ހުޅުމާލޭ ފްލެޓެއްގަ ވަރަށް ބޮޑަށް ރޯވެ، 13 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

ހުޅުމާލެ ފްލެޓުގައި ރޯވެފައިވާ އަލިފާންގަނޑު ކުޑަދޮރުން ބޭރަށް ފެންނަން---

ހުޅުމާލެ ފްލެޓުގައި ރޯވެފައިވާ އަލިފާންގަނޑު ކުޑަދޮރުން ބޭރަށް ފެންނަން---

ހުޅުމާލޭގައި މީހުން ދިރިއުޅޭ ފްލެޓެއްގައި މިރޭ ރޯވެ، އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، 13 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި އެވެ.

އަލިފާން ރޯވީ މިރޭ 19:17 ހާއިރު ހުޅުމާލޭ ޗައިނާ ޓައުން ސަރަހައްދުގައި ހުންނަ 147 ވަނަ ނަންބަރު ފްލެޓުގަ ދެ ވަނަ ފަންގިފިލާގަ ހުރި އެޕާޓްމަންޓެއްގަ އެވެ. އެ އެޕާޓްމަންޓުގައި އަށް މީހުން ދިރިއުޅެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވެ އެވެ. އެކަމަކު އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ޝޮކަށް ފަރުވާ ހޯދުމަށް އެކަކު ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން އަލިފާން ރޯވި އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ މީހަކު ބުނީ ރޯވީ ތިން ކޮޓަރީގެ އެޕާންމަންޓުގެ އެއް ކޮޓަރީގައި ކަމަށެެވެ. އަދި އެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރިއިރު އޭނާއަށް އަށް ބެލެވެނީ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއްވެގެން ކަމަށް ވެސް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ އަލިފާން ރޯވި އެޕާޓްމަންޓާއި ދުމުގެ ސަބަބުން އަސަރު ކުރި މީހުންނާއެކު ޖުމްލަ ދެ އާއިލާއެއްގެ 13 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ތެރޭގައި ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލިފާންގަނޑު ފެތުރި ފްލެޓުގެ ތިން ވަނަ ފަންފިލާއަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ އަލިފާންގަނޑު އަވަސްކަމާއެކު ކޮންޓްރޯލް ކުރެވި، ގެއްލުން ކުޑަކުރެވުނީ ސިފައިން ކުރި މަސައްކަތުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox