ސިޓްސިޕާސް "ޓޮއިލެޓް ބްރޭކް" ނަގާ މައްސަލަ ހޫނުވެއްޖެ

Sep 3, 2021, 2:39 AM
ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް.

ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް.

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 3) - މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ މެޗުތަކުގައި ގްރީސްގެ ތަރި ސްޓެފާނޯސް ސިޓްސިޕާސް ދިގު "ޓޮއިލެޓް ބްރޭކް" ތަކެއް ނަގާ މައްސަލަ ހޫނުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ސިޓްސިޕާސް ވަނީ މީގެ ކުރިން ވެސް ބައެއް މުބާރާތްތަކުގެ މެޗުތަކުގެ މެދުތެރެއިން ޓޮއިލެޓް ބްރޭކެއް ނަގައި ފާހާނަ އަށް ގޮސްފަ އެވެ. ހާއްސަ ސަބަބަކާ ހުރެ ބޭނުންނަމަ މެޗުގެ މެދުން ފާހާނާ އަށް ދިއުމުގެ އިހުތިޔާރު ކުޅުންތެރިންނަށް އޮވެ އެވެ. އެއީ އަމްޕަޔަރުގެ ހުއްދަ ހޯދައިގެންނެވެ.

ޔޫއެސް އޯޕަންގެ ފުރަތަމަ ބުރުގައި ސްކޮޓްލެންޑްގެ އެންޑީ މަރީ އަތުން ސިޓްސިޕާސް މޮޅުވި މެޗުގައި ވަނީ އަށް މިނިޓްގެ ޓޮއިލެޓް ބްރޭކެއް ނަގައިފަ އެވެ. އެ މައްސަލައިގައި މަރީ ވަނީ މެޗަށް ފަހު ސިޓްސިޕާސް ފާހާނަ އަށް ދަނީ މެޗުގެ އޮއެވަރު ބަދަލުކުރަން މަކަރު ހެދުމަށް ކަމަށް ބުނެފަ އެވެ. އަދި ސިޓްސިޕާސް އުކުޅެއް ކަަމަށް ދެކިގެން އެ ކުރާ ކަމަކީ މަކަރު ހެދުން ކަމަށް މަރީ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

މަރީގެ އެ ވާހަކަތަކަށް ޓެނިހުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ތާއީދުކޮށްފަ އެވެ. އެ ގޮތުން ޖަރުމަނުގެ މަޝްހޫރު ޓެނިސް ތަރި އަލެކްސަންޑަ ޒްވެރެވް ސިފަކުރި ގޮތުގައި މެޗެއްގެ މެދުން އެ ގޮތަށް ސިޓްސިޕާސް އެ ނަގާ ޓޮއިލެޓް ބްރޭކަކީ ހަނދަށް ގޮސްފައި އެނބުރި އައުން ކަހަލަ ކަމެއް ކަމަށެވެ. ޒްވެރެވް ބުނީ ސިޓްސިޕާސްގެ އެ އަމަލުގެ ސަބަބުން އޭނާއާ ދެކޮޅަށް ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޔޫއެސް އޯޕަންގެ މެޗެއްގެ ތެރެއިން ސިޓްސިޕާސް.

ޒްވެރެވް އާއި މަރީގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޔޫއެސް އޯޕަންގެ ދެ ވަނަ ބުރުގައި ފްރާންސްގެ އެޑްރިއަން މަނަރީނޯ އަތުން ސިޓްސިޕާސް މޮޅުވި މެޗުގެ ހަތަރު ވަަނަ ސެޓާއި ފަސް ވަނަ ސެޓުގެ މެދުން ވަނީ ހަމަ އަށް މިނިޓްގެ ޓޮއިލެޓް ބްރޭކެއް ނަގައިފަ އެވެ. އަލުން މެޗު ކުޅެން އައިސް ސިޓްސިޕާސް ކުޅެން ފެށުމުން ސަޕޯޓަރުން ވަނީ އޭނާއާ މެދު ހިތްހަމަނުޖެހިގެން އަޑުގަދަކޮށްފަ އެވެ. އެކަމަކު، ސިޓްސިޕާސް ވަނީ މެޗުން މޮޅުވެފަ އެވެ.

ޓޮއިލެޓް ބްރޭކް ނަގާތީ އަމާޒުވާ ފާޑުކިޔުންތަކާ ބެހޭގޮތުން ސިޓްސިޕާސް ބުނީ އޭނާ އަމަލުކުރަމުން އަންނަނީ ޓެނިހުގެ ގަވާއިދު އޮތްގޮތާ ހިލާފަށް ނޫން ކަމަށެވެ. އޭޓީޕީ ގަވާއިދުގައިވާ ގޮތުން ފާހާނަ އަށް ދާން ޖެހޭ ހާލަތްތަކުގައި ކުޅުންތެރިން ވަކި ވަގުތަކަށް އެކަމެއް ނިންމަންޖެހޭ ކަމަށް ބުނެފައިނުވާކަން ސިޓްސިޕާސް ވަނީ ފާހަގަކޮށްފަ އެވެ.

ސިޓްސިޕާސް ބުނީ އޭނާ ޓޮއިލެޓް ބްރޭކް ނަގާ އެންމެ ބޮޑު ސަބަބަކީ ދާހިތްލުމުގެ ސަބަބުން ކުޅެން އުނދަގޫވާތީ ރިފްރެޝްވެލުމުގެ ގޮތުން ކަމަށެވެ.

"އެ ގޮތަށް ނަގާ ބްރޭކަށް ފަހު އަހަރެންގެ ކުޅުން ރަނގަޅުވޭ،" ތިން ވަަނަ ބުރުގައި ސްޕެއިންގެ ޒުވާން ތަރި ކާލޯސް އަލްކަރާޒާ ވާދަކުރަން ތައްޔާރުވަމުން އަންނަ ސިޓްސިޕާސް ބުންޏެވެ.

ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި މި ވަގުތު އޮތް ސިޓްސިޕާސް ވިދާލީ 2019 ވަނަ އަހަރުގެ އޭޓީޕީ ފައިނަލްސް އިންނެވެ. އޭޓީޕީ ފައިނަލުގައި ޑޮމިނިކް ތިއެމް ބަލިކޮށް ވިއްސަކަށް އަހަރު ތެރޭ އޭޓީޕީ ފައިނަލްސް ތަށި އުފުލާލި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު އޮތީ ސިޓްސިޕާސް އަތުގަ އެވެ. އެ ތަށި އުފުލާލިއިރު، ސިޓިސިޕާސްގެ އުމުރަކީ 21 އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox