ޔާމީނާއި ދައުލަތުން ވެސް މަތީ ކޯޓަށް އާ ހެކި ހުށަހަޅައިފި

ޔާމީންގެ މައްސަލަ ބައްލަވާ ބެންޗު: ޔާމީނާއި ދައުލަތުން ވެސް ވަނީ އާ ހެކިތަކެއް ހުށަހަޅާފައި

ޔާމީންގެ މައްސަލަ ބައްލަވާ ބެންޗު: ޔާމީނާއި ދައުލަތުން ވެސް ވަނީ އާ ހެކިތަކެއް ހުށަހަޅާފައި

މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ, ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފީ ޝަރީއަތަށް އެމަނިކުފާނާއި ދައުލަތުގެ ފަރާތުން ވެސް އާ ހެކިތަކެއް ހުށަހަޅައިފި އެވެ.

ދަށު ކޯޓަށް ހުށަނާޅާ އާ ހެއްކެއް އިސްތިއުނާފީ ކޯޓުތަކުން ބަލައިގަންނަވަނީ ވަރަށް ހާއްސަ ހާލަތްތަކެއްގަ އެވެ. އެއީ, އަދުލުއިންސާފު ގާއިމް ކުރަން ކޮންމެހެން މުހިންމުވާނަމަ, ނުވަތަ ފަހުން ވުޖޫދުވި ހެއްކަކަށްވާނަމަ އެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާކަން ސާބިތުވުމުންނެވެ.

Advertisement

ކުރިމިނަލް ކޯޓުގެ ފަސް ގާޒީއެއްގެ ބެންޗަކުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވި އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުން, އެ ކޯޓުގައި ޝަރީއަތް ހިންގައި, ދަށު ކޯޓުގެ ހުކުމަށް ބެންޗުގެ އަގުލަބިއްޔަތުން ތާއިދުކުރި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ވަނީ ފުރަތަމަ އަޑުއެހުން ބާއްވާފަ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވިދާޅުވި ގޮތުގައި, ދެ ފަރާތުން ވެސް އާ ހެކިތަކެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް, ފަނޑިޔާރުން ނިންމަވާފައިވަނީ އެ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްފަހު, އެއީ މި މަރުހަލާގައި ނަގައި ރިއާޔަތް ކުރެވިދާނެ ހެކިތަކެއްތޯ ބެލުމަށްފަހު ހެކިބަސް ނަގަން ޖެހޭނަމަ ނެގުމަށެވެ.

އެކަމާމެދު ކުރިއަށް ހުރި އަޑުއެހުންތަކުގައި ގޮތް ނިންމާނެ އެވެ.

މިއަދުގެ އަޑުއެހުން ފެށުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް ޔާމީން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނެވެ.

ލިޔުމުން ޔާމީންގެ ފަރާތުން އެކަމަށް އެދި ހުށަހަޅާފައިވާއިރު, ލިޔުމުން ދައުލަތުން ވަނީ ޖަވާބުދާރީވެސްވެ, އެކަމަށް އިއުތިރާޒުކޮށްފަ އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވި ގޮތުގައި, ދައުލަތުގެ ޖަވާބު ލިބިފައިވަނީ އިއްޔެ ކަމަށްވާތީ, އެއަށް ރައްދު ދޭން ތައްޔާރުވާން އިތުރު މުއްދަތު ބޭނުންވެ އެވެ. އެހެންވެ, ޝަރީއަތުން ނިންމެވީ އެ ބައި ދެ ދުވަސް ފަހުން ކުރިއަށް ގެންދިޔުމަށެވެ.

އެ ބައި ދެ ދުވަސް ފަހުން ކުރިއަށް ގެންދަން ނިންމައި, މައްސަލާގެ އިސްތިއުނާފު ކުރިއަށް ގެންދަން ފަނޑިޔާރުން ނިންމެވި އެވެ. އެގޮތުން, އިސްތިއުނާފީ ނުކުތާއް ހުށަހެޅުއްވުމަށް ޔާމީންގެ ވަކީލުންނަށް ފުރުސަތު ދެއްވި އެވެ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން: އިސްތިއުނާފީ 22 ނުކުތާއެއް ވަނީ ހުށަހަޅާފައި
މިއަދުގެ އަޑުއެހުމުގެ ތެރެއިން: އިސްތިއުނާފީ 22 ނުކުތާއެއް ވަނީ ހުށަހަޅާފައި

މިއަދުގެ އަޑުއެހުމުގެ ތެރެއިން: އިސްތިއުނާފީ 22 ނުކުތާއެއް ވަނީ ހުށަހަޅާފައި

ޔާމީންގެ ފަރާތުން ޖުމްލަ 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާއިރު, އެއީ ހައިކޯޓުގައި ވެސް ފާހަގަކުރި ކަންކަމެވެ. އޭގެ ތެރޭ މައްސަލާގެ ތަހުގީގާއި ޝަރީއަތުގެ އިބްތިދާއީ އަދި ޝަރީއަތުގެ މަރުހަލާގައި ހިނގަދިޔަ ކަމަށް ޔާމީންގެ ފަރާތުން ދެކެވަޑައިގަންނަވާ އިޖުރާއީ މައްސަލަތައް ފާހަގަކުރި އެވެ.

އެގޮތުން ތަހުގީގުގައި ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތު ނުކުރާ ކަމާއި ކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތު ކަމަށް ބުނާ ނުކުތާ ފާހަގަކުރި އެވެ. ޔާމީންގެ ވަކީލް, ޑރ. މުހައްމަދު ޖަމީލު ވިދާޅުވި ގޮތުގައި ތުހުމަތު ނުކުރާ ކުށަކަށް ދައުވާއެއް ނުކުރެވޭނެ އެވެ.

އޭގެއިތުރުން ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލިިއިރު, އެކަން ކުރި ގޮތެއް, ޑިޒައިންކުރި ގޮތެއް ދައުލަތަށް ގާއިމްކޮށްދެވިފައި ނުވާ ކަމަށެވެ. އަދި, ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި ދައުވާ ވެސް ފުރިހަމައެއް ނޫނެވެ. އެގޮތުން ދައުވާގައި ކުށް ކުރި ތަނާއި ވަގުތާއި ގޮތުގެ ތަފްސީލު ނެތް ކަމެވެ. އެހެންވެ, ޖަވާބުދާރީވާން ފުރުސަތު ހަނިވެގެން ދިޔަކަން ފާހަގަ ކުރެއްވި އެވެ.

ދެން ފާހަގަ ކުރެއްވީ ޝަރީއަތުގައި ބައެއް ލިޔުންތައް ނުލިބުނު ކަމާއި ދައުވާ ސާފުކޮށް ނުދެވުނު ކަމެވެ. އަދި, މައްސަލާގައި ނެގި ހެކިންތަކާ ގުޅޭ ޝަކުވާތައް ވެސް ހާމަ ކުރެއްވި އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެެ އެމްޑީ އަބްދުالله ޒިޔަތަކީ ފާސިގުން ކަމާއި އެމީހުންގެ ހެކިބަސް ބަލައިގެންފައިވަނީ ހަމަތަކުން ބޭރުން ކަމަށް ވިދާޅުވި އެވެ.

އެގޮތުން, އެ ދެ މީހުންނަކީ ފާސިގުންނަށްވާއިރު, ދައުލަތުން މަންފާތަކެއް ވެސް ލިބެމުންދާ ދެ މީހުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޖަމީލަށްފަހު ޔާމީން ވެސް ޝަރީއަތުގައި ވާހަކަ ދެއްކެވި އެވެ. ޔާމީން ފާހަގަ ކުރެއްވީ އޭނާގެ މައްޗަށް އޮތް މައިގަނޑު ހެކި ކަމަށްވާ އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދާ ގުޅޭ ގޮތުންނެވެ. ޔާމީން ވިދާޅުވި ގޮތުގައި އޭނާ, އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށް ބުނާއިރު އެކަން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އަދި, އޭނާއާ ބައްދަލުނުކުރާކަން ސާބިތުކުރުމަށް ރައީސް އޮފީހުގެ ލޮގްތައް ހޯދުމަށް ކުރެއްވި މަސައްކަތަށް ސަރުކާރުން އެއްބާރުލުން ނުދިންކަން ފާހަގަ ކުރެއްވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި, އެމަނިކުފާނުގެ މައްޗަށް މުއައްވިޒުގެ ހެކިބަހަށް ބަލައިގެން ކުށް ސާބިތުކޮށްފައިވަނީ ގޯސްކޮށެވެ.

އިސްތިއުނާފީ 22 ނުކުތާގެ ތެރެއިން މިއަދު ޝަރީއަތަށް ހުށަހެޅުނީ ހަތް ނުކުތާ އެވެ. ދެން ހުރި ނުކުތާތައް ހުށަހެޅުމަށް މާދަމާ ހެނދުނަށް ވެސް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލާގައި ވެސް މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. އަދި, ވ. އާރަށު މައްސަލާގައި ދައުވާކުރުމަށް ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox