ޕާސިވެރަންސުން ނެގި ގާކޮޅުތަކުން މާސްގައި ކުރިން ދިރުން ހުރި ކަމުގެ ނިޝާން!

ޕާސިވެރަންސް އުޅަނދުން މާސްގެ ބިން ތޮރުފައިގެން ދެ ގާކޮޅު ނެގި ސަރަހައްދު. -- ފޮޓޯ: އޭއެފްޕީ/ ނާސާ

ޕާސިވެރަންސް އުޅަނދުން މާސްގެ ބިން ތޮރުފައިގެން ދެ ގާކޮޅު ނެގި ސަރަހައްދު. -- ފޮޓޯ: އޭއެފްޕީ/ ނާސާ

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 11) - ނާސާ އިން މާސް އަށް ފޮނުވާފައިވާ ޕާސިވެރަންސް އުޅަނދުން ނެގި ގާކޮޅުތަކުގެ ދެ ސާމްޕަލުން ވެސް ފެނުގެ އަސަރު ގިނަ ދުވަހަށް ކޮށްފައި ހުރިކަން ދެއްކުމާއެކު މާސްގައި އިހު ޒަމާނުގައި ދިރުން ހުރި ކަމަށް ގަބޫލުކުރެވިފައި އޮތް ތިއަރީއަށް އިތުރު ބާރެއް ލިބިއްޖެ އެވެ.

"ފެންނަ ފެނުމަށް އަޅުގަނޑުމެން ނެގި ފުރަތަމަ ގާކޮޅުން ވެސް އެނގެނީ ދިރުންތައް އުޅުމަށް އެންމެ އެކަށޭނަކަމަށް ބެލެވޭ މާހައުލެއް މާސްގައި ކުރިން އޮތް ކަމަށް،" ނާސާއިން ހިންގާ މިޝަންގެ ޕްރޮޖެކްޓް ސައިންޓިސްޓު ކެން ފާލީ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

"މާސްގައި ގިނަ ދުވަސްތަކެއް ވަންދެން ފެން ހުރިކަން އެނގުމަކީ ވަރަށް ބޮޑު ހޯދުމެއް."

މާސްގައި މަސައްކަތް ކުރަމުންދާ ނާސާގެ ހަ ފުރޮޅުލީ ރޮބޮޓުން ސެޕްޓެމްބަރު ހަ ވަނަ ދުވަހު ނެގި ފުރަތަމަ ސާމްޕަލްގެ ނަމަކީ "މޮންޓްޑެއިނާ" އެވެ. އަދި ސެޕްޓެމްބަރު އަށް ވަނަ ދުވަހު ނެގި ދެ ވަނަ ސާމްޕަލްގެ ނަމަކީ "މޮންޓެގްނެކް" އެވެ.

އެ ދެ ސާމްޕަލަކީ ވެސް ވަށުމިނުގައި ފަންސުރަކަށް ވުރެ ކުޑަ ތަންކޮޅެއް ފުޅާ ހަ ސެންޓިމީޓަރު ދިގު ދެ ސާމްޕަލެވެ. މިހާރު އެ ދެ ސާމްޕަލް ރައްކާކޮށްފައި ހުރީ ޕާސިވެރަންސް އުޅަނދުގެ އެތެރޭގައިވާ ޓިއުބުތަކެއްގެ ތެރޭގަ އެވެ.

ގަލުގެ ސާމްޕަލް ނަގަން މިދިޔަ އޯގަސްޓު މަހު އެންމެ ފުރަތަމަ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އެއީ ޕާސިވެރަންސަށް ލިބިފައިވާ ތޮރުފުމުގެ ބާރަށް ވުރެ ގާ ހަރުވުމުންނެވެ.

ޕާސިވެރަންސުން ހަރަކާތްތެރިވަމުން ދަނީ މާސްގެ އީކުއޭޓާގެ އުތުރުން އޮންނަ ޖެޒެރޯ ކްރޭޓާ ކިޔާ ސަރަހައްދެއްގަ އެވެ. އެ ތަނަކީ މީގެ 3.5 ބިލިއަން އަހަރު ކުރިން ފެންގަނޑެއް އޮތް ތަނެއް ކަމަށް ސައިންޓިސްޓުން ބުނެ އެވެ. އޭރު މާސްގެ މާހައުލަކީ މިހާރަށް ވުރެ ހޫނު އަދި ތެތް މާހައުލެކެވެ.

ނާސާގެ އުޅަނދުން ނެގި ފުރަތަމަ ގާކޮޅަކީ އަލިފާން ފަރުބަދައެއްގެ ގޮވުމުގެ ސަބަބުން އުފެދުނު ގާކޮޅެއް ކަމަށް ވަނީ ބެލެވިފަ އެވެ. އެފަދަ "ވޮލްކެނިކް" ގަލުގައި ހުންނަ ކްރިސްޓަލައިން މިނަރަލްގެ އެހީގައި "ރޭޑިއޯމެޓްރިކް ޑޭޓިން" ހެދެ އެވެ.

އޭގެ ސަބަބުން އެ ގާކޮޅު އޮތް ސަރަހައްދުގެ ޖިއޮލޮޖިކަލް ތާރީހާއި، ކްރޭޓާ އުފެދުނު އިރާއި، ފެންގަނޑު އުފެދުނު އިރާއި ނެތިގެން ދިޔަ އިރު، އަދި ޒަމާންތަކުގެ މަތިން މޫސުމަށް އައި ބަދަލު ދެނެގަންނަން ސައިންސްވެރިންނަށް ފަސޭހަ ވާނެ އެވެ.

"މި ގާތަކުން ލިބުނު އެންމެ ޝައުގުވެރި މައުލޫމާތަކީ ޒަމާންތަކެއް ވަންދެން ބިމުގައި ހުރި ފެނުގެ ނިޝާން ގާތަކުން ފެންނަން ހުރުން،" ނާސާގެ ޖިއޮލޮޖިސްޓް ކޭޓީ ސްޓެކް މޯގަން ވިދާޅުވި އެވެ.

ޕާސިވެރަންސް އުޅޭ ކްރޭޓާއަކީ ފެންގަނޑެއް އޮތް ތަނެއްކަން ސައިންސްވެރިންނަށް ކުރިން އެނގުނު ނަމަވެސް، އެ ފެންގަނޑު އޮތީ ކިހާ މުއްދަތަކަށް ކަމެއް ކުރިން ނޭނގެ އެވެ.

ގަލުގެ އެހީގައި މިހާރު ބޮޑަށް ބެލެވެނީ އެ ތަނުގައި ގިނަ ޒަމާންތަކެއް ވަންދެން ފެން ހުރި ކަމަށެވެ.

"މި ގާތައް ގިނަ ޒަމާންތަކެއް ވަންދެން ފެނުގައި ހުރި ނަމަ، ގާތަކުގެ ތެރޭގައި ދިރުންތަކަށޤ އެކަށޭނަ މާހައުލު އުފެދި، ގަދީމީ މައިކްރޯބިއަލް ދިރުންތައް އުޅެފައިވުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

ނާސާއިން އުއްމީދު ކުރަނީ ޔޫރަޕްުގެ ޖައްވީ އިދާރާއެކު ހިންގާ ޖޮއިންޓް މިޝަނެއްގައި 2030 ގެ އަހަރުތަކުގައި އެ ގާތައް ދުނިޔެއަށް ގެނެސް، އިތުރު ދިރާސާތައް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

އެމެޒޯން އެންތްރޮޕިކްއަށް 25 ބިލިއަން ޑޮލަރު

އޭއައިގެ ރޭހުގައި ކުރިހޯދުމަށް އެމެޒޯންއިން އެންތްރޮޕިކް ކުންފުންޏަށް 25 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެންތްރޮޕިކްއިން އެމެޒޯންގެ ކްލައުޑް ޓެކްނޮލޮޖީ ބޭނުންކުރުމަށް 100 ބިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކުރާނެއެވެ.

Newsletter

Get the latest news delivered straight to your inbox