ފަލަސްތީނުގެ ރައީސާއި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބައްދަލުކޮށްފި

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް.-- ފޮޓޯ: އޭއެފްޕީ

ރާމަﷲ، ފަލަސްތީން (އޯގަސްޓު 30) - އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާދީއްތަ ދުވަހު ހުޅަނގު އައްސޭރީގައި ބައްދަލުކުރައްވައިފި އެވެ.

މިއީ މިދިޔަ ޖޫން މަހު އިޒްރޭލުގެ ބޮޑު ވަޒީރު ކަމަށް ނަފްތާލީ ބެނެޓް ވަޑައިގެންނެވި ފަހުން އިޒްރޭލާއި ފަލަސްތީނާ ދެމެދު ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

އޮފިޝަލުން ބުނީ ގާންޓްޒް ހުޅަނގު އައްސޭރީގެ ރާމަﷲ ސިޓީއަށް ވަޑައިގެންނެވީ އުމުރުން 85 އަހަރުގެ ފަލަސްތީނުގެ ރައީސްއާ އެކު ސެކިއުރިޓީ އާއި އިގްތިސާދާ ގުޅޭ މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

ފާއިތުވި ހަފްތާ ބަންދުގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެނެޓް ވަނީ އެމެރިކާ އަށް ވަޑައިގެން ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވާފަ އެވެ.

"ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ވަނީ އާދީއްތަ ދުވަހުގެ ހަވީރު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވައި، ސެކިއުރިޓީ، މަދަނީ އަދި އިގްތިސާދާ ގުޅޭ ސިޔާސަތުތަކުގައި މަޝްވަރާ ކުރައްވާފައި،" އިޒްރޭލް ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައި ބުންޏެވެ.

ގާންޓްޒް އަކީ އިޒްރޭލުގައި ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގައި ހިމެނޭ ސެންޓްރިސްޓް ޕާޓީއެއްގެ ލީޑަރެވެ. ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގެ އިގްތިސާދި ވަރުގަދަ ކުރެވޭނެ ފިޔަވަޅުތައް އިޒްރޭލުން އަޅާނެކަމުގެ ޔަގީންކަން ގާންޓްޒް ދެއްވި ކަމަށެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރި އާއި ގާޒާގެ ސެކިއުރިޓީ އާއި އިގްތިސާދީ ހާލަތްތައް ބަދަލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް ބަޔާނުގައި ވެ އެވެ.

"ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވީ އިތުރަށް މަޝްވަރާތައް ބޭއްވުމަށް،"

އެ ބައްދަލުވުމުގައި ވަނީ އިޒްރޭލާއި ފަލަސްތީނުގެ އެހެން އިސް އޮފިޝަލުން ވެސް ބައިވެރިވެފަ އެވެ. އެގޮތުން ފަލަސްތީނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ މަދަނީ ކަންކަން ބަލަހައްޓަން އިޒްރޭލު ސިފައިން ކަނޑައަޅާފައިވާ ގޮފީގެ ވެރިޔާ ގަސަން އަލްޔަން އާދި ފަލަސްތީނު ސަރުކާރުގެ އިސް އޮފިޝަލް ހުސެން އަލް ޝެއިހް އަދި ފަލަސްތީނުގެ ޖާސޫސީ ވެރިޔާ މަޖިދް ފަރަޖް ބައިވެރިވެވަޑައިގެންނެވި އެވެ.

ފަލަސްތީނާއި އިޒްރޭލާ ދެމެދު ބައްދަލުވުމެއް ބޭއްވިކަން ޓްވިޓާ މެދުވެރިކޮށް އަލް ޝެއިހް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ބައްދަލުވުމަށް ފަހު ދެ ލީޑަރުން އެކަނި ބައިވެރިވެވަޑައިގެންނެވި ކުޑަ ބައްދަލުވުމެއް ވެސް ބޭއްވި ކަމަށެވެ.

އިޒްރޭލާއި ފަލަސްތީނު ސަރުކާރާ ދެމެދު އޮތް ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ފަލަސްތީނު ސަރުކާރަކީ އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ސަރުކާރެވެ. ހުޅަނގު އައްސޭރިއާ ވަކިން އޮންނަ ގާޒާގައި ވެރިކަން ކުރަނީ ހަމާސް ގްރޫޕުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox