ސައުލް ޗެލްސީ އަށް، ގްރީޒްމަން އަލުން އެތުލެޓިކޯ އަށް

Sep 1, 2021, 3:37 AM
ފްރާންސްގެ ޕްރެކްޓިހުގެ ތެރެއިން ގްރީޒްމަން: އޭނާ ވަނީ އަލުން އެތުލެޓިކޯ އަށް ބަދަލުވެފައި.

ފްރާންސްގެ ޕްރެކްޓިހުގެ ތެރެއިން ގްރީޒްމަން: އޭނާ ވަނީ އަލުން އެތުލެޓިކޯ އަށް ބަދަލުވެފައި.

މެޑްރިޑް (ސެޕްޓެމްބަރު 1) - ޔޫރަޕްގެ ބޮޑެތި ގައުމުތަކަށް ރޭ ޓްރާންސްފާ މާކެޓް ބަންދުވިއިރު، އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު ސައުލް ނިގޭޒް ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ އަށް ބަދަލުވިއިރު، ބާސެލޯނާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަލުން އެތުލެޓިކޯއާ ގުޅިއްޖެ އެވެ.

ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑާ އެންމެ ފުރަތަމަ މަޝްވަރާކުރި ސައުލް ޗެލްސީއާ ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ލޯން އެއްބަސްވުން ނިމޭއިރު، ސައުލްގެ ކޮންޓްރެކްޓް ދާއިމީ ކުރަން ޗެލްސީން 41 މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ. މި ޑީލުގެ ތެރެއިން ލޯން ފީ އެއްގެ ގޮތުގައި މި ސީޒަނުގައި ޗެލްސީން މި ސީޒަނުގައި އެތުލެޓިކޯ އަށް ފަސް މިލިއަން ޑޮލަރު ދޭނެ އެވެ.

ޗެލްސީން ސައުލްގެ ޑީލް އަވަހަށް ނިންމީ އެ ޓީމުން ސެވިއްޔާގެ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭ ގަންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ކޫންޑޭ ގަންނަން ޗެލްސީން 50 މިލިއަން ޑޮލަރުގެ ބިޑެއް ކުރި ނަމަވެސް ސެވިއްޔާ އިން ނިންމީ ކޫންޑޭގެ ކޮންޓްރެކްޓް ގަންނަން ދޭން ޖެހޭ 90 މިލިއަން ޑޮލަރު ނުދޭނަމަ އޭނާ ދޫނުކުރުމަށެވެ.

އެތުލެޓިކޯގެ މެޗެއްގެ ތެރެއިން ސައުލް: އޭނާ ދެން ފެންނާނީ ޗެލްސީން.

އެތުލެޓިކޯ އިން ސައުލް ލޯނެއްގެ ދަށުން ދޫކުރަން ނިންމި އެންމެ ބޮޑު ސަަބަބަކީ އެ ޓީމުގެ ކުރީގެ ފޯވާޑް ގްރީޒްމަން ލިބެން އޮތުމުންނެވެ. މީގެ ދެ އަހަރު ކުރިން އެތުލެޓިކޯ ދޫކޮށް 135 މިލިއަން ޑޮލަރަށް ބާސެލޯނާ އަށް ބަދަލުވި ގްރީޒްމަން އަލުން އެތުލެޓިކޯއާ ގުޅޭނީ ލޯން ފީގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އަދި އެ އެއްބަސްވުން ނިމުމުން ދާއިމީ ކޮންޓްރެކްޓެއްގައި ގްރީޒްމަން އެތުލެޓިކޯގައި މަޑުކުރާނަމަ ބާސެލޯނާ އަށް 50 މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ.

ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާުބުކުރި އެވެ. އެކަަމަކު، ބާސެލޯނާ އަށް ކުޅެދިން 102 މެޗުން ގްރީޒްމަން އަށް ޖެހުނީ 35 ގޯލެވެ. މި ސީޒަނުގައި ގްރީޒްމަންގެ ފޯމު ދަށްވެފައި ހުރުމުން އޭނާ އަށް ބާސެލޯނާގެ ސަޕޯޓަރުންނާއި މީޑިއާގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ބާސެލޯނާ އިން ވަނީ ސެވިއްޔާ އަށް ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް ލޫކް ޑި ޔޯން ލޯން އެއްބަސްވުމެއްގެ ދަށުން ގެނެސްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އާއި އޭސީ މިލާން އަށް މިދިޔަ ސީޒަނުގައި ކުޅުނު ކްރޮއޭޝިއާގެ މާރިއޯ މަންޒުކިޗް ވެސް ބާސެލޯނާ އަށް ބަދަލުވެވޭނެ ގޮތެއް އޮތްތޯ މަޝްވަރާކުރި އެވެ. އެކަމަކު، އެންމެ ފަހު ވަގުތު ބާސެލޯނާ އަށް ގެނެވުނީ ކުރިން ނިއުކާސަލް ޔުނައިޓެޑާއި ޕީއެސްވީ އަށް ކުޅުނު އުމުރުން 31 އަހަރުގެ ޑިޔޯން އެވެ.

ޓްރާންސްފާގެ ފާހަގަކޮށްލެވޭ އެހެން ހަބަރުތަކަށް ބަލާއިރު، ޕީއެސްޖީގެ ސްޕެއިން މިޑްފީލްޑަރު ޕަބްލޯ ސަރާބިއާ ވަނީ ޕޯޗުގަލްގެ ޗެމްޕިއަން ސްޕޯޓިން ލިޒްބަން އަށް ބަދަލުވެފަ އެވެ އާސެނަލުން އެ ޓީމުގެ ހެކްޓަ ބެޔެރިން ސްޕެއިނުގެ ރެއާލް ބެޓިސް އަށް ދޫކޮށްލިއިރު، ބޮލޯނިއާ އަށް ކުޅޭ ޖަޕާނުގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ ވަނީ 21 މިިިލިއަން ޑޮލަރަށް އާސެނަލަށް ބަދަލުވެފަ އެވެ. އަދި ބާސެލޯނާގެ އެމަސަން ރޯޔާލް ވަނީ 30 މިލިއަން ޑޮލަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޓޮޓެންހަމަށް ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox