ކީޕަރު ހުސެއިނަށް އަނިޔާވެ ގަތަރު ޓްރެއިނިން ކޭމްޕްގައި ބައިވެރިނުވެވުނު

ކީޕަރު ހުސެން: އަނިޔާވުމުގެ ސަބަބުން ގަތަރު ޓްރެއިނިން ކޭމްޕްގައި ބައިވެރިނުވެވުނު.

ކީޕަރު ހުސެން: އަނިޔާވުމުގެ ސަބަބުން ގަތަރު ޓްރެއިނިން ކޭމްޕްގައި ބައިވެރިނުވެވުނު.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެންމެ ފުރަތަމަ ނެގި 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑު 30 އަށް ކުޑަކޮށް ގަތަރު ޓްރެއިނިން ކޭމްޕަށް އެކުލަވާލި ސްކޮޑުގައި ހަތަރު ގޯލްކީޕަރުން ހިމެނުނެވެ. އެކަަމަކު، ފަހު ވަގުތު ދިމާވި އަނިޔާގެ މައްސަަލަ އަކާ ހުރެ ގަަތަރު ޓްރެއިނިން ކޭމްޕްގައި ބައިވެރިވީ ތިން ގޯލްކީޕަރުންނެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ މާލޭގައި މަޑުކޮށްފަ އެވެ.

ހުސެން އަށް އަނިޔާވީ މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕްގެ ފަހު މެޗުގައި މާޒިޔާ އިން އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ހުސެންގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ، ބޭލީ ސްޓްރެޗަރުގަ އެވެ.

އަނިޔާއިން ކޮންމެ ވެސް ވަރަކަށް ރިކަވާވެގެން ހުސެން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވީ ޓީމުން ތަމްރީންތައް ފެށި ފަހުންނެވެ. އެކަމަކު، ކޮންމެ ވެސް ވަރަކަށް ޓްރެއިނިންތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރި އެވެ.

"ހުސެން އިންޖަރީގައި އުޅުނީ ކުރިން ވެސް. އަޅުގަނޑުމެން ބެލީ ފަހު ވަގުތާ ހަމައަށް ވެސް ޓީމާ އެކު ޖޮއިން ކުރާނެ ކަމަށް. އެކަމަކު ހުސެއިން އަމިއްލަ އަށް ބުނީ އޭނަ އަށް މި ވަގުތު ނުވާނެއޭ. އެހެންވެ ތިން ގޯލްކީޕަރުން ޖޮއިން ކުރީ،" ޓީމު ލީޑުކުރާ ކޯޗެއްގެ ޒިންމާ ނަގައިގެން މި ވަގުތު ހުރި ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުންޏެވެ.

ގައުމީ ޓީމުގެ ޑރ. އަބްދުﷲ ރާފިއު (ރާއްޕެ) ބުނީ ހުސެން ޓްރެއިނިން ކޭމްޕަށް ޖޮއިން ނުކުރަން ނިންމީ ފުރަން ކައިރިވެފައިވަނިކޮށް އަނެއްކާ ވެސް ކުރިން އަނިޔާވެފައި އިން ފަލަމަސްގަނޑަށް ތަދުވާން ފެށުމުންނެވެ. އެހެންވެ، ޓީމާ އެކު ޓްރެއިނިން ކޭމްޕް އައިސް ނުކުޅެ ހުރުމުގެ ބަދަލުގައި ރިހެބިލިޓޭޝަނަށް މަސައްކަތްކުރަން ހުސެން ވެސް ބޭނުންވީ ކަމަށް ރާއްޕެ ބުންޏެވެ.

"ފަލަމަސްގަނޑު ޕުލްވެފައި އިނީ. ދެ ހަފްތާ ވަރު ނަގާނެ ފުލް ރިކަވަރީ އަކަށް. ދެން ޓްރެއިނިން ކޭމްޕް ވެސް މީނީ ގާތްގަނޑަކަށް ދެ ހަފްތާ އަށް. އެހެންވީމަ ޓްރެއިނިން ކޭމްޕް އައިސް ނުކުޅެ ހުރުމުގެ ބަދަލުގައި ހުސެން އެ އަންނަނީ ގަވާއިދުން ސެނަހިޔާ އިން ފިޒިއޯ ހަދަމުން،" ރާއްޕެ ބުންޏެވެ.

ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗެއްގެ ޓްރެއިނިން ތެރެއިން ކީޕަރު ހުސެން ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ހުސެން، "އަދަދު" އަށް ބުނީ ރިކަވަރީ އަށް ފޯކަސް ކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަހު ފަސް ވަނަ ދުވަހު 23 ވަނަ އުފަން ދުވަސް ފާހަގަކުރި ހުސެން އަކީ ފާއިތުވި އަހަރުތަކުގައި ގައުމީ ސްކޮޑުން ގަވާއިދުން ފުރުސަތު ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. އެންމެ ފަހުން ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް ހުސެން ހިމެނުނެވެ.

ހުސެން ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ކުޅެފަ އެވެ. އެކަމަކު، ޓްރެއިނިން ކޭމްޕްގައި ބައިވެރިނުވާތީ އޭނާ އަށް މި ފަަހަރު ސާފް ޗެމްޕިއަންޝިޕް ގެއްލުމުގެ ފުރުސަތު ބޮޑެވެ.

ގައުމީ ޓީމުގައި މި ވަގުތު ތިބި ތިން ކީޕަރުންނަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފައިސަލް އާއި ކްލަބް ވެލެންސިއާގައި މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި މުހައްމަދު ޝަފީއު (ޗެކް) އަދި މިދިޔަ ސީޒަނުގައި އެންމެ ރަނގަޅު ފޯމެއްގައި ތަފާތު ދެއްކި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ޒުވާން ކީޕަރު ނާޖިހު އަލީ (ނާޖީ) އެވެ.

މިހާރު 29 ކުޅުންތެރިންނާ އެކު ގަތަރުގައި ޓްރެއިނިން ކޭމްޕް ކުރިއަށްގެންދާއިރު، އަންނަ މަހު 1-16 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ފައިނަލް ކުރާނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ. ސްކޮޑު ފައިނަލް ކުރާނީ ޓްރެއިނިން ކޭމްޕް ނިމުމުންނެވެ. ޓްރެއިނިން ކޭމްޕް ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ގައުމީ ޓީމުން ސާފްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލްއާ އެވެ. ނޭޕާލުން ވެސް ޓްރެއިނިން ކޭމްޕް ކުރިއަށްގެންދަނީ ގަތަރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox