އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އާހިދު އައްޔަނުކޮށްފި

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަނުކުރެއްވި އާހިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަގާމުގެ ލިޔުން ހަވާލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަނުކުރެއްވި އާހިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަގާމުގެ ލިޔުން ހަވާލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އިންފޮމޭޝަން ކޮމިޝަނަރުކަމަށް އަހްމަދު އާހިދު ރަޝީދު މިއަދު އައްޔަނުކުރައްވައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުނުކުރެވި އެތައް މަހެއް ހޭދަވެފައިވާއިރު، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ނަމެއް މަޖިލީހަށް ފޮނުއްވި އެވެ.

އެގޮތުން، ކޮމިޝަނަރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވީ އާހިދުގެ އިތުރުން އަޒްލީމާ އަހްމަދާއި، ޝިހާމް މުހައްމަދު ވަހީދާއި މަރިޔަމް އަލީމްގެ ނަމެވެ.

އޭގެ ތެރޭގައި ހިމެނޭ ޝިހާމާއި އާހިދުގެ އިތުރުން މަރިޔަމް އަލީމް އަކީ މީގެ ކުރިން ވެސް ރައީސް ސޯލިހު ފޮނުއްވި ތިން ބޭފުޅުންނެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދުގައި އިންނަ ބޮޑު ބާގަނޑެއްގެ ތެރެއިން، ކޮމިޓީގެ ބައެއް މެމްބަރުން ވަކި ބޭފުޅަކު ނަގަން މަސައްކަތް ކުރި ކަމުގެ ތުހުމަތާއެކު، އެއްވެސް ނަމެއް ތަޅުމާ ހަމައަށް ގެންދެވޭ ކަމަކަށް ނުވި އެވެ.

ފަހުން ފޮނުއްވި ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ފެންނަކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފެނުނީ އާހިދު އެކަންޏެވެ.

އެއާއެކު، ކޮމިޓީން ނިންމި ގޮތަށް، އެ މަގާމަށް އާހިދު އައްޔަނުކުރަން މަޖިލީހުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ފާސްކޮށްފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

ގާނޫނީ ދާއިރާއިން އިނގިރޭސިވިލާތުން ޑިގްރީ ހާސިލުކުރައްވާފައިވާ އާހިދު އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަނަންސް މެނޭޖަރުގެ މަގާމެވެ.

އޭގެ ކުރިން އޭނާ ވަނީ ޓްރާންސްޕޭރެންސީގެ ސީނިއާ ލީގަލް އެޑްވައިޒަރުގެ މަގާމާއި، ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުވެސް އަދާކުރައްވައިފަ އެވެ.

މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރުގެ މަގާމާއި، މޯލްޑިވްސް ވޮލަންޓިއާސް ކޯޕްސްގެ ސީއީއޯގެ މަގާމު ވެސް އާހިދު ވަނީ ފުރުއްވާފަ އެވެ.

މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އާއްމުކޮށް އިއުލާނުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަދުވެގެން އެއް ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެން ފާސްކުރުން ލާޒިމެވެ.

ނަމަވެސް، އެ މަގާމުގައި މީގެ ކުރިން ހުންނެވި ހުސެއިން ފިޔާޒް މޫސާ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮންނަ ގޮތުން އައިކޮމް ދައުލަތުގެ އެފަދަ އެހެން މުއައްސަސާތަކާ ތަފާތެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާ ބުނާ ގޮތުން، ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއް އާއްމުކޮށް ގިނަ ވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ހޯދަން އެދުނު ފަރާތަކަށް ފޯރުކޮށްދޭންޖެހެ އެވެ.

އެކަމަކު އެފަދަ މައުލޫމާތެއް ދޫނުކުރެވޭ ކަމަށް ބުނެ އުފެދޭ ހިލާފަކާ މެދު ގޮތް ނިންމާނީ ސީދާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ އެ މަގާމުގައި މީހަކު ނެތުމުން މުޅި ގާނޫނު ހުއްޓޭ ސަބަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox