ޖާބިރު ދިރިއުޅުއްވާ މ. އަތަމާޕްލާޒާ ނީލަމުގައި ވިއްކާލަނީ

ޖާބިރު: އޭނާ ދިރިއުޅުއްވަމުން ގެންދަވާ މ. އަތަމާޕްލާޒާ ނީލަމުގައި ވިއްކާލުމަށް ވަނީ އިއުލާންކޮށްފައި - ފޮޓޯ: އަހުމަދު ޝުރާއު

ޖާބިރު: އޭނާ ދިރިއުޅުއްވަމުން ގެންދަވާ މ. އަތަމާޕްލާޒާ ނީލަމުގައި ވިއްކާލުމަށް ވަނީ އިއުލާންކޮށްފައި - ފޮޓޯ: އަހުމަދު ޝުރާއު

ކާށިދޫ ދާއިރާގެ މެންބަރު ބައްލަވައިގަނެ، އެ ގޭގައި ދިރިއުޅުއްވަމުން ގެންދަވާ މ. އަތަމާޕްލާޒާ ނީލަމުގައި ވިއްކާލުމަށް ސިވިލް ކޯޓުން އިއުލާންކޮށްފި އެވެ.

މީގެ 11 އަހަރު ކުރިން މެންބަރު ޖާބިރު ބައްލަވައިގަތް ކަމަށް އޭނާ ވިދާޅުވަމުން ގެންދަވާ މ. އަތަމާޕްލާޒާއަކީ މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ އާފީނިވިލާ، ހުޅުމާލެ އިސްމާއިލް އަބްދުއްލަތީފްގެ ނަން މަތީ ރަޖިސްޓްރީ ކޮށްފައިވާ ގެއެކެވެ.

ޖާބިރު ގެ ބައްލަވައިގެންފައިވާ ކަމަށް ވިދާޅުވި ނަމަވެސް، މިއަދާ ހަމައަށް ވެސް ގޭގެ ރަޖިސްޓްރީގެ އޭނާގެ ނަން މައްޗަށް ބަދަލުކޮށްފައެއް ނުވެ އެވެ.

އެ ގެ ވިއްކާލުމަށް ސިވިލް ކޯޓުން ނީލަށްލާފައިވަނީ އިސްމާއިލް އަބްދުއްލަތީފްގެ މައްޗަށް ސާބިތުވި ދަރަންޏެއް ތަންފީޒު ކުރުމުގެ މައްސަލައެއްގެ ހުކުމްގަ އެވެ.

އެ ދަރަނި ދެއްކެން އަންނަނީ މ. އަތަމާޕްލާޒާ ވިއްކާލައިގެން ކަމަށް އިސްމާއިލާއި ދައުވާކުރާ ފަރާތުން ސިވިލް ކޯޓުގައި އެއްބަސްވެ، އެގޮތުގެ މަތިން ކުރިއަށް ގެންދަން ނިންމުމުން ޖާބިރުގެ ފަރާތުން މައްސަލާގެ ތެރެއަށް ވަނެވެ.

ނަމަވެސް، އެ ގެ އޭނާ ބައްލަވައިގެންފައިވާ ކަމުގެ ހެކި ދެއްކެވޭ ގޮތް ނުވުމުން ސިވިލް ކޯޓުން، މައްސަލައިގެ ތެރެއިން އޭނާ ނެރުނެވެ. އަދި، ސާބިތު ދަރަނި ދެއްކުން ތަންފީޒުކުރުމުގެ ގޮތުން މ. އަތަމާޕްލާޒާ ނީލަމަށްލި އެވެ.

ދިހަ ބުރިއަށް ހަދާފައިވާ އެ ގެ ނީލަމަށްލާފައިވަނީ ފެށޭ އަގެއްގެ ގޮތުން 15،507،800 ރުފިޔާއަށެވެ. އެ ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް ހުޅުވާއިރު، ގެ ބެލުމަށް ފަސްވަނަ ދުވަހުން ފެށިގެން ހުޅުވާލާނެވެ.

ޖާބިރާއި އޭނާގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވާ މ. އަތަމާޕްލާޒާ ބެލުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިސްމާއިލަށް އެއްވެސް ހުރަހެއް ކުރިމަތިވާނަމަ، ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ކަމާއި އެ ހާލަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

މ. އަތަމާޕްލާޒާ ނީލަމަށްލީއިރު، ޖާބިރު ހުންނެވީ އެމެރިކާއަށް ވަޑައިގެންނެވެ. އޭނާ އެމެރިކާއަށް ވަޑައިގެންނެވީ ދަރަނީގެ މައްސަލައެއްގައި ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އެކަން ހައްލުކޮށް ޕާސްޕޯޓް ދޫކޮށްލުމާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox