ޕޮލިސް ބޯޑުން ދެކެނީ ސީޕީ، އޮފިސަރުން ވަކިކޮށް ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް

ޕޮލިސް ކޮމިޝަނަރު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ގާނޫނުގައިވާ ގޮތުގެ މަތިން ބޯޑުގެ ނިންމުން ތަންފީޒު ކުރައްވަން ޖެހެނީ ހަމީދަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ޕޮލިސް ކޮމިޝަނަރު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ގާނޫނުގައިވާ ގޮތުގެ މަތިން ބޯޑުގެ ނިންމުން ތަންފީޒު ކުރައްވަން ޖެހެނީ ހަމީދަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާ ސީނިއާ ހަތް އޮފިސަރަކު މަގާމުން ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ތަންފީޒު ކުރައްވާނެ ކަމަށް ދެކޭ ކަމަށް އެ ބޯޑުން ބުނެފި އެވެ.

ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމީ ކޮރަޕްޝަނާއި ލާއިންސާނީ އަނިޔާ ފަދަ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ އޮފިސަރުންގެ މައްސަލަތައް ބަލައި، ވަކި މުއްދަތެއްގެ ތެރޭގައި އެ މައްސަލަތަކާމެދު ގޮތެއް ނިންމަންޖެހޭނެ ކަމަށް އަލަށް ތައާރަފްކޮށްފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނުން ލާޒިމުކޮށްފައި އޮއްވަ އެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރައްވަން ޖެހެނީ ޕޮލިސް ކޮމިޝަރަށެވެ. ނަމަވެސް ބޯޑުގެ ނިންމުމަށް މިއަދަށް 35 ދުވަސް ހަމަވެފައިވާއިރު ވެސް އެ ނިންމުން ހަމީދު ތަންފީޒު ނުކުރައްވަ އެވެ.

އެކަމަކު "އަދަދު" އިން ސުވާލު ކުރުމުން ޕޮލިސް ބޯޑުގެ ޑިރެކްޓާ އައިމިނަތު ނާޝިދާ ވިދާޅުވީ ގާނޫނުން އެ ބޯޑުގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމިފައިވާ ކަމަށެވެ. ފުލުހުންގެ ހިމެނޭ ގޮތަށް އެހެން މުއައްސަސާތަކުން ވެސް ގާނޫނަށް އަމަލު ކުރާނެ ކަމަށް ޕޮލިސް ބޯޑުން ދެކޭ ކަމަށް ނާޝިދާ ވިދާޅުވި އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ނ. ގައިވާ މަސައްކަތް ބޯޑުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ފުރިހަމަކޮށް ނިންމައި، އެ ނިންމުން ތަންފީޒުކުރުމަށް އެ މާއްދާގެ ކ. ގައިވާ ގޮތުގެމަތީން އޯގަސްޓު 9، 2021 ގައި ޕޮލިސް ބޯޑުން ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަށް ފޮނުވާފައި. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް ގާނޫނުގައިވާ ގޮތުގެމަތީން އަމަލުކުރާނެކަމުގައި ޕޮލިސް ބޯޑުން ދެކެން،" ނާޝިދާ ވިދާޅުވި އެވެ.

މިދިޔަ އޯގަސްޓު 9، ގައި ބޯޑުން ވަކި ކުރަން ނިންމި އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި އަހްމަދު ޝުހާދާއި އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި މުހައްމަދު ދާއޫދު އަދި އިސްމާއިލް ޝަމީމެވެ.

އެ ހަތް އޮފިސަރުންގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު މި ނޫހަށް ކުރިން ބުނެފައި ވަނީ "ޕޮލިސް ބޯޑުގެ ރިޕޯޓާ ގުޅޭ ގޮތުން ސީޕީ އަދި ވަކި ގޮތެއް ނުނިންމަވާ" ކަމަށެވެ. އަދި ބައެއް ކަންކަން ސާފު ކުރެއްވުމަށް ކޮމިޝަނާ ހަމީދު ބޯޑާ ބައްދަލު ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސާފު ކުރައްވަން ބޭނުންވަނީ ކޮން މައުލޫމާތެއްކަން ފުލުހުން ނުބުނެ އެވެ.

"އެ ރިޕޯޓާ ގުޅޭ ގޮތުން ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ކަންކަން ދަނީ ބަލަމުން. މީގެ އިތުރުން ޕޮލިސް ބޯޑުން އިތުރު ކަންކަން ސާފު ކުރެއްވުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ އޯގަސްޓް 26 ވަނަ ދުވަހު ޕޮލިސް ބޯޑުގެ މެމްބަރުންނާ ބައްދަލު ކުރައްވާ މައުލޫމާތު ސާފު ކުރައްވައިފައި،" މީީޑިއާ އޮފިޝަލް ކުރިން ބުނެފައިވެ އެވެ.

ޕޮލިސް ބޯޑާ ހަމީދު ބައްދަލު ކުރެއްވި ފަހުން، އޯގަސްޓު 30، ގައި އޭނާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެކު ނ. އަތޮޅަށް ވަޑައިގެންނެވި ރަސްމީ ދަތުރެއްގައި ވަކި ކުރަން ނިންމާފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނޭ ފަރުހާދު ވަނީ ބައިވެރިކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox