ޖިއާންގެ އާއިލާއަށް 4.5 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދޭން ސިވިލް ކޯޓުން ހުކުމްކޮށްފި

ރައުޝާން (ކ) އޭނާގެ ކޮއްކޮއާއެކު: މަރުވީ މަންމައާއެކު ޕޭވްމަންޓު މަތީގައި ހިނގާފައި ދަނިކޮށް މަތިން ބޮލަށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި. -- ފޮޓޯ:

ރައުޝާން (ކ) އޭނާގެ ކޮއްކޮއާއެކު: މަރުވީ މަންމައާއެކު ޕޭވްމަންޓު މަތީގައި ހިނގާފައި ދަނިކޮށް މަތިން ބޮލަށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި. -- ފޮޓޯ:

މަންމައާއެކު ދުވާރު މަތިން ހިނގާފައި ދަނިކޮށް މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މަރުވި އުމުރުން 8 އަހަރުގެ ރައުޝަން ޖިއާންގެ އާއިލާއަށް 4.5 މިލިއަން ރުފިޔާގެ ބަދަލެއް ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން ނަގައިދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ ޖިއާންގެ މަންމަ ޑރ. ފަރްޒާނާ ހުސެއިން އާއި ބައްޕަ ކަމާލުއްދީން ޖާވިދުއަށް އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް ފަނޑިޔާރު އަލީ ނަސީރު ކުރި ހުކުމުގައި އަމުރުކޮށްފައިވެ އެވެ.

ޖިއާންގެ އާއިލާއަށް ބަދަލު ނަގައިދީފައި ވަނީ ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ޖިއާން މަރުވުމުގެ ސަބަބުން ދަރިފުޅުގެ ލޯތްބާއި ދެމީހުންގެ ތެރޭގައި އޮންނާނެ ގުޅުން ނެތިދިޔުމުން ލިބުނު ގެއްލުމަށް ނަގައިދިން 1،028،000ރ. އާއި އާއިލާއަށް ލިބުނު ތަދާއި ވޭނުގެ ބަދަލުގެ ގޮތުގައި ނަގައިދިން 2،196،361ރ. އާއި ޖިއާންގެ ދުނިޔޭގައި ހުރި ނަމަ މަސައްކަތްކޮށްގެން ލިބޭނެ ކަމަށް ލަފާ ކުރާ 1،290،361ރ. އާއި ފަރްޒާނާގެ ބޭސް ފަރުވާއަށް ހަރަދުވި 42،318ރ. އެވެ.

ޖިއާން: މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންގެ އިހުމާލުން --
ޖިއާން: މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންގެ އިހުމާލުން --

ޖިއާން: މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންގެ އިހުމާލުން --

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އެ ބަދަލު ނަގައިދީފައި މީހަކު ނުވަތަ ބަޔަކު ކުރާ ގާނޫނާ ހިލާފު އަމަލަކުން ލިބޭ ގެއްލުމުގެ ބަދަލު ތިން ވަނަ ޕާޓީއެއްގެ ފަރާތުން ނަގައިދޭ ވައިކޭރިއަސް ލަޔަބިލިޓީގެ އުސޫލުގެ ދަށުންނެވެ. އެ މައްސަލައިގައި އެ ކުންފުނީގެ ތިން މުވައްޒަފަކު އިހުމާލުވާ ކަމަށް ކަނޑައަޅައި ޖިނާއީ ކޯޓުން ކުރިން ހުކުމްކޮށްފައި އޮތުމުން އެކަމުގައި ޑަބްލިއު ކޮންސްޓްރަކްޝަން ވެސް ޒިންމާ އުފުލަންޖެހޭނެ ކަމަށް ގާޒީ އަލީ ނަސީރު ކަނޑައެޅުއްވި އެވެ.

"ދައުވާ ކުރާ ފަރާތްތަކުގެ ދަރިފުޅު ނިޔާވުމާ ގުޅިގެން ދައުވާ ލިބޭ ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލަޔަބިލިޓީގެ ދަށުން، އެ އަމަލުތައް ކުރި ފަރާތްތައް ތަބާވާ އިދާރާގެ ހައިސިއްޔަތުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އުފުލަންޖެހޭ ކަމަށް މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ސާބިތުވެއްޖެ،" ގާޒީ އަލީ ނަސީރު އިއްވި ހުކުމުގައިވެ އެވެ.

ޖިއާންގެ އާއިލާގެ ފަރާތުން ހަގީގަތުގައި ނަގައިދޭން އެދުނީ ޖުމްލަ 17 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކޯޓުން ކަނޑައެޅީ އެ ހުރިހާ ފައިސާތަކެއް ނަގައިދެވެން ނެތް ކަމަށެވެ.

ޖިއާން މަރުވީ ޑިސެމްބަރު 16، 2018 ގައި އެއިރު ހަދަމުންދިޔަ މ. ނަލަހިޔާ މަންޒިލް ކައިރިން ހިނގާފައި ދަނިކޮށް ބަސްތާއެއް ވެއްޓިގެނެވެ. އެ މަސައްކަތް ކުރަމުންދިޔައީ ޕޭވްމަންޓުގެ ބައެއް ނަގައި، ގަވާއިދާ އެއްގޮތަށް ޖަހަންޖެހޭ ބޯޑުތައް ނުލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox