ސިޓްސިޕާސް "ޓޮއިލެޓް ބްރޭކް" ނަގާ މައްސަލަ ހޫނުވެއްޖެ
މީގެ ކުރިން ވެސް ގްރީސްގެ ޓެނިސް ކުޅުންތެރިޔާ ސިޓްސިޕާސް ވަނީ މެޗުގެ މެދުތެރެއިން ފާހާނަ އަށް ދިއުމަށް ދިގު ބްރޭކްތަކެއް ނަގާފައި. މި ފަަހަރުގެ ޔޫއެސް އޯޕަންގައި ވެސް އެކަން ވަރަށް ބޮޑަށް ތަކުރާރުވާތީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ނުރުހުން ވަނީ ސިޓްސިޕާސް އަށް އަމާޒުވެފައި.