ސަރުކާރުގެ ހިދުމަތް ހޯދަން ޑިޖިޓަލް ޕްލެޓްފޯމެއް ގާއިމްކޮށްފި

ގަމް. އެމްވީ މެސެޖްގެ ހިދުމަތް ރައީސް އިފްތިތާހު ކޮށްދެއްވަނީ: އެ ހިދުމަތާއެކު އޮންލައިންކޮށް ސަރުކާރަށް ސިޓީ އާއި ޝަކުވާ ހުށަހެޅޭ. -- ފޮޓޯ: ރައީސް އޮފީސް

ގަމް. އެމްވީ މެސެޖްގެ ހިދުމަތް ރައީސް އިފްތިތާހު ކޮށްދެއްވަނީ: އެ ހިދުމަތާއެކު އޮންލައިންކޮށް ސަރުކާރަށް ސިޓީ އާއި ޝަކުވާ ހުށަހެޅޭ. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އިދާރާތަކަށް ހިދުމަތް ހޯދަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތަށް އެދެވޭނެ ޕްލެޓްފޯމެއް މިއަދު އިފްތިތާހު ކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގަވް.އެމްވީ މެސެޖްގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ތައާރަފް ކޮށްފައިވާ ޖެމްސް ސިސްޓަމްގެ ތެރެއިން ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ލިޔެކިޔުން ފޮނުވަނީ އެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ. މިއަދު ތައާރަފް ކުރި ގަވް.އެމްވީ މެސެޖްގެ ހިދުމަތާއެކު ޖެމްސް މިވަނީ އާއްމު ރައްޔިތުންނަށް ހުޅުވާލައިފަ އެވެ.

އެ ހިދުމަތް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އެ ޕްލެޓްފޯމަކީ ރައްޔިތުން ސަރުކާރަށް ހުށަހަޅަން ޖެހޭ ސިޓީ އާއި ޝަކުވާފަދަ ލިޔެކިޔުންތައް އިންޓަނެޓް މެދުވެރިކޮށް ސަރުކާރަށް ހުށަހަޅާނެ ސަރުކާރުގެ ރަސްމީ ޑިޖިޓަލް ހިދުމަތް ކަމަށެވެ.

"ސަރުކާރުގެ ވަކިވަކި އިދާރާތަކަށް އެކިއެކި ނިޒާމު މެދުވެރިކޮށް ރަސްމީ މުއާމަލާތް ކުރުމުގެ ބަދަލުގައި އެއް ޑިޖިޓަލް ހިދުމަތް މެދުވެރިކޮށް ކޮންމެ އިދާރާއަކަށް މުއާމަލާތު ކުރެވޭ ހިދުމަތެއްވެސް މެ. އީ ފާސް މެދުވެރިކޮށް ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ދިވެހިން އަދި ބިދޭސީންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް އޮތް ޑިޖިޓަލް ހިދުމަތެއްކަން ވެސް އަޅުގަނޑު މިއަދު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޓެކްނޮލޮޖީގެ ބޭނުން ހިފާނެ ކަމަށް-- ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޓެކްނޮލޮޖީގެ ބޭނުން ހިފާނެ ކަމަށް-- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ޓެކްނޮލޮޖީގެ ބޭނުން ހިފާނެ ކަމަށް. -- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ އެ ސިސްޓަމް މެދުވެރިކޮށް ރައްޔިތުން ވަކިވަކި މިނިސްޓްރީތަކަށް ހުށަހަޅާ ޝަކުވާތަކާއި ސިޓީތައް ވަގުތުން ވަގުތަށް ފެންނާނެ ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރަށް ބޮޑު ޕްލޭންތަކެއް

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލް ދާއިރާއިން ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ. އެގޮތުން ހިދުމަތްތައް ހޯދަން ފަސޭހަކޮށް ޑިޖިޓަލް އިގުތިސާދަކާ ދިމާލަށް ދިއުމަށްޓަކައި އެންސީއައިޓީ، ގަވަމެންޓް ޑިޖިޓަލް ސާވިސްގެ ގޮތުގައި ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރަން ނިންމާފައިވާ ބައެއް ކަންކަން

  • އައިޑެންޓިޓީ ކާޑް ޑިޖިޓަލް ކުރުން
  • ޑިޖިޓަލް ކޮންމެ ހިދުމަތެއްގައި ބޭނުން ކުރެވޭ ގޮތަށް އީފާސް ބަދަލު ކުރުން
  • ޑިޖިޓަލް މުޖުތަމައުއަކަށް ބޭނުންވާނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން
  • ވަކިވަކި އިދާރާތަކަށް ހިދުމަތް ހޯދަން ނުގޮސް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުން
  • ސަރުކާރުގެ އިދާރީ ހިންގުން ވެސް ޑިޖިޓަލް ކުރުން
  • ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުން
  • ހެލްތު ކެއާ އާއި ސޯޝަލް ސާވިސް ޑިޖިޓަލް ކުރުން

މިނިސްޓަރު ވިދާޅުވީ އަމާޒަކީ ޓެކްނޮލޮޖީ ފަހާ ދުވުމުގެ ބަދަލުގައި އޭގެ ބޭނުން ހިފައި ރާއްޖޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox