ސްޕިނަޒޯލާ އަށް އަހަރު ނިމުމުގެ ކުރިން އެނބުރި ދަނޑަށް އާދެވޭނެ

Sep 5, 2021, 2:25 AM
ޔޫރޯ ފައިނަލް މެޗަށް ފަހު ސްޕިނަޒޯލާ (ވ) ދަނޑު މަތީގައި

ޔޫރޯ ފައިނަލް މެޗަށް ފަހު ސްޕިނަޒޯލާ (ވ) ދަނޑު މަތީގައި

ރޯމް (ސެޕްޓެމްބަރު 5) - މި ފަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ފަޔަށް ސީރިއަސް އަނިޔާއެއް ލިބުނު އިޓަލީގެ ފުލްބެކް ލިއޮނާޑޯ ސްޕިނަޒޯލާ، މި އަހަރު ނިމުމުގެ ކުރިން ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ސްޕިނަޒޯލާ އަކީ ޔޫރޯގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދެއްކި އެއް ފުލްބެކް އެވެ. ޔޫރޯގައި އިޓަލީން ފުރަތަމަ ކުޅުނު ފަސް މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ސްޕިނަޒޯލާ ކުޅުނެވެ. ގްރޫޕް ސްޓޭޖުގައި އިޓަލީން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗާއި ނޮކައުޓް ބުރުގައި އޮސްޓްރިއާ ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕިނަޒޯލާ އެވެ.

ކުރިން ޔުވެންޓަސް އަށް ކުޅުނު އަދި މިހާރު ރޯމާގައި ހުރި ސްޕިނަޒޯލާ މި ދުވަސްވަރު ކުރިއަށް ގެންދަނީ ރިހެބިލިޓޭޝަންގެ ކަންކަމެވެ. އަންނަ މަސް ތެރޭގައި އިންޑިވިޖުއަލް ޓްރެއިނިންތަކަށް ނުކުތުމަށް ފަހު މަހެއްހާ ދުވަސް ތެރޭ ޓީމު ޓްރެއިނިންގައި ބައިވެރިވެވޭނެ ކަމަށް ސްޕިނަޒޯލާ ވަނީ ބުނެފަ އެވެ.

"މޮރީނިއޯ (ރޯމާ ކޯޗު) އާއި މަންޗިނީ (އިޓަލީ ކޯޗު) އަށް އެނގޭނެ ނޮވެމްބަރުގައި އަހަރެން ޓީމު ޓްރެއިނިން އަށް ނުކުމެ ޑިސެމްބަރުގައި މެޗުތައް ކުޅެވޭނެ ވަރަށް ފިޓްވާނެކަން،" ސްޕިނަޒޯލާ ބުންޏެވެ.

ޔޫރޯގައި ބެލްޖިއަމާ ދެކޮޅަށް އިޓަލީން ކުޅުނު މެޗުގެ ތެރެއިން ސްޕިނަޒޯލާ (ކ) ބޯޅަ ފޮނުވާލަނީ

އަނިިޔާގައި ހުރިއިރު ވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސްޕިނަޒޯލާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އިޓަލީން ވަނީ ޔޫރޯގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ކޮންމެ އިވެންޓެއްގައި ވެސް ސްޕިނަޒޯލާގެ ހަނދާން އާ ކޮށްފަ އެވެ. އަދި ޕްރީ ސީޒަނުގެ ތެރޭގައި ރޯމާ އިން ވަނީ ސްޕިނަޒޯލާ އަށް ހާއްސަ އިވެންޓެއް ބާއްވައިފަ އެވެ.

ސްޕިނަޒޯލާ ބުނީ ފުޓްބޯޅައިގެ ޓީމްވޯކްގެ މިސާލެއް އިޓަލީ ޓީމާއި ރޯމާ އިން ދައްކަމުން އަންނަ ކަމަށެވެ.

ޔުވެންޓަސް އެކެޑަމީން ތަމްރީންވި ސްޕިނަޒޯލާ ވަނީ އެ ޓީމަށް ކުޅުނުއިރު، ލޯން އެއްބަސްވުމެއްގެ ދަށުން އެކި އަހަރު މަތިން އިޓަލީގެ ހަ ޓީމަކަށް ކުޅެފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ ރޯމާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ރޯމާ އިން އޭނާގެ ސޮއި ހޯދީ 30 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox