ތައްގަނޑެއް ޖަހާލަދޭން ވެއްޖެ!

އަސްލާ އެއްގޮތްކަމުގެ ސްޓޭމްޕް ދައްކައިވައިދޭ ތަސްވީރެއް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަސްލާ އެއްގޮތްކަމުގެ ސްޓޭމްޕް ދައްކައިވައިދޭ ތަސްވީރެއް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ރަސްމީ އިދާރާއަކަށް ހުށަހަޅާ ލިޔުންތަކަކީ ލިޔުމެއްގެ ނަކަލެއްނަމަ، އެއީ އަސްލާ އެއްގޮތް ލިޔުމެއްކަން އެ އިދާރާއަކުން ކަށަވަރުކުރެ އެވެ. މިކަން ކަށަވަރުކުރުމަށް ގިނަ ފަހަރު ހަދާ ގޮތަކީ އެ ލިޔުމަކީ އަސްލާ އެއްގޮތް ލިޔުމެއް ކަމުގެ ސްޓޭމްޕެއް ޖެހުން ޝަރުތުކުރުމެވެ. ހުށަހަޅާންޖެހޭ ލިޔުންތަކުގެ ތަފްސީލާއެކު، އެ ލިޔުންތަކަކީ 'ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ' ލިޔުންތަކަކަށް ވާންޖެހޭނޭ ކަމަށް ވަރަށް ގިނަ އިއުލާނު ތަކުގައި ބުނެފައި އޮވެ އެވެ. އެއީ ކީއްވެގެން ކުރާ، އަދި ކިހާ މުހިންމު ކަމެއްތޯ އެޔަކީ ބަޔަކު ވިސްނާލި ކަމެކޭ ހިއެއް ނުވެ އެވެ.

ނޯޓަރައިޒް ކުރުމާއި، އަސްލާ އެއްގޮތްކަމުގެ ސްޓޭމްޕް ޖެހުމަށް ރާއްޖޭގައި ގާނޫނީ ހައިސިއްޔަތާއި ސިފަ ލިބިގެން ދިޔައީ ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް އައުމާ ގުޅިގެންނެވެ. އޭރު ދުނިޔޭގެ ގައުމުތަކުގައި ގާނޫނީ ހައިސިއްޔަތު ލިބިގެން މިކަމެއް ކުރާތާ ދެތިން ގަރުނު ވެއްޖެ އެވެ. މިއީ ހަގީގަތުގައި ގާނޫނީ ފަންނުގެ ބަހާތަކުގެ ތެރެއިން އެންމެ ދުވަސްވީ ބަހާ އެވެ. 1800 ގެ އަހަރުތަކުގައި އިނގިރޭސިވިލާތާއި ވޭލްސްގެ ނޯޓަރީސް ސޮސައިޓީ ވުޖޫދުވިއިރު، ޔޫރަޕްގައި 1400 ގެ ކުރިއާ ހަމައަށްވެސް ނޯޓަރީގެ ހިދުމަތުގެ ތާރީހު ކިޔެ އެވެ.

ނޯޓަރައިޒް ކޮށްދިނުމަކީ، 'ޤާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫންވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމެވެ.' މިއީ 'ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދު' ގައި ދީފައިވާ ތައުރީފެވެ. އެއަށްވުރެ ތިލަކޮށް ބުނާނަމަ، ނޯޓަރީއަކީ ގާނޫނީ ލިޔުމެއްގައި ދެ ފަރާތެއްގެ ދެމެދުގައި ސޮއިކުރެވުނު ކަމުގެ މައްޗަށް މިނިވަންކަމާއެކު ހެކިބަސްދޭ، އަދި އެކަން ކުރުމަށް ރަސްމީ އިދާރާއަކުން ހުއްދަ ދީފައިހުރި ކޮންމެ މީހެކެވެ. ދިވެހިރާއްޖޭގައި އެ ހުއްދަ ދޭ އިދާރާއަކީ ބާ ކައުންސިލް އެވެ.

ރާއްޖޭގައި 'ލިޔުންތަކުގައި ތައްގަނޑު ޖެހުމުގެ' އުސޫލުތައް ބުނެދެނީ ދެ ގަވާއިދެއްގަ އެވެ. އެއީ 'އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ގަވާއިދު' އާއި 'ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދު' އެވެ. މި ދެ ގަވާއިދަށްވެސް ބާރު ލިބެނީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުންނެވެ. މި ގަވާއިދުތަކުގައި ބުނެފައިވާ މަސައްކަތް ކުރެވޭނީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، ބާ ކައުންސިލުން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވާ ވަކީލުންނަށެވެ.

'ތައްގަނޑު ޖަހައިދިނުމުގެ ހިދުމަތް' ދޭ ފިހާރަތައް ރާއްޖޭގައި ވަރަށް ގިނަ އެވެ. ނޯޓަރައިޒް ކުރަންޖެހޭ ލިޔުމެއް މިއިން ފިހާރައަކަށް ގެންދިއުމުގެ ކުރިން ނޯޓަރައިޒްކޮށްދެނީ ކާކުކަމާއި، އެއީ ބާ ކައުންސިލްއިން ހުއްދަ ދީފައިވާ ފަރާތެއްތޯ ކަށަވަރުކުރަން ވާނެ އެވެ. ބާ ކައުންސިލްއިން ހުއްދަ ދީފައިވާ ނޯޓަރީންގެ ލިސްޓް އެ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށްފައި އޮންނާނެ އެވެ. ނޯޓަރީގެ ހިދުމަތް ލިބިގަންނަ ފަރާތަކީ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުން އޮތް ފަރާތަކަށް ވާނަމަ ނުވަތަ، ހިދުމަތް ދޭ ފަރާތުގެ މުވައްކިލަކަށްވާނަމަ އެ ހާލަތުގައި އެ ވަކީލަކު ނޯޓަރީއެއްގެ ގޮތުގައި ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދީގެން ނުވާނެ އެވެ.

ޕަބްލިކް ނޯޓަރީ، ގާނޫނީ ލިޔުމެއްގައި ތައްގަނޑު ޖަހައިފިނަމަ އޭނާ އެ ހެކިވަނީ އެ ލިޔުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުން އެ ލިޔުމުގައި ސޮއިކުރީ އޭނާގެ ހާޒިރުގައި ކަމަށެވެ. އަދި ގާނޫނީ ވަކީލު، އެއްވެސް ލިޔުމެއްގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑެއް ޖަހައިފިނަމަ އޭނާ އެ ހެކިވަނީ އެ ހިދުމަތް ލިބިގަތް ފަރާތުގެ އަތުގައި އެ ލިޔުމުގެ އަސްލު އޮތްކަމާއި، އެ ލިޔުމުގެ އަސްލުގައި ޝައްކު އުފެދޭ ފަދަ އެއްވެސް ކަމެއް ނެތްކަމަށެވެ. ރަސްމީ އިދާރާއަކުން މީހަކަށް ވަޒީފާއެއް ދިނުމުގައި ވަރަށް ގިނަ ފަހަރު ބަރޯސާވަނީ ވަކީލުގެ އޮފީހުން މި ޖެހި ތައްގަނޑުތަކުގެ މައްޗަށެވެ. ހުށަހެޅޭ ލިޔުންތަކުގެ ސައްހަކަމާމެދު އިތުރު ސުވާލެއް އުފެދޭފަދަ ހާލަތެއް ނެތްނަމަ، ވަކީލުގެ ތައްގަނޑަށް އޮންނަ އިތުބާރުގެ މައްޗަށް ރަސްމީ އިދާރާގެ އިޖުރާއަތުތައް ތަރުތީބު ކުރާނެ އެވެ.

ނޯޓަރީ އަކު ޖަހާލާ ތައްގަނޑުން ހެކިވީ ކަންކަމުގައި އަސްލެއް ނެތްކަން އެއްވެސް ހިސާބަކުން ހާމަވެއްޖެނަމަ އެ ވަކީލަކު ކުރިމަތިލާންޖެހޭ ނަތީޖާތަކެއް އެބަހުއްޓެވެ. ތިންލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުމާއެކު ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލްއަށް ލިބިގެންވެ އެވެ.

އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާލާ ކޮންމެ ފަހަރަކު، ނުވަތަ ނޯޓަރައިޒްކޮށްދޭ ކޮންމެ ފަހަރަކީ ކަންތައްތަކެއްގެ މައްޗަށް ހެކި ދެވޭ ފަހަރެކެވެ. އަސްލު ސެޓްފިކޭޓް ލޮލަށް ނުފެނި 'އަސްލާ އެއްގޮތް' ކަމަށް ބުނުމަކީ ދޮގު ހެކިބަހެކެވެ. 'ނޯޓަރައިޒްޑް' ކަމަށް ތައްގަނޑު ޖެހި ލިޔުމުގައި ސޮއިކުރި މީހުން ލޮލަށްވެސް ނުފެނި، މި ލިޔުމުގައި ސޮއިކުރީ މަގޭ ހާޒިރުގައި ކަމަށް ބުނުމަކީވެސް ދޮގު ހެކިބަހެކެވެ. އެގޮތަށް އެކަން ކޮށްލަދޭން އެދުމަކީ ކުށެއް ކުރަން އެދުމެވެ. އެއީވެސް ކުށެކެވެ.

ބުނެދެވޭތޯ މިއުޅެނީ ނޯޓަރައިޒް ކުރުމާއި، އަސްލާ އެއްގޮތްކަމަށް ބަޔާންކުރުމަކީ ހަމައެކަނި 'ތައްގަނޑެއް ޖަހާލަދިނުން' ނޫން ކަމެވެ. އެއީ އެ ހުއްދަ އޮންނަ ވަކީލުންގެ ކިބައިން ވަރަށް ގިނަ މީހުން އެދޭ ހިދުމަތެކެވެ. މި ހިދުމަތަށް އެދޭއިރު ހިދުމަތަށް އެދޭ މީހާގެ އަތުގައި ލިޔުންތަކުގެ އަސްލެއް ނުހުރެ އެވެ. އަސްލު އޮންނަނީ ރަށުގަ އެވެ. ރަށުން އަސްލު ލިޔުންތައް ގެނެސްގެން އެކަން ކުރާނަމަ މާބޮޑަށް ލަސްވާނެތީ 'ތައްގަނޑެއް ޖަހާލަ ދިނުމަށް' ރައްޓެހި ވަކީލެއް ގާތުގައި އެދެނީ އެވެ. ވަކީލުވެސް އޭނާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އެކަން ކޮށްލަދެނީ އެވެ. ވަރަށް ގިނަ ފަހަރު އެކަން ދާނީ ރަނގަޅަށެވެ. ނުފެންނާނީ ބެދޭ މަޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox