ލީކުވި އޯޑިއޯގެ މައްސަލައިގައި މަޖިލިސް ހޫނުވެއްޖެ

މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. -ފައިލް ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. -ފައިލް ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް ލީކުވުމާ ގުޅިގެން އެކަން ބެލުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންތަކެއް ދެއްކެވި ވާހަކަތަކެކެވެ.

އެ ބެންޗުގައި ތިއްބެވީ އޭރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި އަދި ގާޒީ އަލީ އާދަމެވެ.

ލީކްވީ، ގާޒީ ފާއިޒާއި އަލީ އާދަމް އަދި ސަމީރު ކަމަށް ބެލެވޭ ބައެއްގެ އަޑު އިވޭ އޯޑިއޯތަކެވެ.

އެ ބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ޔާމީނަށް އިއްވި ހުކުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ވަނީ އެ ހުކުމާ ގުޅިގެން އެކި ކަހަލަ ނުފޫޒުތައް އޮތް ކަމަށް ދޭހަވާ ފަދައިން ވާހަކަ ދައްކަވާފަ އެވެ.

އެ އޯޑިއޯއާ ގުޅިގެން، ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު އަހުމަދު ޝިޔާމް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް، ހިމާޔަތް ކޮށްފައިވާ ކ. ރަސްފަރު ފަރަށް އެރި ޕެނަމާގެ އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކް ކެރިއާ) އާގު ބޯޓާ ގުޅޭ ކުއްލި މައްސަލައެއް ހަމަ މިއަދުގެ ޖަލްސާއަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ހުށަހަޅުއްވައިފަ އެވެ.

އެއާއެކު މަޖިލީހުގެ ގަވައިދާ އެއްގޮތަށް އެއް ޖަލްސާއަކަށް ދެ ކުއްލި މައްސަލަ ހުށަހެޅުމުން، ގުރުލައިގެން، ބަހުސްކުރަން ދިމާވީ ރާއީގެ މައްސަލަ އެވެ.

އެ މައްސަލަ ތަޅުމަށް ބަލައިގަތުމުން، އިދިކޮޅު މެމްބަރުން ވަނީ ކޮޅަށް ތެދުވެ، އަޑުގަދަ ކުރަން ފަށައިފަ އެވެ.

މެމްބަރުން ގޮވާލަމުންދަނީ ފަނޑިޔާރު ގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވައި ދިނުމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލުކުރަންޖެހޭ ކަމަށް ވެސް ދަނީ ގޮވާލަމުންނެވެ.

އިދިކޮޅު މެމްބަރުންނަށް ރައްދު ދޭން، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަގައިފަ އެވެ.

އަދި އެ އޯޑިއޯއަކީ އިދިކޮޅުން ބަޔަކަށް ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް އެ މެމްބަރުން ތުހުމަތު ކުރި އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ޖަލްސާއަށް ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވައިފަ އެވެ.

އަދި މަޖިލީހުގައި ކުރިއަށް ގެންދެވޭނީ ހުށަހެޅި، އެޖެންޑާ ކުރެވޭ މަސައްކަތްތައް ކަން، އިދިކޮޅު މެމްބަރުންނަށް ނަސޭހަތްތެރިވަމުން އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް، އިދިކޮޅު މެމްބަރު އަޑުގަދަކުރާތީ، ބަހުސް ކުރިއަށް ނުގެންދެވި، މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ.

އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަމަށް އިދިކޮޅުން ބުނެފައިވާއިރު، އެކަމާ ގުޅިގެން ޖޭއެސްސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަނޑިޔާރުންނަކީ، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެން ޖެހޭ ބައެއް ކަމަށެވެ.

އެހެންވެ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި، އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި، ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ކޮމިޝަނުން ބަލައި ތަހުގީގު ކުރާނެ ކަމެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އޯޑިއޯއާ ގުޅިގެން ކުރިމިނަލް ކޯޓުން ބުނީ އެކަމާމެދު އެ ކޯޓުން ބުނާނެ އެއްޗެއް ނެތް ކަމަށެވެ. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވެސް ވާހަކައެއް ނުދެއްކި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox