ޕްރިމިއާ ލީގުގެ ނިންމުމާ ހެދި ބްރެޒިލް ރުޅިގަދަވެއްޖެ

Sep 2, 2021, 3:45 AM
ބްރެޒިލްގެ ދެ ކީޕަރުން ކަމަށްވާ އެލިސަން (ކ) އާއި އެޑަސަން.

ބްރެޒިލްގެ ދެ ކީޕަރުން ކަމަށްވާ އެލިސަން (ކ) އާއި އެޑަސަން.

ސައޮ ޕައޮލޯ، ބްރެޒިލް (ސެޕްޓެމްބަރު 2) - އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ރިލީސްނުކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ނިންމި ނިންމުން ތަންފީޒުކުރުމާ އެކު ބްރެޒިލް ގައުމީ ޓީމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

ރެޑް ލިސްޓުގައި އޮތް ގައުމުތަކުގެ ތެރޭގައި ބްރެޒިލާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކެއް ހިމެނެ އެވެ. ރެޑް ލިސްޓުގައި އޮތް ގައުމަކަށް ގޮސްފައި އެނބުރި އިންގްލެންްޑަށް އައިސް 10 ދުވަހުގެ ކަރަންޓީނު ވާން ޖެހޭނެ އެވެ. މީގެ ފުޓްބޯޅަ ކުޅުންތެރިން ވެސް އިސްތިސްނާ ނުވާތީ އެއްވެސް ޕްރިމިއާ ލީގުގެ ކްލަބަކުން ރެޑް ލިސްޓުގެ ގައުމަކަށް ކުޅުންތެރިން ފޮނުވަން ބޭނުމެއް ނުވި އެވެ. މަދު ޓީމުތަކެއް ނޫނީ އެހެން ހުރިހާ ކްލަބަކުން އަންނަނީ އެ ނިންމުން ތަންފީޒުކުރަމުންނެވެ.

ކުރިއަށް އޮތް އަށް ވަރަކަށް ދުވަހުގެ ތެރޭގައި ބްރެޒިލް ކޮލިފައިންގެ ތިން މެޗެއް ކުޅޭއިރު، ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ ނުވަ ކުޅުންތެރިއަކަށް ބްރެޒިލް ޓީމާ ގުޅެވޭނެ ގޮޮތެއް އަދި ނެތެވެ. އެއީ ކުޅުންތެރިން ރިލީސްކުރަން ކްލަބްތަކުން ދެކޮޅު ހަދާތީ އެވެ.

އެ ކުޅުންތެރިންނަކީ ލިވަޕޫލްގެ އެލިސަން ބެކާ، ރޮބާޓޯ ފިރްމީނޯ، ފަބީނިއޯ، މެންޗެސްޓާ ސިޓީގެ ގަބްރިއެލް ޖީސޫސް އާއި އެޑަސަން މޮރާއެސް، ޗެލްސީގެ ތިއާގޯ ސިލްވާ، މެންޗެސްޓާ ޔުނައިޓެޑްގެ ފްރެޑް، އެވަޓަންގެ ރިޗާލިސަން އަދި ލީޑްސް ޔުނައިޓެޑްގެ ރަފީނިއާ އެވެ.

ކުޅުންތެރިންނާއި ކްލަބަށް ފީފާގެ އަދަބެއް؟

މިދިޔަ އަހަރު ފީފާ އިން ކަނޑައެޅި ވަގުތީ އުސޫލެއްގައިވަނީ ކޮވިޑްގެ ކަންކަން އޮތްގޮތުން އޭރުގެ ހާލަތަށް ބަަލައި ކްލަބްތަކުން ބޭނުންނުވާ ނަމަ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ނުކުރުމުގެ އިހުތިޔާރު ދީފަ އެވެ. އެހެން ނަމަވެސް މިހާރު އެ އުސޫލަށް އަމަލުކުރުން ހުއްޓާލާން ނިންމާފައިވާއިރު، ކުރިއަށް އޮތް ގައުމީ ޓީމުތަކުގެ މެޗުތައް ކުޅެން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ފީފާ އުސޫލުގެ ދަށުން ކްލަބްތަކަށް މަޖުބޫރުވާނެ އެވެ. އެކަމަކު، ކަރަންޓީނު އުސޫލު އޮތްގޮތުން ރެޑް ލިސްޓް ގައުމުތަކަށް ކުޅުންތެރިން ދޫނުކުރަން ގިނަ ކްލަބްތަކުން ވަނީ ނިންމައިފަ އެވެ.

ކުޅުންތެރިން ރިލީސްކުރަން ކްލަބްތަކުން ދެކޮޅު ހަދަމުންދާ މައްސަލައިގައި ހުރިހާ ފަރާތަކަށް އިންސާފުވެރި ހައްލެއް ހޯދަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ދާދި ފަހުން އިލްތިމާސް ކުރައްވައިފަ އެވެ. އިންފަންޓީނޯ އެދިވަޑައިގެންނެވީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރުމަށެވެ. އަދި ދާދި ފަހުން ފީފާ އިން ވަނީ އެ ގޮތަށް އަމަލުނުކުރާ ކްލަބްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ދޫނުކުރާ ކްލަބްތަކުގެ ކުޅުންތެރިން ވަކި މުއްދަތަކަށް ކްލަބަށް ނުކުޅެވޭ ގޮތަށް ސަސްޕެންޑްކުރަން އެދިފަ އެވެ. އެ ގޮތުން ބްރެޒިލްގެ ހުށަހެޅުމަކީ 5-10 ދުވަހުގެ މުއްދަތަކަށް ކުޅުންތެރިން ސަސްޕެންޑްކުރާށެެވެ. އެކަމަކު، ފީފާއިން މިކަމުގައި އަޅާނެ ފިޔަވަޅެއް ރަސްމީކޮށް ނުނިންމަ އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގައި މި ވަގުތު ފުރިހަމަ ރެކޯޑަކާ އެކީ އޮތް ބްރެޒިލް މިރޭ ޗިލީއާ ބައްދަލުކުރާނެ އެވެ. އޭގެ ފަހުން އާދިއްތަ ދުވަހުގެރޭ އާޖެންޓީނާއާ ކުޅުމަށް ފަހު އަންނަ ބުރާސްފަތި ދުވަހު ކުޅޭނީ ޕެރޫއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox