ބަންގްލަދޭޝާއި ލަންކާ އިން ޔޫރަޕްގައި ކުޅޭ ކުޅުންތެރިންނަށް ސާފްގެ ސްކޮޑުން ފުރުސަތު ދެނީ

ޖަރުމަނު ލީގެއްގެ މެޗެއްގެ ތެރެއިން ވަސީމް ބޯޅަ ހިފައިގެން.

ޖަރުމަނު ލީގެއްގެ މެޗެއްގެ ތެރެއިން ވަސީމް ބޯޅަ ހިފައިގެން.

އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ޓީމު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝް އާއި ސްރީލަންކާ އިން ޔޫރަޕްގައި ކުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ޓެސްޓްކުރަން ނިންމައިފި އެވެ.

ކިރްގިސްތާންގައި ބާއްވާ ތުރީ ނޭޝަންސް ކަޕްގައި ވާދަކުރަން ބަންގްލަދޭޝްގެ އިނގިރޭސި ކޯޗު ޖޭމީ ޑޭ އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުން ވަނީ އެމެރިކާ އާއި ޔޫރަޕްގައި ކުޅޭ ބަންގްލަދޭޝަށް ނިސްބަތްވާ ދެ ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ. އެ ގޮތުން ސްކޮޑުގައި ހިމަނާފައިވަނީ ކެނަޑާގެ ސެމީ ޕްރޮފެޝަނަލް ލެވަލްގައި ކުޅެމުން އަންނަ ފޯވާޑް ރަހްބާރު ވާހިދު ހާން، 25، އާއި ފްރާންސްގެ ފަސް ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ތަހުމީދު އިސްލާމް، 18، އެވެ.

ބަންގްލަދޭޝް އިން މީގެ ކުރިން ވެސް ވަނީ ޔޫރަޕްގެ އެކި ގައުމުތަކުގައި ކުޅޭ ކުޅުންތެރިންނަށް ގައުމީ ސްކޮޑުން ފުރުސަތު ދީފަ އެވެ. އެ ގޮތުން ޑެންމާކްގައި މީގެ ކުރިން ކުޅުނު ޖަމާލް ބުޔާން އަށް މީގެ ތިން އަަހަރުކުރިން ފުރުސަތު ދިންއިރު، މިދިޔަ އަހަރު ވަނީ ފިންލެންޑަށް އުފަން ތާރިގް ކާޒީ އަށް ގައުމީ ޓީމުން ޖާގަ ދީފަ އެވެ. ފިންލެންޑްގެ އުމުރުފުރާ ގައުމީ ޓީމަށް ކުޅުނު ތާރިގަށް ބަންގްލަދޭޝް ޓީމުން ފުރުސަތު ދިނީ މިދިޔަ އަހަރު އޭނާ އަށް ރަސްމީކޮށް އެ ގައުމުގެ ރަށްވެހިކަން ދިނުމަށް ފަހު އެވެ. ތާރިގު އަންނަނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސް އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބަންގްލަދޭޝްގެ ކޯޗު ޑޭ އެ ގައުމުގެ މީޑިއާ އަށް ބުނީ ކިރްގިސްތާންގައި އަންނަ މަހު އޮންނަ ތުރީ ނޭޝަންސް ކަޕްގައި ޓީމު ޓެސްޓް ކޮށްލެވޭނެ ކަމަށާއި ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލުމުގައި މި މުބާރާތުގެ ބޭނުން ހިފާނެ ކަމަށެވެ.

ލަންކާ އިން ސާފް ޗެމްޕިއަންޝިޕަށް އިއުލާނުކުރި 29 ކުޅުންތެރިންގެ ސްކޮޑުން ވަނީ ޔޫރަޕްގައި ކުޅޭ ތިން ކުޅުންތެރިއަކަށް ފުުރުސަތު ދީފަ އެވެ.

އެއީ އިންގްލެންޑްގެ ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އަށް ކުޅޭ 18 އަހަރުގެ ވިންގް ޑިލޯން ޑި ސިލްވާ އާއި ޖަރުމަނު ލީގުގެ ޔޫނިއަން ބާލިން އަށް ކުރިން ކުޅުނު އަހުމަދު ވަސީމް ރަޒާކް އަދި އިންގްލެންޑްގެ ސެމީ ޕްރޮފެޝަނަލް ލެވަލްގެ ކްލަބް ވައިޓްހޯކް އަށް ކުޅޭ މާވިން ހަމިލްޓަން އެވެ.

މީގެ ތެރެއިން ވަސީމް ވަނީ މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ލެބަަނަން ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ސުޒުކީ ކަޕުގައި ވާދަކުރި ލަންކާ ޓީމަށް ވަސީމް ގެންނަން މަސައްކަތްކުރި އެވެ. އެކަމަކު، އެ ފަަހަރު އެކަން ކާމިޔާބުވާގޮތެއް ނުވި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އަށް ކޯޗުކޮށްދޭނީ ކުރިން ނިއު ރޭޑިއަންޓްގައި ހުރި ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox