އިޒްރޭލް ޖަލުން ފިލި ގައިދީންގެ ތެރެއިން 4 މީހަކު ހޯދައިފި

އިޒްރޭލުގެ ސެކުއިރިޓީ ވަރުގަދަ ގިލްބޯއާ ޖަލުން. މި ޖަލުން ފަލަސްތީނުގެ ހަ ގައިދީއަކު ފިލި.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ސެކުއިރިޓީ ވަރުގަދަ ގިލްބޯއާ ޖަލުން. މި ޖަލުން ފަލަސްތީނުގެ ހަ ގައިދީއަކު ފިލި.-- ފޮޓޯ: އޭއެފްޕީ

ގުދުސް (ސެޕްޓެމްބަރު 11) - އިޒްރޭލުގެ ސެކުއިރުޓީ ވަރުގަދަ ޖަލަކުން ފިލި ފަލަސްތީނުގެ ހަ ގައިދީންގެ ތެރެއިން ހަތަރު މީހަކު ހޯދައިފި އެވެ.

އިޒްރޭލު ފުލުހުން ބުނީ އޭގެ ތެރެއިން ދެ މީހުން ހައްޔަރު ކުރީ ހުކުރު ދުވަހު ކަމަށާއި އަނެއް ދެ މީހުން ހައްޔަރު ކުރީ ހޮނިހިރު ދުވަހު ހެނދުނު ކަމަށެވެ.

ހުކުރު ދުވަހު ދެ މީހުން ހައްޔަރު ކުރީ ނަޒަރެތު ސިޓީން ކަމަށާއި ހޮނިހިރު ދުވަހު ހެނދުނު ދެ މީހުން ހައްޔަރު ކުރީ ޓްރަކު ޕާކުކުރާ ސަރަހައްދަކުން ކަމަށް ފުލުހުންގެ ބަޔާނެއްގައި ބުންޏެވެ.

ފުރަތަމަ ހައްޔަރު ކުރީ އުމުރުން 48 އަހަރުގެ ޔައުގޫބް ގަދްރީ އާއި 45 އަހަރުގެ މަހްމޫދު އަބްދުﷲ އަރްދާހް އެވެ. އެ ދެ މީހުންނަކީ ވެސް އިސްލާމިކް ޖިހާދު ގްރޫޕުގެ މެމްބަރުންނެވެ.

ފަހުން ހައްޔަރު ކުރި ދެ މީހުންނާ ގުޅޭ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. އިޒްރޭލުގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި ގިލްބޯއާ ޖަލުން ފިލަން ރޭވި މޭސްތިރިއަކީ އަރްދާހް އެވެ.

އޭނާ ހައްޔަރު ކުރިކަން އިއުލާނު ކުރުމާއެކު ގާޒާ އިން ދެކުނު އިޒްރޭލަށް ރޮކެޓު ހަމަލާއެއް ފޮނުވި ކަމަށް އިޒްރޭލު ސިފައިން ބުންޏެވެ. ނަމަވެސް އިޒްރޭލުގެ އަޔަން ޑޯމް ޑިފެންސް ސިސްޓަމުން ވަނީ އެ ރޮކެޓު ހުއްޓުވާފަ އެވެ.

"ފިލައިގެން އުޅުނު ދެ ގައިދީން ލޮކޭޓު ކުރުމަށް ފަހު، ފުލުހުން ވަނީ އެ މީހުން ފަހަތުން ހެލިކޮޕްޓަރެއް ފޮނުވާފައި،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

"ނަަޒަރެތުގެ ދެކުނުން އެ މީހުން ހައްޔަރު ކުރަން މަސައްކަތް ކުރުމުން އެއްވެސް ވަރަކަށް ދެކޮޅު ހަދާފައެއް ނުވޭ."

އިޒްރޭލުގެ މީޑިއާ އިން ބުނީ ޑަސްބިން ހާވައިގެން ކާތަކެތި ހޯދަމުން ދިޔަ ފިރިހެނުންގެ ވާހަކަ ފުލުހުންނަށް ރިޕޯޓު ކުރީ އާއްމު ރައްޔިތެކެވެ.

މިދިޔަ ހޯމަ ދުވަހު ފަލަސްތީނުގެ ހަ ގައިދީން ޖަލުން ފިލީ ސިންކެއްގެ ދަށުން، ފުން، ހިމަ މަގެއް ކޮނެގެންނެވެ. އެ މީހުން ހޯދަން އިޒްރޭލުން ވަނީ އިތުރު ސިފައިން ހުޅަނގު އައްސޭރި އަށް ފޮނުވާފަ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި އެ ހަ މީހުންނަކީ ވެސް ފަލަސްތީނުގެ ގްރޫޕުތަކާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ހަމަލާ ދިން ނުވަތަ ހަމަލާ ދޭން ރޭވި މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox