ނިއުކްލިއާ އެޖެންސީން އިރާނާއެކު އެއްބަސްވުމަކަށް

އދ. ގެ ނިއުކްލިއާ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް (މ) އިރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާއާއެކު. -- ފޮޓޯ: އޭއެފްޕީ

އދ. ގެ ނިއުކްލިއާ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް (މ) އިރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާއާއެކު. -- ފޮޓޯ: އޭއެފްޕީ

ވިއެނާ، އޮސްޓްރިއާ (ސެޕްޓެމްބަރު 12) - އިރާނުގެ ނިއުކްލިއާ ފެސިލިޓީތައް މޮނީޓާ ކުރުމަށް އދ. އިން ބަހައްޓާފައިވާ ކެމެރާތައް ސާވިސް ކުރަން ހުއްދަ ދޭނެ ކަމަށް އިރާނުން ބުނެފި އެވެ.

އެ ކެމެރާތައް ސާވިސް ކުރަން އިންސްޕެކްޓަރުންނަށް ފުރުސަތު ނުދެވޭނެ ކަމަށް އިރާނުން ބުނީ މި އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް އަލުން ހުއްދަ ދޭން އެއްބަސްވީ އދ. ގެ ނިއުކްލިއާ އެޖެންސީގެ ވެރިޔާ އިރާނަށް ކުރެއްވި ދަތުރަކާ ގުޅިގެންނެވެ.

"ކެމެރާ އާއި އެހެން ސާމާނު ސާވިސްކޮށް، އޭގެ ސްޓޯރޭޖް މީޑިއާ ބަދަލު ކުރުމުގެ ފުރުސަތު އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ލިބޭނެ. އެކަން ކުރާނެ ގޮތާއި ވަގުތާ މެދު ދެ ފަރާތުން ވަނީ އެއްބަސްވެފައި،" އައިއޭއީއޭ އާއި އިރާނުގެ އެޓޮމިކް އެނާޖީ އެޖެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ މިދިޔަ ހޮނިހިރު ދުވަހު އިރާނަށް ވަޑައިގެން އޭއީއޯއައިގެ ވެރިޔާ މުހައްމަދު އެސްލަމީއާ ބައްދަލުކުރެއްވި އެވެ. އޭގެ ކުރިން އައިއޭއީއޭ އިން ވަނީ އިރާނުން އެ ޖަމިއްޔާއަށް އެއްބާރުލުން ނުދޭ ކަމަށް ބުނެފަ އެވެ.

"ދެ ފަރާތުން އެއްބަސްވީ މުވާސަލާތީ ގުޅުން ދެމެހެއްޓުމަށާއި ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް،" ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ގްރޮސީ ވަރަށް އަވަހަށް އިތުރު ދަތުރެއް އިރާނަށް ކުރައްވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެކުލަވާލި އިރާނުގެ ނިއުކްލިއާ އެއްބަސްވުން އަލުން ތަންފީޒު ކުރުމާ ގުޅޭ މަޝްވަރާތައް މި ވަގުތު އޮތީ މެދުކެނޑިފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އިރާނުގެ ބައެއް ނިޔުކްލިއާ ހަރަކާތްތައް ހުއްޓާލުމުން ބަދަލެއްގެ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭނެ އެވެ. ނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ އެއްބަސްވުމަށް އަމަލު ނުކުރުމަށެވެ.

އެއާއެކު އިރާނުން ވެސް ނިއުކްލިއާ މަސައްކަތްތައް އަލުން ފެށި އެވެ. އެކަމަކު އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ވިދާޅުވީ އެއްބަސްވުން އަލުން ތަންފީޒު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ މަޝްވަރާތައް މި އަހަރު ފެށި އެވެ.

އިރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން މި އަހަރު އުފެދިފައިވާ އެންމެ ބޮޑު ޝަކުވާއަކީ ފެސިލިޓީތައް މޮނީޓާ ކުރުމުގެ ހުއްދަ އައިއޭއީއޭ އަށް ނުދޭން އިރާނުން ނިންމި ނިންމުމެވެ. އިރާނުން ނިންމީ ކެމެރާތަކުގެ ރިއަލް-ޓައިމް ފުޓޭޖް އައިއޭއީއޭ އަށް ނުދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox