އެމްބާޕޭ ރެއާލަށް ކުޅޭނެ: ބެންޒެމާ

Sep 3, 2021, 2:36 AM
ފްރާންސްގެ ޕްރެކްޓިހެއްގެ ތެރޭގައި ބެންޒެމާ (ކ) އާއި އެމްބާޕޭ (ވ).

ފްރާންސްގެ ޕްރެކްޓިހެއްގެ ތެރޭގައި ބެންޒެމާ (ކ) އާއި އެމްބާޕޭ (ވ).

މެޑްރިޑް (ސެޕްޓެމްބަރު 3) - ޕީއެސްޖީގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ކުރިއަށް އޮތްތަނުގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް ކުޅޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން އަދި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ވާދަކުރި ފްރާންސް ސްކޮޑުން ބެންޒެމާ ފުރުސަތު ހޯދީ ހަ ވަރަަކަށް އަަހަރު ފަހުންނެވެ. ޔޫރޯގައި ބެންޒެމާ އާއި އެމްބާޕޭގެ ކޮމްބިނޭޝަން ފެނިގެންގޮސްފައިވެ އެވެ. ބެންޒެމާ ވަނީ ދާދި ފަހުން ރެއާލްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ 10 ވަރަކަށް މަސް އޮތްއިރު، އެ ކްލަބުން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ރެއާލުން އެމްބާޕޭ ގަންނަން ހުށަހެޅި ތިން ބިޑް ވެސް އަނބުރާ ފޮނުވާލައިފަ އެވެ.

ރެއާލުން އެންމެ ފުރަތަމަ ކުރީ 188 މިިލިއަން ޑޮލަރު (160 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. އަދި ދެ ވަނަ އަށް ކުރީ 226 މިލިއަން ޑޮލަރުގެ (180 މިލިއަން ޔޫރޯގެ) ބިޑެކެެވެ. ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރަން މޮނާކޯ އަށް ދެއްކި ދެއްކީ ރެއާލުން ދެ ވަނަ އަށް ހުށަހެޅި ބިޑާ ދާދި އެއްވަރެއްގެ ފީ އެކެވެ. ޓްރާންސްފާގެ ފަހު ވަގުތު ރެއާލުން ހުށަހެޅީ ބޯނަހާ އެކު 267 މިލިއަން ޑޮލަރު (226 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. މިއީ ދުނިޔޭގެ ރެކޯޑް އަގެއް ނަމަވެސް ޕީއެސްޖީން އެ ހުށަހެޅުމަށް އިޖާބަ ނުދިނެވެ.

Advertisement

އެމްބާޕޭއާ އެކު މި ވަގުތު ފްރާންސް ސްކޮޑުގައި ހުރި ބެންޒެމާ ބުނީ ރެއާލްގެ ޖޯޒީގައި އަދި އެމްބާޕޭ ފެންނާނެ ކަމަށެވެ.

"ދަނޑުމަތީގައި އަހަރެމެންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅު. އަހަރެން ބޭނުން އޭނަ އަހަންނާ އެކު ރެއާލަށް ކުޅެން. އެއީ ދުނިޔޭގެ އެންމެ މޮޅު ކްލަބް. އަހަރެމެން ޖެހޭ އޭނަ މިހާރު ހުރި ކްލަބް (ޕީއެސްޖީ) އަށް ވެސް އިހުތިރާމްކުރަން،" ބެންޒެމާ ބުންޏެވެ.

އެކަމަކު، ޔަގީންކަމާ އެކު އަހަންނަށް ބުނަން ކެރޭ އެމްބާޕޭ ރެއާލަށް ކުޅޭނެ -- އެމްބާޕޭ

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެމްބާޕޭ މިހާރު ވަނީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ބަދަލުވާން ނިންމައިފަ އެވެ. އެމްބާޕޭ ބޭނުންނަމަ ޖުލައި މަހު ރެއާލާ ގުޅޭ ގޮތަށް ޖެނުއަރީ މަހުގައި ޕްރީ ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެ އެވެ.

އެކަމަކު، ޕީއެސްޖީން ކުރިއަށް އޮތް ސީޒަނުގެ ތެރޭގައި އެމްބާޕޭ ލައްވައި އާ އެއްބަސްވުމެއް ހަދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ބުނެފަ އެވެ. ޕީއެސްޖީން މި ފަހަރު އެމްބާޕޭ ނުވިއްކި އެންމެ ބޮޑު ސަބަބަކީ އެ ކްލަބްގެ ރައީސް ނާސިރް އެލް ހެއްލާފީ އެ ގޮތަށް ނިންމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox