އިޒްރޭލުގެ ރައީސާއި އުރުދުން ރަސްގެފާނުގެ ސިއްރު މަޝްވަރާތަކެއް

އިޒްރޭލުގެ ރައީސް އަދި އުރުދުންގެ ރަސްގެފާނު.

އިޒްރޭލުގެ ރައީސް އަދި އުރުދުންގެ ރަސްގެފާނު.

ގުދުސް (ސެޕްޓެމްބަރު 5) - އުރުދުން އާއި އިޒްރޭލުގެ ޑިޕްލޮމެޓިކް ގުޅުން ރަނގަޅު ވާން ފަށާފައިވާ މި ދަނޑިވަޅުގައި އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް އާއި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެ ވަނަ އާ ދެމެދު އައްމާނުގައި ސިއްރު މަޝްވަރާތަކެއް ބާއްވައިފި އެވެ.

"މިދިޔަ ހަފުތާގައި އުރުދުންގެ ރަސްގެފާނާ ބައްދަލުކޮށް ވަރަށް ދިގު މަޝްވަރާތަކެއް ކުރެވުނު،" އިޒްރޭލުގެ ޓީވީއަކުން ދެއްކި ހެރްޒޮގްގެ އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"އުރުދުން އަކީ ވަރަށް މުހިއްމު ގައުމެއް. ރަސްގެފާނު އަބްދުﷲ އަކީ އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް. އެއީ މި ސަރަހައްދުގެ ހަމަޖެހުމަށް މުހިއްމު ބައިވެރިއެއް އަދި ވަރުގަދަ ލީޑަރެއް،" ރައީސްގެ އޮފީހުން ފަހުން ނެރުނު ބަޔާނެއްގައި ހެރްޒޮގް ވިދާޅުވި އެވެ.

ބަޔާނުގައިވާ ގޮތުން ރަސްގެފާނުގެ ދައުވަތަކަށް ދެ ލީޑަރުން ވަނީ އުރުދުންގެ ޝާހީ ގަނޑުވަރުގައި ބައްދަލުކުރައްވައި، މުހިއްމު މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އިޒްރޭލާއެކު ބޯޑަރު ހިއްސާ ކުރާ ގައުމުތަކުގެ ތެރެއިން އެ ގައުމާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައިސްފައި ވަނީ ހަމައެކަނި އުރުދުން އާއި މިސްރެވެ.

ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމުގައި އުރުދުންއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. މިދިޔަ ޖޫން މަހު އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް މަސައްކަތް ފެއްޓެވުމާއެކު އައްމާނަށް ވަޑައިގެން ރަސްގެފާނު އަބްދުﷲ އާ ބައްދަލުކުރެއްވި އެވެ.

އޭގެ ފަހުން ޖުލައި މަހު ދެ ގައުމުން ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން އިޒްރޭލުން އުރުދުން އަށް 50 މިލިއަން ކިއުބިކް މީޓަރުގެ ފެން ކޮންމެ އަހަރަކު ވެސް ވިއްކާނެ ކަމަށް ބުންޏެވެ.

އުރުދުން އިން ހުޅަނގު އައްސޭރިއަށް އެކްސްޕޯޓް ކުރާ މުދަލުގެ އަދަދު އިތުރު ކުރުމަށް އެ އެއްބަސްވުމުގެ ދަށުން ފުރުސަތު ލިބެ އެވެ. ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ބިމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox