ފަލަސްތީނުގެ 6 މީހަކު އިޒްރޭލުގެ ޖަލަކުން ފިލައިފި

ފަލަސްތީނުގެ ހަ މީހަކު ޖަލުން ފިލީ ބިމު އަޑިން މަގެއް ކޮނެގެން،-- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ހަ މީހަކު ޖަލުން ފިލީ ބިމު އަޑިން މަގެއް ކޮނެގެން،-- ފޮޓޯ: އޭއެފްޕީ

ގުދުސް (ސެޕްޓެމްބަރު 6) - ކުރީގެ ހަނގުރާމަވެރިޔަކު ހިމެނޭ ގޮތަށް ފަލަސްތީނުގެ ހަ މީހަކު އިޒްރޭލުގެ ޖަލަކުން ފިލައިފި އެވެ.

އިޒްރޭލު ޕްރިޒަން ސާވިސް އިން ބުނީ އެކަމުގެ އެލާޓް ލިބުނީ ހޯމަ ދުވަހު ދަންވަރު 03:00 ހާއިރު ކަމަށާއި ގިލްބޯއާ ޖަލު ކައިރިން ޝައްކު ކުރެވޭ ބަޔަކު ފެނިގެން މީހުން ރިޕޯޓު ކުރި ކަމަށެވެ.

ޖަލުން ފިލި ހަ މީހުންގެ ތެރޭގައި ހިމެނޭ ޒަކަރިއްޔާ ޒުބެއިދީ އަކީ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީ އަށް ނިސްބަތްވާ ކުރީގެ ހަނގުރާމަވެރިޔެކެވެ.

އެ މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައި ވާއިރު، ފުލުހުންނާއި ސިފައިން އަދި ޖާސޫސީ އިދާރާ އިން ވެސް އެ މަސައްކަތުގައި ބައިވެރިވެ އެވެ.

އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބެލެވޭ ގޮތުގައި އެ މީހުން ވަނީ ހުޅަނގު އައްސޭރި އަށް އެތެރެވެފަ އެވެ. ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ބިމެކެވެ.

ސިފައިން ބުނީ ޖަލުން ފިލި މީހުން ހޯދުމުގެ އޮޕަރޭޝަނުގެ ދަށުން ފައުޖުތައް ތިބީ ހުޅަނގު އައްސޭރީގައި ތައްޔާރީ ހާލަތުގައި ކަމަށެވެ.

އިޒްރޭލް ޕްރިޒަން ސާވިސް އިން ނެރުނު ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހުން ޖަލުން ފިލާފައި ވަނީ ސިންކެއްގެ ދަށުން ހިމަ އަދި ފުން ވަޅުގަނޑެއް ކޮނެ، ޖަލުން ބޭރަށް ދެވޭނެ ބިމުއަޑީގެ މަގެއް ހަދައިގެންނެވެ.

"ސަލާމަތާ ގުޅުން ހުރި ކުށްތަކުގައި" ގިލްބޯއާ ޖަލުގައި ބަންދުކޮށްފައި ތިބި 400 ގައިދީން އެހެން ތަނަކަށް ބަދަލު ކުރަން މިހާރު ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox