ރެކޯޑް އަގެއް ހުށަހެޅުމުން ވެސް ޕީއެސްޖީން އެމްބާޕޭ ނުވިއްކި

Sep 1, 2021, 4:10 AM
ރެކޯޑް އަގެއް ހުށަހެޅުމުން ވެސް ޕީއެސްޖީން އެމްބާޕޭ ނުވިއްކި

ޕެރިސް (ސެޕްޓެމްބަރު 1) - ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ރެއާލް މެޑްރިޑުން ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ގަންނަން ހުށަހެޅި ރެކޯޑް ބިޑަށް ވެސް އެ ކްލަބުން ފުރަގަސްދީފި އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ގަންނަން މިދިޔަ ހަފްތާއެއްހާ ދުވަހު ރެއާލުން ވަނީ ތިން ބިޑެއް ކޮށްފަ އެވެ. އެ ތިން ހުށަހެޅުމަށް ވެސް ޕީއެސްޖީން ޖަވާބެއް ނުދެ އެވެ.

ރެއާލުން އެންމެ ފުރަތަމަ ކުރީ 188 މިިލިއަން ޑޮލަރު (160 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. އަދި ދެ ވަނަ އަށް ކުރީ 226 މިލިއަން ޑޮލަރުގެ (180 މިލިއަން ޔޫރޯގެ) ބިޑެކެެވެ. ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރަން މޮނާކޯ އަށް ދެއްކި ދެއްކީ ރެއާލުން އެންމެ ފަހުން ހުށަހެޅި ބިޑާ ދާދި އެއް އަދަދެކެވެ.

Advertisement

ފްރާންސާއި ސްޕެއިން ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ޕީއެސްޖީ އަށް ރޭ ރެއާލުން ހުށަހެޅީ ބޯނަހާ އެކު 267 މިލިއަން ޑޮލަރު (226 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. އެ ޓްރާންސްފާ ފުރިހަމަކުރި ނަމަ އެމްބާޕޭ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މި ވަގުތަށް ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާ އަކީ 2017 ވަނަ އަހަރު ޕީއެސްޖީން ބާސެލޯނާގެ ނޭމާ ގަތް ޓްރާންސްފާ އެވެ. ނޭމާ އެ ފަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ 262 މިލިއަން ޑޮލަރު (222 މިލިއަން ޔޫރޯ) އަށެވެ.

ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ މަޑުކުރުުވުމަކީ ޕީއެެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީގެ ނިންމުމެކެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުނުއިރު މިދިޔައީ އެމްބާޕޭގެ މުސްތަގުބަލާ ބެހޭގޮތުން މުހިއްމު ނިންމުންތަކެއް ނިންމުން ކޮޅެއްގައި ނުޖެހި އެވެ. މިކަމުގައި ޕީއެސްޖީ އަށް އޮތް ގެއްލުމަކީ އެމްބާޕޭ ދެން ކްލަބް ބަދަލުކުރާއިރު، ޕީއެސްޖީން ބޮޑު އަގެއް ހޯދަން ކުރާ މަސައްކަތުގައި އުނދަގޫވުމެވެ. އެއީ އެމްބާޕޭ ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިނުކޮށް އޮއްވައި ޖެނުއަރީ މަސް ތެރޭ އެމްބާޕޭ ބޭނުން ޓީމަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެތީ އެވެ. އެއީ އަންނަ އަހަރު ޖުލައި މަހު އެ ޓީމަކާ ގުޅޭ ގޮތަށެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެމްބާޕޭ މިހާރު ވަނީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ބަދަލުވާން ނިންމައިފަ އެވެ.

ރެއާލުން ވަނީ ދެ އަހަރެއްހާ ދުވަސް ތެރޭ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަރަދެއް ކޮށްގެން ރޭ ކުޅުންތެރިއަކު ގަނެފަ އެވެ. އެއީ 30 މިލިއަން ޑޮލަރު ދީފައި ރެއާލުން ގަތް ރެެނެސްގެ މިޑްފީލްޑަރު އެޑޮއާޑް ކަމަވިންގާ އެވެ. ރެއާލުން ދެން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައީ ހިލޭ ޓްރާންސްފާއެއްގައި ބަޔާން މިއުނިކުން އޮސްޓްރިއާގެ ފުލްބެކް ޖޯޑީ އަލްބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox