ތާލިބާން ވެރިކަމުގައި އަންހެނުންނަށް ޔުނިވާސިޓީއަށް ދެވޭނެ

ތާލިބާން ސަރުކާރުގެ ވަގުތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަބްދުލް ބާގީ ހައްގާނީ.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ސަރުކާރުގެ ވަގުތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަބްދުލް ބާގީ ހައްގާނީ.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 30) - އަފްގާނިސްތާނުގެ އަންހެނުންނަށް ޔުނިވާސިޓީގައި ކިޔެވޭނެ ކަމަށާއި ނަމަވެސް ދެ ޖިންސުގެ މީހުން އެކުވެ ކުލާސްތައް ހިންގުން މަނާ ވާނެ ކަމަށް ތާލިބާން ސަރުކާރުގެ ވަގުތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ބުނެފި އެވެ.

ތާލިބާނުން 20 އަހަރަށް ފަހު ވެރިކަމަށް އައީ މީގެ ދެ ހަފުތާ ކުރިންނެވެ. ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި އެ މީހުން ވެރިކަން ކުރިއިރު އަންހެނުންނާއި އަންހެން ކުދިން ކިޔެވުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް މި ފަހަރު އެކަން ބަދަލުވާނެ ކަމަށް ތާލިބާނުން ކުރިން ވެސް ބުންޏެވެ.

"އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުގެ މަތިން ރައްކާތެރިކަމާއެކު އަފްގާނިސްތާނުގެ ރައްޔިތުން މަތީ ތައުލީމު ހޯދާނެ. އެއީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން ނުތިބޭ މާހައުލެއްގައި،" ވަގުތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަބްދުލް ބާގީ ހައްގާނީ އާދީއްތަ ދުވަހު ބުންޏެވެ.

އޭނާ ބުނީ ތާލިބާނުން ބޭނުންވަނީ "އިސްލާމީ، ގައުމީ އަދި ތާރީހީ އާދަކާދަތަކާ އެއް ގޮތަށް ރަނގަޅު، އިސްލާމީ ކަރިކިއުލަމެއް އުފައްދަން ކަމަށާއި އެއީ ހުޅަނގުގެ ގައުމުތަކާ ވާދަކުރެވޭ ވަރުގެ ކަރިކިއުލަމަކަށް ވާން ޖެހޭނެ" ކަމަށެވެ.

ޔުނިވާސިޓީގެ އިތުރުން ޕްރައިމެރީ އަދި ސެކަންޑަރީ ސްކޫލުތަކުގައި ވެސް އަންހެން ކުދިންނާއި ފިރިހެން ކުދިން ކިޔަވާނީ ވަކިންނެވެ. މީގެ ކުރިން ވެސް އަފްގާނިސްތާނުގައި އާއްމުކޮށް އަމަލު ކުރަމުން ގޮސްފައި ވަނީ އެގޮތަށެވެ.

ތާލިބާނުންގެ އާ ވެރިކަމުގައި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމަށް ވައުދުވެފައި ވާއިރު، އެއާ އެއް ގޮތަށް އަމަލު ކުރާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. މަތީ ތައުލީމާ ގުޅޭ ގޮތުން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވެސް އެއްވެސް އަންހެނަކު ބައިވެރިވެފައެއް ނުވެ އެވެ.

"ތާލިބާނުންގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާ ކުރީ ހަމައެކަނި ފިރިހެން ޓީޗަރުންނާއި ދަރިވަރުންނާ،" ޔުނިވާސިޓީ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނަކު އޭއެފްޕީ އަށް ބުންޏެވެ.

ފާއިތުވި 20 އަހަރުގެ ތެރޭގައި އަފްގާނިސްތާނުގައި މަތީ ތައުލީމް ހޯދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ނަމަވެސް ފަހަކަށް އައިސް ތައުލީމް ފޯރުކޮށްދޭ ތަންތަނަށް ނުރައްކާތެރި ހަމަލާތައް އަމާޒު ކުރުން ވަނީ އިތުރުވެފަ އެވެ.

ތާލިބާނުން ބުނީ އެ ހަމަލާތަކުގައި ފަހަތުގައި ވަނީ އެ މީހުން ނޫން ކަމަށެވެ. އޭގެ ތެރެއިން ބައެއް ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox