ލީކްވި އޯޑިއޯއާއެކު ގާޒީ ފާއިޒުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދަނީ

ގާޒީ ފާއިޒު: ލީކްވި އޯޑިއޯއާއެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ނަޒާހަތްތެރިކަމާމެދު ވަނީ ސުވާލު އުފައްދާފައި

ގާޒީ ފާއިޒު: ލީކްވި އޯޑިއޯއާއެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ނަޒާހަތްތެރިކަމާމެދު ވަނީ ސުވާލު އުފައްދާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް ލީކްވެ، ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ވޮޑުމުލާ ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ، ގާޒީ ފާއިޒު ހިމެނޭ ގޮތަށް ފަސް ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ދެން ތިއްބެވީ އޭރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރު އަދި ގާޒީ އަލީ އާދަމެވެ.

ގާޒީ އަހުމަދު ސަމީރު މިހާރު ވަނީ އަމިއްލައަށް އެދިވަޑައިގެން، ޑްރަގު ކޯޓަށް ބަދަލުވެވަޑައިގެންފަ އެވެ.

Advertisement

ފަސް ގާޒީންގެ ބެންޗަކުން މައްސަލާގައި ހުކުމް އިއްވި ނަމަވެސް، ޝަރީއަތް ހިންގެވީ މަގާމުން ވަކިކުރި އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމެވެ. ގާޒީ ކަމުން އިސްތިއުފާ ދެއްވުމަށްފަހު ހައިލަމް ޔާމީންގެ މައްސަލާގައި ނުފޫޒުތައް އައި ކަމަށް ވިދާޅުވެފަ އެވެ.

ހައިލަމް އެ ވާހަކަތައް ދައްކަވާފައިވަނިކޮށް، މިއަދު އާންމުވި ގާޒީ ފާއިޒުގެ އޯޑިއޯއާއެކު އިދިކޮޅުން ޔާމީނަށް ކޮށްފައިވާ ހުކުމާމެދު ވަނީ އިތުރަށް ސުވާލު އުފައްދާފަ އެވެ.

އެގޮތުން، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ ގާޒީ ފާއިޒުގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގޮވާލައްވާފަ އެވެ. އަދި، ޔާމީންގެ މައްޗަށް އިއްވާފައިވަނީ ހަރާމް ހުކުމެއްކަން ސާބިތުވާ ކަމާއި އެހެންވެ، މިހާރުން މިހާރަށް ޔާމީން ދޫކޮށްލުމަށް ގޮވާލެއްވި އެވެ.

"ރައީސް ޔާމީންއަށް ކުރެވުނު ހުކުމަކީ ނުހައްގު ސިޔާސީ އަނިޔާއެއްކަން މިދަނީ ހާމަވަމުން، ހަމަ މިހާރު އެމަނިކުފާނު މިނިވަން ކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވި އެވެ.

އޯޑިއޯއާ ގުޅިގެން ކުރިމިނަލް ކޯޓުން ބުނީ އެކަމާމެދު އެ ކޯޓުން ބުނާނެ އެއްޗެއް ނެތް ކަމަށެވެ. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވެސް ވާހަކައެއް ނުދެއްކި އެވެ. ޖޭއެސްސީން ވެސް އޯޑިއޯއާ ގުޅިގެން އަދި އެއްޗެއް ނުބުނެ އެވެ.

ނަމަވެސް، ލީކްކޮށްލާފައިވާ އޯޑިއޯގައި އިވޭ އަޑަކީ ގާޒީ ފާއިޒުގެ އަޑުކަން ބައެއް ފަރާތްތަކުން "އަދަދު"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ގާޒީ ފާއިޒު: އޭނާ ނަޒާހަތްތެރިކަމާެމެދު ދަނީ ސުވާލު އުފައްދަމުން
ގާޒީ ފާއިޒު: އޭނާ ނަޒާހަތްތެރިކަމާެމެދު ދަނީ ސުވާލު އުފައްދަމުން

ގާޒީ ފާއިޒު: އޭނާ ނަޒާހަތްތެރިކަމާެމެދު ދަނީ ސުވާލު އުފައްދަމުން

ލީކްކޮށްލާފައިވާ އޯޑިއޯގައި އިވެނީ ގާޒީ ފާއިޒާ، ޔާމީންގެ ހުކުމާ ގުޅޭ ގޮތުން އެހެން މީހަކު ސުވާލު ކުރާ އަޑެވެ. އެ ސުވާލުތަކަށް ފުރަތަމަ ގާޒީ ޖަވާބު ދެއްވަން ބޭނުމެއްނުވެ އެވެ. ހުކުމެއް ކުރުމަށްފަހު އެއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވިދާޅުވެ އެވެ.

އެކަމަކު ސުވާލުތައް އޭނާ ތަކުރާރުކޮށް، ޔާމީނަށް ހުކުމްކުރީ އެމަނިކުފާނަށް އެނގިވަޑައިގެންތޯ އެހި އެވެ. އެ ސުވާލަށް ގާޒީ ފާއިޒު ވިދާޅުވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރީ، ޔާމީންގެ މަސްލަހަތަށްޓަކަ އެވެ. އޭނާ ވިދާޅުވާ ގޮތުން އޭނާ މަސައްކަތް ކުރެއްވީ ޔާމީންއާ އެއްކޮޅަށެވެ. އޭގެ އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އެ ވާހަކަތައް ތަފްސީލުކުރާނީ 2023 ގައި ކަމަށް ވެސް ގާޒީ ވިދާޅުވާ އަޑު އިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މީހަކަށް ހައްގު ވިޔަސް ނުހައްގުން ވިޔަސް ޖަލު ހުކުމެއް އިއްވައިފިނަމަ، ރައްޔިތުންގެ ތާއިދު އެމީހަކަށް ބޮޑުވާނެ އެވެ.

ނަމަވެސް ނުހައްގުން ހުކުމެއް ކުރުމަކީ އަނިޔާއެއް ނޫންތޯ ސުވާލުކުރާ މީހާ އެހި އެވެ. އެއަށް ގާޒީ ފާއިޒު ޖަވާބު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީނަށް ހުރިހާ ކަމެއް އެނގޭނެ ކަމަށެވެ. އެހެންވެ، އެހެން މީހުން މައްސަލަ ޖައްސަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ގާޒީ ފާއިޒު ވިދާޅުވާ ގޮތުގައި، "ރައީސް ޔާމީނަށް ދެރަ ގޮތެއްވާން އޭނާ ނޭދޭނެ" އެވެ.

ޔާމީނަށް ހުކުމްކުރީ ރިޝްވަތު ނަގައިގެން ނުވަތަ ސަރުކާރުން ފައިސާތަކެއް ދީގެން ނޫން ކަމަށް ގާޒީ ފާއިޒު ވިދާޅުވާ އަޑު އިވެ އެވެ. އެއާ ވިގެން ދެން ގާޒީއާ ސުވާލު އަމާޒުކުރީ، ހުކުމާ ގުޅިގެން ގާޒީން ރަހީނުކުރީތޯ އެވެ. އެ ސުވާލަށް ގާޒީ ދެއްވީ ކުރު ޖަވާބެކެވެ. "އެހެން ކަމަށް ބަލަމާހޭ" އެވެ.

ދެން ވިދާޅުވީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށެވެ. އެގޮތުން، އޭނާގެ އަނބިމީހާއާމެދު އެފަދަ އަމަލެއް ހިންގިދާނެ ކަމަށް ވިދާޅުވާ އަޑު އިވެ އެވެ.

ގާޒީ ވިދާޅުވި ގޮތުގައި، ޔާމީނާ ދެކޮޅަށް އޭނާ ހުކުމް ކުރިޔަސް، އެކަން ކުރީ މަގާމުގެ ބިރަކަށް ނޫނެވެ. އޭނާ ވިދާޅުވީ "މަގޭ ޕޯސްޓާއި މެދު މަށެއް ނުވިސްނަން" ކަމަށެވެ. ޔާމީނާއާ އެއްކޮޅަށް ހުކުމް ކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް، އެކަމަށް ތާއިދު ދޭނެ އިތުރު ގާޒީއަކު ނުލިބުނު ކަމަށް ވެސް ވިދާޅުވެ އެވެ.

"މަ ކިހިނެއް އެކަނިމާ އެކަނި އިނދެގެން..." އެ ވާހަކަ އޭނާ ކުރުކޮށްލި އެވެ.

ގާޒީ ވިދާޅުވާ ގޮތުގައި، ސިޔާސީ މައްސަލައެއްގެ ޝަރީއަތް ޖެހިއްޖެނަމަ އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެފަދަ މައްސަލައެއް ބަލާފައި ނިދަން ވެސް އުނދަގޫވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

ގާޒީ ފާއިޒުގެ އޯޑިއޯއެއް ލީކްވެ، އޭނާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންދިޔައިރު، އޭނާ އިންނެވީ ޝަރީއަތެއްގަ އެވެ. އެއީ، މިއަދު ކޯޓުގައި ކުރިއަށް ދިޔަ މަޑުއްވަރީގެ ޓެރަރިޒަމް މައްސަލާގެ ޝަރީއަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox