އިޒްރޭލުގެ ޖަލުން ފިލި ފަލަސްތީނު ހަ މީހުންގެ އާއިލާ މެމްބަރުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ހަ މީހުން ފިލި އިޒްރޭލުގެ ގިލްބޯއާ ޖަލުގައި ގާޑަކު ސެކިއުރިޓީ ބަލަހައްޓަނީ.-- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ހަ މީހުން ފިލި އިޒްރޭލުގެ ގިލްބޯއާ ޖަލުގައި ގާޑަކު ސެކިއުރިޓީ ބަލަހައްޓަނީ.-- ފޮޓޯ: އޭއެފްޕީ

ރާމަﷲ، ފަލަސްތީން (ސެޕްޓެމްބަރު 8) - އިޒްރޭލުގެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ފިލި ފަލަސްތީނުގެ ހަ މީހުންގެ އާއިލާއަށް ނިސްބަތްވާ ބައެއް ފަރާތްތައް އިޒްރޭލުން ހައްޔަރުކޮށްފި އެވެ.

އުތުރު އިޒްރޭލުގައި ހުންނަ ގިލްބޯއާ ޖަލުން ހަ މީހުން ފިލީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މީހުން ފިލަން ބޭނުން ކުރީ ބިމު އަޑިން ކޮނުނު ހަނި މަގެކެވެ.

އެ ހަ މީހުން އަތުލައިގަތުމަށް އިޒްރޭލުން ހިންގާ ވަރުގަދަ އޮޕަރޭޝަނުގައި ޑްރޯން ބޭނުން ކުރަމުން ދާއިރު، މަގުތައް ބަންދުކޮށް ޗެކް ޕޮއިންޓުތައް ވަނީ ގާއިމްކޮށްފަ އެވެ.

ފިލި މީހުންގެ ތެރެއިން ގިނަ މީހުން ނިސްބަތްވަނީ ހުޅަނގު އައްސޭރީގެ ޖެނިން އަވަށަށެވެ. އެހެންވެ އެ ތަނުގައި އިޒްރޭލު ސިފައިން އަންނަނީ ގިނަ އަދަދަކަށް ހަރަކާތްތެރިވަމުންނެވެ.

ފަލަސްތީނު ގައިދީންގެ ކުލަބުން ބުނީ ޖަލުން ފިލުމަށް ރޭވި ރޭވުމުގެ "މާސްޓާމައިންޑު"ގެ ގޮތުގައި ބެލެވޭ މަހްމޫދް އަރްދާހްގެ ދެ ބޭބެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެސް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މަހްމޫދް އަރްދާހްގެ ތިމާގެ ޑރ. ނިދާލް އަރްދާހް އާއި ޖަލުން ފިލި މުނާދިލް އިންފިއާތުގެ ބައްޕަ އާއި އިތުރު ގައިދީއެއްގެ ބޭބެ އެވެ.

އިޒްރޭލު ސިފައިން ބުނީ ރޭ ދަންވަރު ބަޔެއް މީހުން ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް ތަފްސީލް ހާމައެއް ނުކުރެ އެވެ. އިޒްރޭލުން އުޅެނީ 1967 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް އަރައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox