މެސީ ބޭނުންކުރި 10 ނަމްބަރު ޖޯޒީ އަންސޫ ފާޓީ އަށް

Sep 1, 2021, 3:03 PM
ފާޓީ ބާސެލޯނާގެ 10 ނަމްބަރު ޖޯޒީ ދައްކާލަނީ.

ފާޓީ ބާސެލޯނާގެ 10 ނަމްބަރު ޖޯޒީ ދައްކާލަނީ.

ބާސެލޯނާ (ސެޕްޓެމްބަރު 1) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްދިޔަ ކްލަބްގެ ކެޕްޓަން ލިއޮނަލް މެސީ ބޭނުންކުރި 10 ނަމްބަރު ޖޯޒީ ޒުވާން ތަރި އަންސޫ ފާޓީ އަށް ދީފި އެވެ.

އެކާވީސް ވަނަ ގަރުނުގައި ބާސެލޯނާގެ 10 ނަމްބަރު ޖޯޒީ ބޭނުންކޮށްފައިވަނީ ރިވާލްޑޯ، ރޮނާލްޑީނިއޯގެ އިތުރުން މެސީ އެވެ. މެސީ އަށް 10 ނަމްބަރު ޖޯޒީ ލިބުނީ 2008 ވަނަ އަހަރު ރޮނާލްޑީނިއޯ ބާސެލޯނާ ދޫކޮށްލުމުންނެވެ. އޭރު މެސީގެ އުމުރަކީ 21 އަހަރެވެ.

މާލީ މައްސަލަތަކުގެ ސަބަބުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ އަށް ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރެވޭނެ ގޮތެއް ނުފެނި، އެންމެ ފަހުން އޭނާ ވަނީ ޕީއެސްޖީ އަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވެފަ އެވެ.

މެސީ އަށް އޮތް ލޯތްބާއި އިހުތިރާމްގެ ބޮޑުކަމުން ބާސެލޯނާގެ ބައެއް ސަޕޯޓަރުން ވަނީ އެ ކްލަބްގެ 10 ނަމްބަރު ޖޯޒީ ރިޓަޔާކުރަން ގޮވާލައިފަ އެވެ. އެކަމަކު، އެ ކްލަބުން ސީޒަނަށް ޓީމުގެ ޖޯޒީ ނަމްބަރުތައް މިއަދު ފައިނަލް ކުރިއިރު، 10 ނަމްބަރު ޖޯޒީ ދިނީ އުމުރުން 18 އަހަރުގެ ފާޓީ އަށެވެ.

ބާސެލޯނާ އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެންމެ ފުރަތަމަ 22 ނަމްބަރާއި ދެން 17 ނަމްބަރު ބޭނުންކުރި ފާޓީ އަށް 10 ނަމްބަރު ދިނުމަކީ ވަރަށް ފަހުރުވެރި ކަމެއް ކަމަށާއި އޭނާ އަކީ ޒުވާން އުމުރުގައި ވެސް ބާސެލޯނާގެ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ ކުޅުންތެރިއެއް ކަމަށެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓާ (ކ) އާއި ފާޓީ ސަލާމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ކްލަބްގެ ލެޖެންޑުން ކަމަށްވާ ލިއޮނަލް މެސީ، ރޮނާލްޑީނިއޯ އަދި ރިވާލްޑޯ ލީ 10 ނަމްބަރު ޖޯޒީ ދެން ބޭނުންކުރާނީ ފާޓީ،" ބާސެލޯނާ އިން ބުނެފައިވެ އެެވެ.

ފާޓީ އަތުގައި އޮތް ބައެއް ރެކޯޑްތަކަށް ބަލާއިރު، އޭނާ ބާސެލޯނާ އަށް ފުރަތަމަ މެޗެއް ކުޅެދިނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ފުރަތަމަ މެޗު ކުޅުނުތާ ހަފްތާއެއް ފަހުން ލަލީގާގައި އޮސަސޫނާ ކޮޅަށް ގޯލު ޖަހައި އޭނާ ވެފައިވަނީ އެ ލީގުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން ކޮޅަށް ގޯލެއް ޖަހައި އެ މުބާރާތުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދި އެވެ.

ޕޯޗުގީސް ކޮލޮނީއެއްގެ ގޮތުގައި މީގެ ކުރިން އޮތް ގިނީ ބިސާއު އަށް އުފަން ފާޓީ އަށް ސްޕެއިން ރަށްވެހިކަން ދިނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ސްޕެއިންގެ ސީނިއާ ޓީމުން ވެސް ފުރުސަތު ދިންއިރު، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޔޫކްރެއިން ކޮޅަށް ގޯލެއް ޖަހައި ފާޓީ ވަނީ ސްޕެއިނަށް ލަނޑެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ލަނޑު ޖެހުމުގެ މި ހުރިހާ ރެކޯޑެއް ހެދިއިރު، ފާޓީގެ އުމުރަކީ އެންމެ 17 އަހަރެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާޓީގެ ކަކުލުގެ މެނިސްކަސް އަށް ލިބުނު ސީރިއަސް އަނިޔާއިން ރިކަވާވަމުން އަންނަ ފާޓީ ވަނީ މި ވޭތުވެދިޔަ މުއްދަތުގައި ދެ އޮޕަރޭޝަނެއް ކޮށްފަ އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ލަސްތަކެއް ނުވެ ފާޓީގެ އެންމެ މޮޅު ކުޅުން ޓީމުން ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox