ޓެކްނިކަލް ދަތިތަކާހުރެ ޔާމީންގެ ޝަރީއަތް ކުރިއަށް ނުގެންދެވުނު

ޔާމީން, އެމަނިކުފާނު ވަކީލް ޖަމީލާއެކު: މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުދިޔަ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޔާމީން, އެމަނިކުފާނު ވަކީލް ޖަމީލާއެކު: މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުދިޔަ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޓެކްނިކަލް ދަތިތަކެއް ކުރިމަތިވުމުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ ޝަރީއަތުގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި, އެ ފައިސާ މަނީ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލާގެ ޝަރީއަތެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާއިރު ޔާމީންގެ ގާތް މީހެއް ކަމަށްވާ ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ.

ރިޒާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

މީގެކުރީގެ އިބްތިދާއީ އަޑުއެހުންތައް ވަކިވަކިން ކުރިއަށް ގެންދިޔަ ނަމަވެސް, މައްސަލަ ބައްލަވާ ގާޒީ, އިސްގާޒީ އަހުމަދު ޝަކީލް ވަނީ މައްސަލާގެ ދެން ހުރި އަޑުއެހުންތައް ދައުވާ ލިބޭ އެންމެން ހާޒިރުކޮށްގެން އެއްކޮށް ކުރިއަށް ގެންދަން ނިންމަވާފަ އެވެ.

އެގޮތުގެ މަތިން މިއަދު ހެނދުނު 9:00 އަށް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް, އެ އަޑުއެހުން 10:30 އިރު ވެސް ފެށޭ ގޮތެއް ނުވި އެވެ. އިސްގާޒީ ޝަކީލް ވިދާޅުވި ގޮތުގައި, އަޑުއެހުން ނުފެށި ލަސްވީ އެކި މާލަންތަކުން ދައުވާ ލިބޭ ފަރާތްތަކާއި ދައުލަތާ ގުޅާލަން ޖެހުމުން ދިމާވި ޓެކްނިކަލް ދަތިތަކާހުރެ އެވެ. އަދި, މައްސަލާގެ ހިމެނޭ ބައެއް ވަކީލުން ތަނާޒަލްވެ, އައްޔަންވުމުގެ ކަންކަން މިއަދު ހެނދުނު ކުރަން ޖެހުމުންނެވެ.

އެހެންވެ, ގާޒީ ނިންމެވީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކުރާށެވެ. އެގޮތުން, ސަންގެ ދެ ކުންފުންޏާއި ރިޒާގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް މި މަހުގެ 16 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރި އެވެ.

ޔާމީންގެ ފަރާތުން ވަނީ އެ އަޑުއެހުންތައް ހުށަހަޅުއްވާފަ އެވެ. އެމަނިކުފާނު ހުށަހަޅުއްވާފައިވަނީ ދައުލަތުގެ ގިނަ ހެކިތަކެއް ބަލައިނުގަތުމަށެވެ. ހުށަހެޅުންތަކާމެދު ގޮތެއް ނިންމައި, އެ ނިންމުންތައް ހާމަ ކުރައްވާފައިވާ ގޮތަށް ވެސް ގާޒީ ނިންމަވާފައިވަނީ އެއް އަޑުއެހުމެއްގަ އެވެ.

އެއަށްފަހު, މައްސަލައަކީ ޝަރީއަތް ހިންގަން ޖެހޭ މައްސަލައެއް ކަމަށް ގާޒީ ނިންމަވައިފިނަމަ, ޝަރީއަތުގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދަވަން ނިންމަވާފައިވަނީ ހުރިހާ ފަރާތްތައް ހާޒިރުކޮށްގެން އެއް އަޑުއެހުންތަކެއްގެ ގޮތުގަ އެވެ.

ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ދައުވާގައި ބުނަނީ ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވާ ކަމަށެވެ.

އެކަމަކު ދައުވާ އަށް ޔާމީންގެ ވަކީލް އާދަމް ޝަމީމް އިންކާރު ކުރައްވައި ދިފާއުގެ ގޮތުގައި ހެކި ހުށަހަޅުއްވައި ވިދާޅުވެފައިވަނީ ސަން ސިޔާމްއާ 17.2 މިލިއަން ރުފިޔާ ހަވާލުކުރީ ބޭންކް ރޭޓުގައި 1،018،000 ޑޮލަރު ގަތުމަށްޓަކަ އެވެ.

ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތް ތަމްސީލުކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމްލަ 86 ހެއްކެއް ހުށަހެޅި އެވެ.

އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް އިއުތިރާފުވެ ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.

އޭގެއިތުރުން މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި އޭނާއާ ގާތް ގުޅުމެއް އޮންނަ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. ބޮންޑޭ އޭރު މަސައްކަތްކޮށްފައިވަނީ ފުއްގިރިއަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތުގަ އެވެ.

ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ.

އެމްއެމްޕީއާރުސީން ވަގަށް ނެގި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވި މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް މިހާރު ވެސް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް އާރަށާ ގުޅިގެން ކުރާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ކުށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox