ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މާސްޓާސްގެ 46 ސްކޮލަޝިޕަށް ހުޅުވާލައިފި

މިނިސްޓަރު ޑރ. އިބްރާހިމް ހަސަން: މާސްޓާސްގެ ސްކޮލަޝިޕް ތަކަށް ހުޅުވާލާފައި ވަނީ ޖުމްލަ 6 ދާއިރާއަކުން. -- ފޮޓޯ: ހަޔާ އެޑިއުކޭޝަން

މިނިސްޓަރު ޑރ. އިބްރާހިމް ހަސަން: މާސްޓާސްގެ ސްކޮލަޝިޕް ތަކަށް ހުޅުވާލާފައި ވަނީ ޖުމްލަ 6 ދާއިރާއަކުން. -- ފޮޓޯ: ހަޔާ އެޑިއުކޭޝަން

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މާސްޓާސް ޑިގްރީގެ 46 ސްކޮލަޝިޕަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ދާއިރާ އިން މީހުން ބިނާ ކުރުމުގެ ސްކޮލަޝިޕްތައް ހުޅުވާލާނެ ކަން އިއުލާން ކުރެއްވީ ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ނަފްސާނީ ދާއިރާގެ ޕްރޮފެޝަނަލުން ނެތުމުގެ އުނިކަން ކަމާބެހޭ ފަރާތްތަކުންނާއި އާއްމުން އަންނަނީ ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ. ސަރުކާރުން އެ ދާއިރާ އަށް މިހާ ބޮޑު ސަމާލުކަމެއް ދިނީ އެ ސަބަބާ ހުރެ އެވެ.

މި ކޯސްތަކުގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ދޭނީ ދިވެހި ސަރުކާރުންނެވެ. މީގެ އިތުރުން ސަރުކާރުން ނިންމާފައިވަނީ ކޯސް ފުރިހަމަކުރުމަށް ފަހު، އެ ކޯސް އެލޮކޭޓްކޮށްފައިވާ މުއައްސަސާއަކަށް ވަކި މުއްދަތެއްގައި ހިދުމަތްކުރަން ޖެހޭ ގޮތަށެވެ.

މިނިސްޓްރީން ހުޅުވާލާފައިވާ ސްކޮލަޝިޕްތައް:

  1. މާސްޓާސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމެންޓް
  2. މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް ނާސިން/ މެންޓަލް ހެލްތް ނާސިން)
  3. މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީ
  4. މާސްޓާސް އިން ކައުންސެލިން / ސައިކޯތެރަޕީ
  5. މާސްޓާސް އިން ސައިކިއޭޓްރީ
  6. މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސް

ސްކޮލާޝިޕަށް ހުޅުވާލާފައިވާ މުއައްސަސާތައް:

މާސްޓާސް އިން އެޑިކްޝަން ސްޓަޑީޒް އާއި އެޑިކްޝަން މެނޭޖްމެންޓްގެ ދާއިން ހުޅުވާލާފައި ވަނީ ހެލްތު މިނިސްޓްރީންނެވެ. އެއީ ޖުމްލަ ފަސް ޖާގަ އެވެ. މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް ނާސިން އާއި މެންޓަލް ހެލްތު ނާސިން) ގެ ދާއިރާއިން ހުޅުވާލާފައި ވަނީ އައިޖީއެމްއެޗުން ހަތަރު ޖާގަ އާއި ހެލްތު މިނިސްޓްރީން ފަސް ޖާގަ އަދި ޖެންޑާ މިނިސްޓްރީން ދެ ޖާގަ އެވެ.

މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން އިއުލާން ކޮށްފައި ވަނީ އައިޖީއެމްއެޗުން ދެ ޖާގަ އާއި ހެލްތް މިނިސްޓްރީން ހަ ޖާގަ އަދި ޖެންޑާ މިނިސްޓްރީން ދެ ޖާގަ އަށެވެ.

މާސްޓާސް އިން ކައުންސެލިން އާއި ސައިކޮތެރަޕީގެ ދާއިރާއިން އައިޖީއެމްއެޗަށް ދެ ޖާގަ ދީފައިވާއިރު ހެލްތު މިނިސްޓްރީ އަށް ހަތް ޖާގަ އަދި ޖެންޑާ އަށް އެއް ޖާގަ ދީފައިވެ އެވެ.

މާސްޓާސް އިން ސައިކިއޭޓްރީ ހުޅުވާލާފައި ވަނީ އައިޖީއެމްއެޗުން ދެ ޖާގަ އަށެވެ. މީގެ އިތުރުން މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސް އިން ހުޅުވާލާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީން އަށް އެއް ޖާގަ ލިބޭ ގޮތަށެވެ.

ސްކޮލަޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ 3026950 ނަންބަރު ފޯނުން ސާފު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox