ސަލާހު ބޮޑު މުސާރަ އަކަށް ޑިމާންޑްކުރި ވާހަކަ ދޮގުކޮށްފި

Sep 7, 2021, 3:30 AM
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު.

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު.

ލިވަޕޫލް (ސެޕްޓެމްބަރު 7) - މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން ބޮޑު މުސާރަ އަކަށް ޑިމާންޑްކޮށްފައިވާ ކަމަށް ބުނެ، ދެކެވޭ ވާހަކަތައް ލިވަޕޫލްގެ ހަބަރުތައް ގެނެސްދޭ މިޑީއާތަކުން ދޮގުކޮށްފި އެވެ.

އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 29 އަހަރުގެ ސަލާހު ލިވަޕޫލާ އެކު ކޮންޓްރެކްޓް އާ ކުރަން ބޭނުންވަނީ ހަފްތާ އަކު 690،000 ޑޮލަރު (500،000 ޕައުންޑް) އަށެވެ. މިއީ ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހަފްތާ އަކު ބޯނަހާ އެކު ދޭން ނިންމި މުސާރައާ ގާތްކުރާ އަދަދެކެވެ.

ސަލާހު މި ވަގުތު ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރީ ހަފްތާ އަކު 276،000 ޑޮލަރު (200،000 ޕައުންޑް) ލިބޭ ގޮތަށެެވެ. ލިވަޕޫލުން މަސައްކަތް ކުރަނީ އިތުރު ތިން އަހަރަށް ސަލާހު ލައްވައި ކޮންޓްރެކްޓް އާ ކުރާށެވެ. ސަލާހު މި ވަގުތު ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ލިވަޕޫލްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން އެ ކްލަބްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ދައުރުވަމުން ދާ ސަލާހުގެ ބޮޑު މުސާރައިގެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. ލިވަޕޫލްގެ އޮފިޝަލުންނާއި ސަލާހުން އަދިވެސް އަންނަނީ އާ ކޮންޓްރެކްޓްގެ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރަމުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަލާހު އިތުރު ތިން އަހަރަށް ލިވަޕޫލާ އެކު ސޮއިކުރަން ބޭނުންވާ މުސާރަ އުޅެނީ ހަފްތާ އަކު 350،000 ޑޮލަރުގަ އެވެ.

ލިވަޕޫލުން ސަލާހު ގަތީ 2017 ވަަނަ އަހަރު އިޓަލީގެ ރޯމާ އަށް އެންމެ ފުރަތަމަ 50 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އަދި ލިވަޕޫލްގައި ސަލާހު ދައްކަމުން އަންނަ މޮޅު ކުޅުމަށް ބަލާފައި އިތުރު ހަތް މިލިއަން ޑޮލަރު ދޭން ޖެހުނެވެ.

ކުރިން ޗެލްސީ އާއި ފިއޮރެންޓީނާ އަށް ވެސް ކުޅުނު ސަލާހު ލިވަޕޫލަށް ބަދަލުވުމަށް ފަހު ވަނީ އެ ޓީމަށް ކުޅެދިން 206 މެޗުން 127 ގޯލު ޖަހައިފަ އެވެ. އެ ޓީމުގައި ހުރެ އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކުރި އެެވެ. އަދި ޕްރިމިއާ ލީގުގެ ރަން ބޫޓު ދެ ފަހަރު ވަނީ ހޯދައިފަ އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސަލާހުގެ ކޮންޓްރެކްޓް ކަންތައްތައް ދާ ގޮތް މޮނީޓާ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވަނީ ރެއާލް މެޑްރިޑާއި ޕީއެސްޖީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox