްޖޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނައުން،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox