ސުޕްރީމް ކޯޓަށް ޖުޑީޝަލް އިންކުއަރީ ނުހިންގޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން. -ފޮޓޯ: ސަން

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން. -ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ޖުޑީޝަލް އިންކުއަރީއެއް ހިންގުމަށް އެމަނިކުފާނުގެ ވަކީލުން ގޮވާލެއްވި ނަމަވެސް ގާނޫނުތަކުގެ ދަށުން އެންމެ މަތީ ކޯޓަށް އެކަން ނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއްގައި ޔާމީންގެ މައްޗަށް ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.

ހުކުމް ކުރިއިރު ކޯޓުގެ ބެންޗުގައި ތިއްބެވީ އެއިރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި ގާޒީ އަލީ އާދަމެވެ.

Advertisement

އޭގެ ތެރެެއިން ފާއިޒާއި އަލީ އާދަމް އާއި ސަމީރު މައްސަލައާ ގުޅޭ ވާހަކަތަކެއް ދައްކާ ކަމަށް ބުނާ އޯޑިއޯ ލީކުކޮށްލުމާއެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީންގެ ވަކީލު އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މައްސަލައިގައި އިއްވާފައި ހުކުމް ބާތިލްކޮށް އެޕެކްސް ކޯޓުން ޖުޑީޝަލް އިންކުއަރީއެއް ހިންގަންޖެހޭ ކަމަށެވެ.

ފަނޑިޔާރުންގެ އެތިކަލް ނުވަތަ ބިހޭވިއަރަލް މައްސަލަތައް ގާނޫނުން ބާރު ލިބިގެން ސުޕްރީމް ކޯޓަށް ބެލުމުގެ ހުއްދަ ބައެއް ގައުމުތަކުގައި ދީފައި އޮވެ އެވެ. އެގޮތުން އިންޑިއާ އާއި އެމެރިކާގައި ވެސް އެގޮތަށް އަމަލު ކުރެ އެވެ.

އެކަމަކު މި ނޫހާ ވާހަކަ ދައްކަވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ އެއްވެސް މައްސަލައެއް ބެލުމުގެ ގާނޫނީ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށެވެ.

"އެއީ ހަމަ ވަރަށް ސާފު ކަމެއް. ފަނޑިޔާރުންނާ ގުޅޭ ހުރިހާ މައްސަލަތަކެއް ބެލުމުގެ ބާރު ވެސް ގާނޫނުތަކުން ހަމައެކަނި މި ލިބެނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް. މީގެ ކުރިން ވެސް ސުޕްރީމް ކޯޓަކުން ނޯންނާނެ ފަނޑިޔާރުންގެ އެއްވެސް ކަމަކާ ބެހިފައެއް،" ފާއިޒް ވިދާޅުވި އެވެ.

ޔާމީންގެ ކޭސްއާ ގުޅޭ ގޮތުން މައްސަލަ ބެއްލެވި ފަނޑިޔާރުން ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯ ލީކުވުމާއެކު އެ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ އަވަސްވެގަނެފަ އެވެ. އެގޮތުން އިއްޔެ އެ ތިން ފަނޑިޔާރުން ކޮމިޝަނަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އަދި އެ އޯޑިއޯތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox