ލައިސެންސް ނެތުމުން ޖޫރިމަނާ ލުއިކުރަން މަޖިލީހުން އެދިއްޖެ

ހުޅުމާލެ ބްރިޖު ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ފުލުހަކު ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ހުޅުމާލެ ބްރިޖު ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ފުލުހަކު ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުމުރުން 18 އަހަރު ވުމުގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުގެ އިތުރުން ލައިސެންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް ގަވައިދު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ކަމާބެހޭ ފަރާތްތަކުގެ ކިބައިން މިއަދު އެދިއްޖެ އެވެ.

ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފެވެ.

އެ މައްސަލަ ދިރާސާކުރުމަށްފަހު ގަވައިދު ކޮމިޓީގެ ރިޕޯޓު އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފައިވާއިރު، ޖޫރިމަނާ ދެއްކުމުގެ ކުރިން ލައިސެންސް ނެގުމަށް ހުރަސްއެޅުމުގެ އިތުރުން، އެހެން ހިދުމަތްތައް ހޯދަން ވެސް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިޓީ ރިޕޯޓަށް ބަލާއިރު، ލައިސެންސް ނެތި ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ކުދިންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން، 2018 ވަނަ އަހަރު 41 ކުދިން، 2019 ވަނަ އަހަރު 98 ކުދިން އަދި މިދިޔަ 232 ކުދިން ޖޫރިމަނާކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

އެކަން ހައްލުކުރަން ކޮމިޓީގެ ފަރާތުން ހުށަހަޅާފައިވަނީ ޖޫރިމަނާގެ ބަދަލުގައި ކޮމިޔުނިޓީ ސާވިސް ދިނުމަށް އަދަބު ބަދަލުކުރުމެވެ.

އެކަމަށްޓަކައި ދައުލަތުގެ ގިނަ ކުންފުނިތަކާ ކޮމިޓީން ބައްދަލުކޮށްފައިވާއިރު، އެފަދަ ޕްރޮގްރާމަކަށް އެއްބާރުލުންދޭނެ ކަމަށް އެ ކުންފުނިތަކުން ކޮމިޓީގައި ބުނެފައި ވެ އެވެ.

އެއާއެކު ކޮމިޓީން ވަނީ ގަވައިދު އިސްލާހުކުރުމަށް ފެންނަކަންކަން ރިޕޯޓުގައި ހިމަނައިފަ އެވެ.

އެގޮތުން، ކޮމިއުނިޓީ ސާވިސްގެ އުސޫލުތައް ގަވައިދުގައި ބަޔާންކުރުމާއި، އެފަދަ މަސައްކަތަކުން ޖޫރިމަނާގެ ފައިސާ އުނިކުރެވޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން ކޮމިޔުނިޓީ ސާވިސްއަށް ނުކުންނަން ޝައުގުވެރިވާ ފަރާތްތަކަށް ލައިސެންސް ނެގުމަށް އޮތް ހުރަސް ނައްތާލުމާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކޭނެ އުސޫލު ގަވައިދުގައި ބަޔާންކުރުން ހިމެނެ އެވެ.

ގަވައިދުގެ ރިޕޯޓު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox