އެއް ފަހަރުން އުފެއްދޭނީ ފަސާދަ އާއި ފިތުނަ

ކަސްރަތަށް މީހަކު ސިޑިން އަރަނީ. --ފޮޓޯ: ކިޑްއޭޑީއެލް ޑޮޓް ކޮމް

ކަސްރަތަށް މީހަކު ސިޑިން އަރަނީ. --ފޮޓޯ: ކިޑްއޭޑީއެލް ޑޮޓް ކޮމް

މިޒަމާނުގެ ފުރިހަމަ ރީތިކަން ލިބިގެންވާ ރަނގަޅު އިމާރާތެއް ބިނާކޮށް، އެ އިމާރާތް އެއްކޮށް ފުރިހަމަކުރުމަށް ވަރަށް ވަގުތު ނަގަ އެވެ. އެކަމަކު ފުރިހަމަވެފައިވާ އިމާރާތެއް ބިމާހަމަކޮށްލުމަށް މާގިނަ ވަގުތެއް މުއްދަތެއް ބޭނުމެއް ނުވެ އެވެ. އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ބިމާ ހަމަވީ ހަމަ ހިނދުކޮޅުތަކެއްގެ ތެރޭގަ އެވެ. ފަސާދައިގެ ތަބީއަތަކީ އެއީ އެވެ. ގިނަ ހާލަތުތަކުގައި އެއްފަހަރުން ކުރެވޭނެ ކަމަކީ ފަސާދަ އެވެ. އިސްލާހުކުރުމަކީ ވަގުތު ނަގާ ކަމެކެވެ. އަބަދުމެ ކުރަން ޖެހިފައިވެސް އޮންނާނޭ ކަމެކެވެ. ދެމިއޮންނަންޖެހޭ ކަމެކެވެ. ހިކުމަތާއި ރީތި އުސޫލުތަކާއި މަރުހަލާތައް ވެސް އޮންނަންޖެހޭ ކަމެކެވެ.

ހަލީފާ އުމަރު ބުނުއަބްދުލްއަޒީޒްގެ އަރިހުގައި އެކަލޭގެފާނުގެ ދަރިކަލުން ދެންނެވި އެވެ. އޭ ބައްޕާ އެވެ. ބައެއް ކަންކަން އެހާ ލުއިކޮށް ނަންގަވަނީ ކީއްވެ ހެއްޔެވެ؟ ﷲ ގަންދީ ހުވާކޮށް ދަންނަވަމެވެ. ކަލޭގެފާނު ތިޔަ ހުންނެވި މަގާމުގައި އަހަރެން ހުރިނަމަ، ހައްގު ފާޅުކުރުމުގައި ހަމަ އެކަކު ދެކެވެސް ބިރެއް ނުގަންނާނަމެވެ. އެހިނދު ހަލީފާ ވިދާޅުވި އެވެ. ދަރިފުޅާ އެވެ. އަވަސްވެ ނުގަންނާށެވެ. ﷲ ތައާލާ ގުރުއާނުގައި ބަނގުރާ ބުއިމުގެ ނުބައިކަމުގެ ވާހަކަ ދެފަހަރަށް ވަހީކުރެއްވި އެވެ. ހަރާންކަމުގައި ބަޔާންކުރެއްވީ ތިންވަނަ ފަހަރު އެވެ. އެއްފަހަރުން ހުރިހާ އެންމެން ހައްގުގެ މަގަށް ގެންނަން ހިފައިގަތުމަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެ އެވެ. އެކަން ފިތުނައަކަށް ވެގެން ހިނގައިދާނެތީ އެވެ.

މިއީ އިސްލާހީ މަސައްކަތުގައި، ހާއްސަކޮށް ދީނީ ދައުވަތު ދިނުމުގައި އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކޮންފަދަ މުހިންމު ފިލާވަޅެއްތޯ އެވެ. އާންމުން އިލްމުގެ މައްޗަށް ތަރުބިއްޔަތުކުރުމުގައި އިލްމުވެރިން ގެންގުޅެންޖެހޭ ވައްޓަފާޅިއާ ބެހޭ ގޮތުން ވަރަށް ފުރިހަމަ މިސާލެއް އިބްނު ހުބައިރާ ޖައްސަވާފައިވެ އެވެ. އެކަލޭގެފާނު ވިދާޅުވެ އެވެ. ކޮންމެ ކޮންމެ ކާނާއެއް ތުއްތު ކުއްޖާއަށް ނުކެވެ އެވެ. އަދި ދީފިނަމަ ހަޖަމްކުރުމަކީ ކުރެވޭނެ ކަމަކަށްނުވާތީ، ތުއްތުކުދީންނަށް ފުރަތަމަ ދެވެނީ ގާތުންނެވެ. ދިގު މުއްދަތަކަށް ގާތުން ދެވުމަށްފަހު ކާއެއްޗެހި ދޭން ފެށެނީވެސް ކުދިކުދި މަޑު އެތިއެތިކޮޅުންނެވެ. އިލްމުވެރިޔާ މީސްތަކުންނަށް އުގަންނައިދިނުމުގައި ގެންގުޅެންޖެހޭ މަގަކީ މިއީ އެވެ. މީސްތަކުން ސިކުނޑިން އިންކާރުކޮށްފާނޭ ކަންކަން އެމީހުންގެ ސިކުނޑީގެ ވަރުގަދަކަން ޔަގީން ނުކޮށް އެމީހުންގެ ކުރިމައްޗަށް ހުށަނޭޅުމެވެ. އާދޭހެވެ. ހަރު އިލްމު އަދި ބޮޑެތި އިލްމު ހަޖަމްކުރެވޭނީ ސިކުނޑި އެހިސާބަށް ދިޔައީމަ އެވެ.

ސައުދީ އަރަބިއްޔާގެ މަޝްހޫރު އިލްމުވެރިޔާ އިބްނު ބާޒް ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. ބައެއް މީހުން އަލަށް އިސްލާމްވާ މީހުންނަށް ކަންކަން ބަޔާންކޮށްދިނުމުގައި އަވަސްއަރައިގަނެ އެވެ. ވަރަށް އަރިމަތީ ކަންކަން ބަޔާންކުރެ އެވެ. މިސާލަކަށް އަންހެނުން މޫނުބުރުގާ އެޅުމާއި ފިރިހެނުން ތުނބުޅި އެއްކޮށް ދިގުކުރުމާއި ހިތާނުކުރުން ފަދަ ކަންކަމުގެ ވާހަކަ ވަރަށް އަވަހަށް ފަށައިގަނެ އެވެ. މިކަމާބެހޭ ގޮތުން ވިދާޅުވާނެ ބަސްފުޅަކީ ކޮބައިތޯ އެވެ؟

އިބްނު ބާޒް ޖަވާބުދެއްވި އެވެ. ތިޔައީ އަރިމަތީ ކަންކަމެވެ. އޭނާއަށް އެކަންކަން ބަޔާންކޮށްދިނުމުގައި މައްސަލައެއް ނެތެވެ. އަދި އެކަން އަދި އިހަށް ފަސްކޮށްލުމަކުންވެސް މައްސަލައެއް ނެތެވެ. މުހިންމު ކަމަކީ އޭނާ އިސްލާމްދީނަށް ރަނގަޅަށް ވަންނަންދެން ދީނުގެ މައިގަނޑު އުސޫލުތައް ދަސްކޮށްދިނުމެވެ. އެޔާ ހިލާފަށް ތުނބުޅި ކޮށުމާއި ދިގުކުރުމާއި ހިޖާބު ފަދަ އަރިމަތީ ކަންކަން އަދި ހިތާނުކުރުން ފަދަ ކަންކަމުގެ ވާހަކަ ލަސްކޮށްލާ ނަމަ އެވެ. އެމީހަކު ދީނާމެދު ނަފުރަތުވެ ނުދިއުމަށްޓަކަ އެވެ. އޭގެ ބަދަލުގައި އުގަންނައިދިނުމުގައި އޮންނަންވީ ދީނުގެ އަސްލުތަކާއި އެބިނާގެ މައިގަނޑުތަކެވެ. އިސްލާމްދީނަށް ރަނގަޅަށް ވަނުމުން ދެން ބާކީ ހުރި ކަންކަމަށް ލޯބިޖައްސާނީ އެވެ. އަލިފްހާ

ބިންބާޒް ރަޙިމަހުﷲ އެ ވިދާޅުވާ އެއްޗެއް ވަރަށް ސާފެވެ. ހިޔާލު ތަފާތުވުންހުރި މައްސަލަތަކުގެ ވާހަކައަކީ ދައުވަތު ދިނުމުގެ ކުރިޔަށް އެންމެ އިސްކޮށް ނެރެންވީ ކަންކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމަކީ އިލްމުވެރިން އެއްބަޔަކު އަނެއް ބައެއްގެ ތެރޭގައި މެނުވީ ބަހުސްކުރެވޭނެ ކަންކަމެއް ވެސް ނޫނެވެ. އަހަރެމެންގެ ހަތަރުވަނަ ހަލީފާ އަލީގެފާނު ވިދާޅުވެފައިވާ ފަދައިންނެވެ. މީސްތަކުންނާ އެބައިމީހުންނަށް އެނގޭ ގޮތަށް ވާހަކަ ދައްކާށެވެ. އެމީހުން ﷲ އާއި އެކަލާނގެ ރަސޫލާ ދޮގުކުރުމަށް ތިޔަބައިމީހުން ލޯބިކުރަނީ ހެއްޔެވެ؟

މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ އިސްލާހްކުރުމަށް، ނުވަތަ މުޖުތަމައެއް ތަރުބިއްޔަތުކުރުމަށް ވަގުތު ބޭނުންވާ ކަމެވެ. ހިކުމަތްތެރިކަމާއި ކެތްތެރިކަން ބޭނުންވާ ކަމެވެ. އެއްފަހަރުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނަ ކަމެވެ. އެއްފަހަރުން ކަންކަން ކުރަން އުޅުމުން އުފެދެނީ ފިތުނަ ކަމެވެ. މީސްތަކުން ގެންދެވެނީ ދީނާ ދުރަށް ކަމެވެ.

އިބްނު ބާޒް ރަޙިމަހުﷲ އާ ކުރެވުނު ސުވާލުގައި ވާހަކަދެކެވެނީ އަލަށް އިސްލާމްވާ މީހަކާ ބެހޭ ގޮތުންނެވެ. އާދަކާދަތަކާއި ސަގާފަތް ދީނަށް ބީރަށްޓެހިވަމުންދާއިރު، އެމިސާލަކީ ހަމައެކަނި އަލަށް އިސްލާމްވާ މީހާއަށް އޮތް މިސާލެއް ކަމަކަށް ނުފެނެ އެވެ. އިސްލާމީ މުޖުތަމައުތަކަށް އުފަންވެ، އިސްލާމުންގެ ތެރޭގައި އުޅެ، އެހެނަސް އިސްލާމް ދީނާމެދު ސުވާލު އުފެދިފައިވާ ޅަ ސިކުނޑިތައް ތަރުބިއްޔަތު ކުރުމުގައި އޮތީ މި މަގެވެ.

ދަރިފުޅަށް ނަސޭހަތްދިނުމުގައި މައިންބަފައިން މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ. ދީނާ ތަންކޮޅެއް ދުރު މައިންބަފައިންގެ އުމުރު ފަހުކޮޅުގައި އެމީހުން ދީނަށް އުޅޭތޯ ދީންވެރި ދަރިފުޅު ކުރާ މަސައްކަތުގައި އޭނާގެ ސިކުނޑީގައިވެސް މިކަން ބާއްވާލުން ހަމަ ވަރަށް މުހިންމެވެ. މުދައްރިސުން އުގަންނައި ދިނުމުގައި ދަރިވަރުންނާ މެދުގައި ހަމަ މިމަގަށް ފިކުރު ހިންގާފައި ބެހެއްޓުން އަބަދުވެސް މުހިންމުވެފައި ބޭނުންތެރި އެވެ. ދައުލަތުގެ އެކިއެކި މުއައްސަސާތައް އިސްލާހްކުރުމަށް ގޮވާލާ ބޭފުޅުންނާއި އެކަމައިގެން ހިތްވަރުކުރައްވާ ބޭފުޅުންގެ ހިތްތަކުގައި ވެސް މިކަން ބިންވަޅު ނެގިފައި އޮތުން މާބޮޑަށް ވެސް އެދެވިގެންވެ އެވެ.

އުމަރު ބުނުޢަބްދުލްޢަޒީޒް އެކަލޭގެފާނުގެ ދަރިކަލުންނަށް ދަސްކޮށްދެއްވޭތޯ ވެސް އެ ބެއްލެވީ، ވަގުތުން ފިޔަވަޅެއް ނާޅައި ލަސްކޮށްލުމުގައި މިއުޅެނީ ޖެހިލުންވުމާއި ނުވުން، ނުވަތަ ކެރުމާއި ނުކެރުމުގެ މައްސަލައެއް ނޫން ކަމެވެ. ހިކުމަތާއި ކެތްތެރިކަމާއި ރިވެތި ގޮތް އިހުތިޔާރުކުރުން ކާމިޔާބާ ގާތްކަން ބަޔާންކޮށްދިނުމުގެ މޮޅު ފަލްސަފާ އެވެ. އާދޭހެވެ. ބަލިވެގެން ދިޔައީމާ ޑޮކްޓަރު ބޭސް ލިޔެދެނީ ވެސް ވަކި މުއްދަތަކަށް ވަކި އިރުތަކަކުން ކެއުމަށެވެ. ބޭސްކާޑުގައި ހުރި ހުރިހާ ބޭހެއް އެއްފަހަރާ ކާލުމަކަށް ނޫނެވެ. އެއްފަހަރުން ކުރެވެނީ ފަސާދައެވެ. އުފެއްދޭނީ ފިތުނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox