ދިފާއުވާން ޔާމީން، އަދީބުގެ މެސެޖެއް ދައްކަވައިފި: "މުއައްވިޒަށް ހަތަރު ލައްކަ ދީ"

ޔާމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: އާ ހެއްކެއްގެ ގޮތުގައި އަދީބުގެ ބަޔާނާއި މެސެޖެއް ވަނީ ހުށަހަޅުއްވާފައި

ޔާމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: އާ ހެއްކެއްގެ ގޮތުގައި އަދީބުގެ ބަޔާނާއި މެސެޖެއް ވަނީ ހުށަހަޅުއްވާފައި

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ސާބިތުވެފައިވާ މަނީ ލޯންޑްރިން ކުށުގެ އަދަބުން ސަލާމަތްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި, އާ ހެކިތަކެއް ހުށަހަޅައިފި އެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާކަން ސާބިތުވުމުންނެވެ.

ކުރިމިނަލް ކޯޓުގެ ފަސް ގާޒީއެއްގެ ބެންޗަކުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވި އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުން, އެ ކޯޓުގައި ޝަރީއަތް ހިންގައި, ދަށު ކޯޓުގެ ހުކުމަށް ބެންޗުގެ އަގުލަބިއްޔަތުން ތާއިދުކުރި އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުކުރުމަށް ބޭނުންކުރި މައިގަނޑު ހެއްކަކީ, އޭސީސީގެ ނައިބު ރައީސް ކަމާއި ރައީސްކަން ވެސް ކުރެއްވި މުއައްވިޒު ރަޝީދެވެ. މަނީ ލޯންޑްރިންގެ ކުށް ސާބިތުކުރުމަށް އެންމެ މުހިންމު އުންސަރަކީ, އެމީހަކު އެ ބޭނުން ކުރާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ ޝައްކު އުފެދިފައިވާ ފައިސާއެއްކަން އެމީހަކަށް އެނގިހުރުމެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޝައްކު އުފެދިފައިވާ ފައިސާއެއްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ދައުލަތުން ސާބިތުކުރީ މުއައްވިޒު މެދުވެރިކޮށެވެ. އެގޮތުން, ހެކިބަސް ދެމުން ދަށު ކޯޓުގައި މުއައްވިޒު ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ރައީސް އޮފީހުގައި ބައްދަލުކޮށް އެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅުންހުރި ފައިސާތަކެއްކަން އަންގާފައިވާނެ ކަމަށެވެ.

އެހެންވެ, އެ ފައިސާއަކީ ހިޔާނާތަށް ތުހުމަތުވާ ފައިސާއެއް ކަމަށް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމާއި އޭގެފަހުން އެ ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އެސްކްރޯ އެކައުންޓެއް ހެދީކަމަށް މުއައްވިޒު ވިދާޅުވެފައިވެ އެވެ. ނަމަވެސް, މުއައްވިޒުގެ ވާހަކަތަކަށް ޔާމީން ދެކޮޅު ހައްދަވަ އެވެ. އަދި, ރައީސް އޮފީހުގައި މުއައްވިޒާ ބައްދަލު ކުރެއްވި ކަމަށް ވެސް އިންކާރު ކުރެއްވި އެވެ.

މައްސަލާގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވެސް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅިގެން ރައީސް ޔާމީނާ ރައީސް އޮފީހުގައި ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް, ދަށު ކޯޓުން މުއައްވިޒުގެ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށް ވަނީ ކުށް ސާބިތުކޮށްފަ އެވެ.

ޔާމީންނަށް ކޮށްފައިވާ ހުކުމް މިހާރު ސުޕްރީމް ކޯޓާ ހަމައަށް އައިސްފައިވާއިރު އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި މުއައްވިޒުގެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން މުއައްވިޒުގެ ހެކިބަހަކީ މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ދީފައިވާ ހެކިބަހެއް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް ޔާމީންގެ ފަރާތުން ބުންޏެވެ. އަދި, އޭނާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭކަމަށާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން މުއައްވިޒަށް ފައިދާވެފައިވާ ކަމަށް ވެސް ތުހުމަތުކުރި އެވެ.

މައްސަލާގައި ޔާމީންގެ ފަރާތުން ވަނީ އާ ހެކި ހުށަހަޅަން ބޭނުންވާކަން އަންގާފަ އެވެ. އޭގެ ތެރޭ މުއައްވިޒާ ގުޅޭ ކަންތައްތަކެއް ހިމެނޭކަން ޔާމީންގެ ވަކީލް އަލީ ޝާހް މިއަދު ހާމަކުރެއްވި އެވެ.

އެގޮތުން, އަލީ ޝާހް ހަވާލާދިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ދީފައިވާ ބަޔާނަކާއި އޭނާ އާއި ހިޔާނާތުގެ ފައިސާ ބެހުމަށް ގެންގުޅުނު ކަމަށް ބުނާ އޮއިއްޓޭއާ ދެމެދު ކޮށްފައިވާ އެސްއެމްއެސް މެސެޖްތަކެވެ. މިތަކެތި ޔާމީންގެ ވަކީލުން ހޯދާފައިވަނީ ހައިކޯޓުން އިސްތިއުނާފު މައްސަލަ ނިންމި ފަހުންނެވެ.

އަދީބު ބަޔާނާއި އެ މެސެޖުތަކަކީ އޭނާ އަމިއްލައަށް އިއުތިރާފުވެގެން ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ހިޔާނާތުގެ މައްސަލާގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓްގައި ހިމެނިފައިވާ ތަކެއްޗެވެ. މިދިޔަ އަހަރު ކުރިއަށް ދިޔަ އެ ޝަރީއަތުގެ ރިޕޯޓް ޔާމީންގެ ވަކީލުން ހޯދާފައިވަނީ އެކަމަށް ކުރިމިނަލް ކޯޓަށް ހުށަހަޅައިގެން ކަމަށް ވަކީލް ވިދާޅުވި އެވެ.

މި ހެކިތައް މަތީ ކޯޓަށް ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމަ އެވެ. ދަށު ކޯޓަށް ހުށަނާޅާ އާ ހެއްކެއް އިސްތިއުނާފީ ކޯޓުތަކުން ބަލައިގަންނަނީ ވަރަށް ހާއްސަ ހާލަތްތަކެއްގަ އެވެ. އެއީ, އަދުލުއިންސާފު ގާއިމް ކުރަން ކޮންމެހެން މުހިންމުވާނަމަ, ނުވަތަ ފަހުން ވުޖޫދުވި ހެއްކަކަށްވާނަމަ އެވެ.

މިއަދުގެ އަޑުއެހުމުގައި ވަކީލް އަލީ ޝާހް ވާހަކަ ދައްކަވަނީ
މިއަދުގެ އަޑުއެހުމުގައި ވަކީލް އަލީ ޝާހް ވާހަކަ ދައްކަވަނީ

މިއަދުގެ އަޑުއެހުމުގައި ވަކީލް އަލީ ޝާހް ވާހަކަ ދައްކަވަނީ

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކުށުގައި ބޮޑު ހުކުމެއް އިއްވާފައިވާ އަދީބު ދީފައިވާ ބަޔާނުގައިވާ ގޮތުން, މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވަނީ ފައިސާ ބަހާފަ އެވެ. އެގޮތުން ހަސަން ލުތުފީއަށް ފައިސާ ދިން ކަމާއި މުއައްވިޒަށް ސީދާ ނަގުދު ފައިސާ ދިންކަން ހަނދާން ނެތް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް, އެމީހުންނާ ކާރުގައި ބައްދަލުކުރާ ކަމާއި އެ ބައްދަލުވުންތަކުގައި ވެސް ފައިސާ ދީފައި ހުންނާނެ ކަމަށް އަދީބު ބުނެފައިވެ އެވެ.

އަދީބާއި އޮއިއްޓޭގެ މެސެޖުގައިވާ އެއްޗެއް ވެސް އަލީ ޝާހް ޝަރީއަތަށް ހުށަހެޅުއްވި އެވެ. އޭގައިވާ ގޮތުން އަދީބު ވަނީ މުއައްވިޒަށް ގުޅައި, އޭނާއަށް ހަތަރު ލައްކަ ދިނުމަށް އަންގާފަ އެވެ. އެއީ ހަތަރު ލައްކަ ރުފިޔާ ކަމެއް ޑޮލަރު ކަމެއް މެސެޖުން ސާފެއް ނޫނެވެ. ނަމަވެސް, އަދީބު މުއައްވިޒަށް ގުޅަން އަންގައި އޮއިއްޓޭއަށް ހިއްސާކޮށްފައިވަނީ މުއައްވިޒު މިހާރު ވެސް ގެންގުޅޭ ފޯނު ނަންބަރެވެ.

"އެހެންވީއިރު މިކަމުގައި ކަންތައްތަކެއް ހުރިކަން އެބަ އެނގޭ," އަލީ ޝާހް ވިދާޅުވި އެވެ.

އަލީ ޝާހް ފާހަގަ ކުރެއްވި ގޮތުގައި, މުއައްވިޒުގެ މައްޗަށް ވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުވާއިރު އޭނާގެ ހެކިބަސް މި މައްސަލާގައި ގަބޫލު ކުރެވިގެން ނުވާނެ އެވެ. އޭނާ ނެންގެވީ ހައިކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުމެކެވެ.

އެގޮތުން, އެ ނިންމުމުގައިވާ ގޮތުން ކުށެއްގެ ތުހުމަތުވާ މީހެއްގެ މައްޗަށް ހަމަ ކުށުގެ ތުހުމަތުވާ މީހެއްގެ ހެކިބަސް, އެއަށް ބާރުދޭ އެހެން ވަރުގަދަ ހެކިތަކެއް ނެތް ހާލަތުގައި ބަލައިގަނެގެން ނުވާނެ ކަމަށެވެ. އަލީ ޝާހް ވިދާޅުވި ގޮތުގައި, މުއައްވިޒު ދެއްވި ހެކިބަހަށް ބާރުދޭ އެހެން ހެއްކެއް މި މައްސަލާގައި ނެތެވެ.

ރައީސް ޔާމީނާ, ބައްދަލުކުރެއްވި ކަމަށް އޭނާ ވިދާޅުވާފައިރު އެކަން ސާބިތުކޮށްދެވިފައި ނެތް ކަމަށާއި، ރައީސް އޮފީހުގައި އޮންނަ ރައީސް ބައްދަލުކުރައްވާ ފަރާތްތަކުގެ ލޮގް ގައި ވެސް އެ މައުލޫމާތު ނެތްކަމަށް ޔަމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވިދާޅުވި އެވެ. އަދި, އެ ލޮގް ހޯދަން ޔާމީން މަސައްކަތް ކުރެއްވުމުން އެކަމަށް ސަރުކާރުން އެއްބާރުލުން ދީފައިނުވާކަން ވެސް ޔާމީންގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައި ވެއެވެ.

މުއައްވިޒުގެ އިތުރުން, ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެެ އެމްޑީ އަބްދުالله ޒިޔަތަކީ ފާސިގުން ކަމާއި އެމީހުންގެ ހެކިބަސް ބަލައިގެންފައިވަނީ ހަމަތަކުން ބޭރުން ކަމަށް ބުނެ ވެސް އިސްތިއުނާފީ ނުކުތާއެއް ފާހަގަކުރި އެވެ.

އެގޮތުން, އެ ދެ މީހުންނަކީ ފާސިގުންނަށްވާއިރު, ދައުލަތުން އެމީހުންނަށް މަންފާތަކެއް ވެސް ލިބެމުންދާ ކަމަށް ވަކީލް ވިދާޅުވި އެވެ. ފާސިގުންގެ ހެކިބަސް ވެސް ބަލައިގަނެވޭނީ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތުން ކަމުގައިވާނަމަ, އެ ހެކިބަހަށް ބާރުދޭނެ އެހެން ހެކިތަކެއް ހުރި ކަމަށްވާނަމަކަން ވަކީލް ފާހަގަ ކުރެއްވި އެވެ. ނަމަވެސް, މި މައްސަލާގައި އެމީހުންގެ ހެކިބަހަށް ބާރުދޭނެ އެހެން އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވި އެވެ.

މި މައްސަލާގައި އިއްޔެ ވެސް ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ. އިއްޔެ ވެސް އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލު ހުށަހެޅިއިރު މިއަދު ވެސް ހުރިހާ ނުކުތާތަކެއް ހުށަހަޅައި ނިންމާލެވޭ ގޮތެއް ނުވި އެވެ. މިހާތަނަށް އިސްތިއުނާފީ 22 ނުކުތާގެ ތެރެއިން ހުށަހަޅާފައިވަނީ ނުވަ ނުކުތާ އެވެ. އެހެންވެ, އަންނަ ބުރާސްފަތި ދުވަހަށް ވެސް މައްސަލާގައި އަޑުއެހުމެއް ތާވަލުކުރީ އެވެ.

އިސްތިއުނާފީ މައްސަލައިގެ ތެރެއިން ޔާމީންގެ މައްޗަށް އޮތް ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށާއި އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށްވެސް ވަނީ އެދިފަ އެވެ. އެކަމާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު އޮންނަ އަޑުއެހުމުގައި ވާހަކަ ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލާގައި ވެސް މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. އަދި, ވ. އާރަށު މައްސަލާގައި ދައުވާކުރުމަށް ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox