ރައީސްގެ ދަތުރުފުޅާއެކު ށ. އަތޮޅު ކައުންސިލުން އުފުލީ އެއާޕޯޓްތަކުގެ ކަންބޮޑުވުން

ށ. އަތޮޅު ކައުންސިލުގެ މެމްބަރުންނާ ރައީސް ސޯލިހު މިއަދު ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ށ. އަތޮޅު ކައުންސިލުގެ މެމްބަރުންނާ ރައީސް ސޯލިހު މިއަދު ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. އަދި ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ށ. އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ އަތޮޅުގެ މިހާރު ހުރި އަދި އަޅަން ނިންމާފައިވާ އެއާޕޯޓްތަކާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފި އެވެ.

ރައީސްއާއެކު ބޭއްވި ބައްދަލުވުމަށްފަހު ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް "އަދަދު"އަށް ވިދާޅުވީ ރައީސްގެ ބައްދަލުވުމުގައި ގިނަ ކަންކަމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށެވެ.

އޭގެ ތެރޭގައި އެއާޕޯޓްތަކުގެ މައްސަލަ ހާއްސަ ގޮތެއްގައި ޝިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން އެންމެ ފާހަގަކުރެވެނީ ށ. ކޮމަންޑޫގެ ރައްޔިތުންގެ ފަރާތުން ރ. އަލިފުށީގައި އަޅަން ނިންމާފައިވާ އެއާޕޯޓާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސްއާ ހިއްސާކުރި ކުރުމެވެ.

އަދި ށ. ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދު ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ރައީސްއާ ހިއްސާކުރެއްވިކަމަށް ޝިޔާމް ވިދާޅުވި އެވެ.

ނަމަވެސް، އެކަން އެގޮތަށް އޮއްވާ، ކޮމަންޑޫ ކައިރީގައި ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރ. އަލިފުށީގައި ބިން ހިއްކައިގެން ބޮޑު ހަރަދުގައި އެއާޕޯޓެއް އަޅަން ނިންމި ނިންމުމަށް ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ކޮމަންޑޫ ރައްޔިތުންގެ ފަރާތުން އެދިފައި އޮތް ގޮތަށް، ކުޑަފަރާއި ދިގުވެލިދޫގައި އެއާޕޯޓް އަޅަން އޮތް އޮތުން. އެހެން އޮއްވާ އަލިފުށީގައި އެއާޕޯޓް އަޅަން ނިންމި ނިންމުމާ، ކޮމަންޑޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރިން،"

"އޭގެ އިތުރުން ބިލެއްފަހީގައި މި އަހަރު ތެރޭގައި އަޅަން ނިންމައި އިއުލާންކުރި އެއާޕޯޓުގެ މަސައްކަތް ލަސްވާ ވާހަކަވެސް އަޅުގަނޑުމެން ދެންނެވިން. މިހާރު އެ މަސައްކަތް ހުރި ހިސާބާއި، ބިޑު ކުރުމުގެ ވާހަކަތައް،" ޝިޔާމް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިވަގުތު އަތޮޅުގައި އޮންނަ ހަމައެކަނި އެއާޕޯޓް ކަމުގައިވާ ފުނަދޫ އެއާޕޯޓަށް ރޭޭގަނޑު ދަތުރުނުކުރެވޭ މައްސަލަ ވެސް ރައީސްއާ ހިއްސާކުރި ކަމަށެވެ.

"މިހާރު ފުނަދޫ އެއާޕޯޓަށް ދަތުރުނުކުރެވޭ ރޭގަނޑު ގަޑީގައެއް. އެ ލައިޓްތައް ނުހުންނާތީވެ. އެހެންވެ އެވާހަކަވެސް ދެންނެވިން ރައީސް އަރިހުގަ، ވިދާޅުވި ހައްލެއް ހޯދައިދެއްވާނެކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުގެ ފަރާތުން ދެން ރައީސްއާ މަޝްވަރާކުރީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ފަޅުރަށްތަކުގެ ބިލާ ގުޅޭގޮތުންނާ ބިލުގެ ސަބަބުން އަތޮޅުގައި ހިމެނޭ ފަޅު ރަށްތަކުގެ އިހުތިސޯސާ ގުޅޭ ގޮތުންކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިހާރު އެ ބިލަށް ހުށަހަޅާފައިވާ އިސްލާހެއްގެ ސަބަބުން އަތޮޅު ކައުންސިލާއި ރައްޔިތުންގެ އެއްވެސް ބަހެއް ނެތި، ރަށްރަށް ދޫކުރުމަށް ހުއްދަ ދެވުމަކީ، ލާމަރުކަޒީ ނިޒާމާ އިދިކޮޅަށް ކުރެވޭ ކަމެއްކަން ރައީސްއަށް ދަންނަވައި، ކައުންސިލުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އަދި މިވަގުތު ށ. އަތޮޅުގައި ދެ ރިސޯޓެއްގެ މަސައްކަތް 15 ވަރަކަށް އަހަރު ވަންދެން ދިގުލައިގެން ގޮސްފައިވާކަމުގެ އިތުރުން އެ އަތޮޅުގެ އިތުރު ހަތަރު ރިސޯޓެއްގެ ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް ނަގާފައިވާތީ އެ ރަށްތަކުގެ ބިޑުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް އެދިފައިވާނޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭގެ އިތުރުން ށ. އަތޮޅުގެ ސްކޫލުގެ އާ އިމާރާތެއް އަޅައިދީ، ށ. އަތޮޅަށް މިނީ ކޮލެޖުގެ ކޮންސެޕްޓެއް ބޭނުންވާކަމާއި އެކަން ތައާރަފްކުރުމަށްވެސް ރައީސްގެ އަރިހުން އަތޮޅު ކައުންސިލުން އެދުނު ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެ ހުރިހާ ވާހަކައެއްވެސް ރައީސް އަޑުއެއްސެވި، ހަމަ އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ބެލެވޭ،" ޝިޔާމް ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ރައީސް އަލިފުއްޓަށް ވެސް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެ ރަށުގައި އެއާޕޯޓެއް އަޅަން ސަރުކާރުން ކުއްލިއަކަށް ނިންމި ނިންމުމާމެދު ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.

އަލިފުށީގައި އެއާޕޯޓު އަޅާތީ ހިތްހަމަނުޖެހެނީ ކީއްވެ؟

ރ. އަތޮޅަށް ދެ ވަނަ އެއާޕޯޓެއް ބޭނުންވާ ވާހަކަ ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ދައްކާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމި އެވެ. ނަމަވެސް، އެއްވެސް ހިސާބެއްގައި އަލިފުށީގެ ނަން އައިސްފައެއް ނެތެވެ.

މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް އޮތް ނަމަވެސް އެ އަތޮޅުގެ ބައެއް ރަށްރަށާ މި އެއާޕޯޓު މާދުރުކަމަށް އެ ރަށްރަށުގެ ރައްޔިތުން އައީ ބުނަމުންނެވެ. އަދި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ސަރުކާރުން ވައުދުވީ ވެސް ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ސިޔާސަތުގެ މައްޗަށް ހިސާބު ޖަހާއިރު، އަލިފުށިން ފުރައިގެން، މިހާރު ވެސް އެ އަތޮޅުގައި އޮތް އިފުރު އެއާޕޯޓަށް 20 މިނެޓުގެ ދަތުރަކުން ދެވެ އެވެ. ނަމަވެސް އަތޮޅުގެ ދެކުނު ބިތުގައި ރަށްރަށުން ފުރައިގެން އިފުރަށް 20 މިނެޓުން އެއާޕޯޓަކަށް ނުދެވެ އެވެ. އެހެންވެ، އަތޮޅުގެ އެންމެ އުތުރުގައި، ވަކިން އޮތް އަލިފުށީގައި އެއާޕޯޓެއް ހެދިޔަސް، ސަރުކާރުގެ ސިޔާސަތުގެ މިންގަނޑަށް ނުފެތޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox