ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ސަލްމާން މިސްކިތް: އެތަން ހުޅުވާނެ ތާރީހެއް މިހާތަނަށް ކަނޑަނޭޅޭ. -- ފޮޓޯ/ އަދަދު

ސަލްމާން މިސްކިތް: އެތަން ހުޅުވާނެ ތާރީހެއް މިހާތަނަށް ކަނޑަނޭޅޭ. -- ފޮޓޯ/ އަދަދު

ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް އެ ގައުމުގެ އިސް ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެންފި އެވެ.

ކުރީގެ ސަރުކާރުގައި ފެށި މިސްކިތް ނުހުޅުވި ލަސްވެފައިވާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ކުރިން ހަމަޖައްސާފައި އޮތީ ޖުލައި 4ގައި އެ ޓީމު ރާއްޖެ އަންނަ ގޮތަށެވެ. އެކަމަކު އެ ތާރީހު ލަސްކޮށްލީ ޝާހީ ބޭފުޅަކު ވެސް ވަޑައިގަތުމަށް ނިންމެވުމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިސްކިތް ހުޅުވުމުގެ މަޝްވަރާތައް މިއަދު އައި ޓީމުން ކުރިއަށް ގެންދާނީ މާދަމާ ކަމަށެވެ.

މި ވަފުދުގައި ރާއްޖެ ވަޑައިގަތީ އެ ގައުމުގެ އިސްލާމިކް އެފެއާޒް އަންޑާ ސެކްރެޓަރީ، އައްވާދު ސަބްތީ މުހައްމަދު އަލެނެޒީ އެވެ. އަދި ރާއްޖޭގެ ފަރާތުން މި މަޝްވަރާގައި ބައިވެރިވާނީ ފޮރިން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ އިސްވެރިންނެވެ.

މިސްކިތް ހުޅުވުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު މި މަހު ވަނީ މިސްކިތަަށް ބޭނުންވާ މުވައްޒަފުން ނަގަން ވެސް ފަށައިފަ އެވެ.

އެ މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. މީގެއިތުރުން 40 ޖާގައިގެ ހަތަރު ކްލާސްރޫމާއި 15 ޖާގައިގެ ފަސް ސެނިމާ ރޫމް ހިމެނެ އެވެ. ލައިބްރަރީ އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމް ހިމެނޭއިރު 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހިމެނެ އެވެ.

ސައުދީ ރަސްގެފާނުގެ އެހީގައި އިމާރާތްކުރި އެ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. އެ ކުންފުންޏާ އެކު ކުރީގެ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބުރުއަރީ 28، 2017ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox