ޕީއެސްޖީން ގޮތްދޫނުކުރާތީ އެމްބާޕޭ ޑީލް މަޑުޖެހިފައި

Aug 31, 2021, 4:01 AM
ޕީއެސްޖީން ގޮތްދޫނުކުރާތީ އެމްބާޕޭ ޑީލް މަޑުޖެހިފައި

ޕެރިސް (އޮގަސްޓް 31) - ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން ފްރާންސް ތަރި ކީލިއަން އެމްބާޕޭ ގަންނަން ކުރާ މަސައްކަތުގައި އޭނާ މިހާރު ކުޅެމުން އަންނަ ޕީއެސްޖީން އެއްބާރުލުމެއް ނުދޭތީ އެ ޓްރާންސްފާގެ ކަންތައްތައް މަޑުޖެހިއްޖެ އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ލައްވައި އާ އެއްބަސްވުމެއްގައި ސޮއިކުރަން އެ ކްލަބުން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވި އެވެ. އެމްބާޕޭ ގަންނަން ރެއާލުން ކުރި ދެ ބިޑް ވެސް ޕީއެސްޖީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ރެއާލުން އެންމެ ފުރަތަމަ ކުރީ 188 މިިލިއަން ޑޮލަރު (160 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. އަދި ފަހުން ކުރީ 226 މިލިއަން ޑޮލަރުގެ (180 މިލިއަން ޔޫރޯގެ) ބިޑެކެެވެ. ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރަން މޮނާކޯ އަށް ދެއްކި ދެއްކީ ރެއާލުން އެންމެ ފަހުން ހުށަހެޅި ބިޑާ ދާދި އެއް އަދަދެކެވެ.

Advertisement

އެމްބާޕޭ ޕީއެސްޖީއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ގާތްގަނޑަކަށް 10 މަސް ދުވަހުގެ ތެރޭގައި ހަމަވާއިރު، މިއަދުގެ ނިޔަލަށް އެމްބާޕޭގެ ޓްރާންސްގެ ކަންކަން ނުނިމިއްޖެނަމަ އޭނާ ކްލަބް ބަދަލުކުރާއިރު ޕީއެސްޖީން ބޮޑު އަގެއް ހޯދަން ކުރާ މަސައްކަތުގައި ބޮޑު ގޮންޖެހުމަކާ ކުރިމަތިވާނެ އެވެ. އެއީ އެމްބާޕޭ ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިނުކޮށް އޮއްވައި ޖެނުއަރީ މަސް ތެރޭ އެމްބާޕޭ ބޭނުން ޓީމަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ. އެއީ އަންނަ އަހަރު ޖުލައި މަހު އެ ޓީމަކާ ގުޅޭ ގޮތަށެވެ.

ފްރާންސްގެ ލަ ޕެރީސިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދާދިފަހުން ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ އާއި ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯއާ އެކު އެމްބާޕޭ ބޭއްވި ބައްދަލުވުމުގައި އޭނާ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާ ވާހަކަ އަންގައިފަ އެވެ. އަދި މި ފަހަރު އޭނާ ވިއްކައިނުލައިފިނަމަ އަންނަ އަހަރު ކްލަބް ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައި ކަމަށް އެމްބާޕޭ ވަނީ ޕީއެސްޖީ އަށް އަންގައިފަ އެވެ.

ސްޕެއިންގެ މެޑްރިޑަށް ނޫން ސަރަހައްދުތަކަށް ނިސްބަތްވާ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އެމްބާޕޭ ހޯދުމުގެ މަސައްކަތް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ވަނީ ރޭ ހުއްޓާލައިފަ އެެވެ. އެކަމަކު، ސްޕެއިންގެ މެޑްރިޑްގެ ހަބަރުތަކަށް ހާއްސަ މީޑިއާ ތަކުން ރިޕޯޓްކުރާގޮތުގައި އެމްބާޕޭ ހޯދަން ރެއާލުން ކުރާ މަސައްކަތް ޓްރާންސްފާ މާކެޓްގެ އެންމެ ފަހު ވަގުތާ ހަމައަށް ކުރިއަށްދާނެ އެވެ.

އެމްބާޕޭގެ ޓްރާންސްފާގައި އަދިވެސް ގޮތެއް ނުނިމުނު ކަމުގައި ވިޔަސް ރެއާލުން ވަނީ ފްރާންސްގެ ރެނެސް އަށް ކުޅޭ ޒުވާން މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާގެ ސޮއި ހޯދަން އެއްބަސްވުމަކަށް އައިސްފަ އެވެ. ރެއާލުން ކަމަވިންގާ ގަންނަން ރެނެސް އަށް 35 މިލިއަން ޑޮލަރު ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކަމަވިންގާގެ ސޮއި ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީން މަސައްކަތްކުރި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox