އެލީގެ އާ ލަވަ "ޑާންސް މަންކީ": ހާއްސަ މަސައްކަތެއް!

އެލީގެ "ޑާންސް މަންކީ" ލަވައިގެ މަންޒަރެއް.

އެލީގެ "ޑާންސް މަންކީ" ލަވައިގެ މަންޒަރެއް.

އުމުރުން އަށް އަހަރުގެ ހުނަރުވެރި ލަވަކިޔުންތެރިޔާ ލައިބާ އަހުމަދު މަހްލޫފު (އެލީ) މިވަނީ އަނެއްކާ ވެސް އާ ލަވައެއްގެ ކަވާ އެއް ނެރެފަ އެވެ. މިފަހަރު އޭނާ ކިޔާފައިވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޯންސް އެންޑް އައި ކިޔާފައިވާ "ޑާންސް މަންކީ" ގެ ކަވާ އެކެވެ. މިއީ އެލީ ނެރުނު އޭނާގެ ފުރަތަމަ އިނގިރޭސި ކަވާ އެވެ.

އަބްދުލް ބާސިތު (ބާޗީ) ގެ މިއުޒިކަކަށް އެލީގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ކަވާ 31 އޮގަސްޓްގައި ޔޫޓިއުބްގައި ރިލީޒްކޮށްފައިވާއިރު 26 ހާހަށްވުރެ ގިނަ ވިއުސް ވަނީ މިިހާތަނަށް ލިބިފަ އެވެ. މި ލަވައާ ބެހޭގޮތުން އެލީގެ ބައްޕަ އަދި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވީ މިއީ އެލީ ތައްޔާރުވަމުންދާ ބޭރުގެ މުބާރާތެއްގެ އޮޑިޝަނަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމުގަ އެވެ.

"މިއީ ހަމަ އަނެއްކާވެސް އެލީ އަށް އެންމެ ކަމުދާ އިނގިރޭސި ލަވަތަކުގެ ތެރޭގައި ހުރި ފޭވަރިޓް އެއް ލަވަ. ދެން ކިޔަމުންގޮސް ހިތަށް އެރީ ވެއްޖެއޭ މިހާރު އިނގިރޭސި ކަވާއެއް ހަދަން އެއީ އަދި ހެދިފައި ނެތީމަ. އަދި މިއީ އަޅުގަނޑުމެން ބޭރުގެ މުބާރާތަކަށް ދާންވެގެން އޮޑިޝަން އެއްގަ ބައިވެރިވެގެން އުޅޭތީ ކޮށްލި މަސައްކަތެއް،" މި ލަވަ އިހުތިޔާރު ކުރެވުނު ގޮތާއި ބެހޭގޮތުން މަހްލޫފު ވިދާޅުވި އެވެ.

އެލީ ބައިވެރިވުމަށް މަސައްކަތް ކުރަމުންދަނީ ކޮން މުބާރާތެއްގައި ކަން އަދި ހާމަ ކޮށްފައި ނުވިއަސް، ބައިވެރިވުމަށްޓަކައި އޮންލައިންކޮށް އޭނާ ތައްޔާރުވަމުންދާތާ ހަތަރު މަސްވަރު ވެދާނެކަމަށް މަހްލޫފު ވިދާޅުވި އެވެ. މިގޮތުން އޭނާ އަންނަނީ ބޭރު ކޯޗުންނާއި އެކީ ޓްރެއިނިންތައް ވެސް ފުރިހަމަ ކުރަމުންނެވެ.

ވަން ޝޮޓް އެންޓަޓެއިންމަންޓްގެ ހުނަރުވެރި ނެށުންތެރިންގެ ފައި ހަމަ ކުރުންތަކާއި އަދި ސްކޭޓް ކުރާ ކުދިންގެ ހަރަކާތްތަކާއި އެކު ލައިޓްސްއައުޓްގެ މި ވީޑިއޯގްރަފީއަށް ވަނީ އިތުރު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ. ލަވައިގެ ކޮރިއޯގްރަފީ ހަދައިދިނީ މަޝްހޫރު ނެށުންތެރިޔާ އަދި ފޮޓޯގްރާފަރު ކަމުގައިވާ ޝަރަފުލް އަމީރު (ކުޑަ ރިޗާޑް) އެވެ.

ސްކޭޓް ޕާކުގެ ހިތްގައިމު މަންޒަރުތަކާއި އަދި މޫދު ކުޅިވަރުތަކުގެ ފޯރި އާއި މަޖާ ލަވައިން ފެނިގެންދާއިރު އެންމެ ހާއްސަ އެއް ކަމަކީ ޑައުންސިންޑްރޯމް ހުންނަ އެލީގެ ބޮޑުބޭބެވެސް އޭނާއާ އެކު ފެނިގެންދާ ކަމެވެ.

މީގެ ކުރިންވެސް އެލީގެ ދެ ލަވައަކާއި މަދަހައެއް ރިލީޒްކުރެވިފައިވާއިރު ބޮޑު ތަރުހީބެއް މި މަސައްކަތްތަކަށް ވަނީ ލިބިފަ އެވެ.

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox