އަފްގާން މައްސަލައިގައި ސަރުކާރުން މަސައްކަތްކޮށްދޭން އެޗްއާރުސީއެމުން އެދިއްޖެ

އެޗްއާރްސީއެމްގެ މެމްބަރުން: އެ ގައުމަށް ކޮށްދެވެން އޮތް ކޮންމެ ކަމެއްގައި އެއްބާރުލުން ފޯރުކޮށްދޭން ތައްޔާރަށް ކަމަށް އެޗްއާރްސީއެމުން ބުނޭ--

އެޗްއާރްސީއެމްގެ މެމްބަރުން: އެ ގައުމަށް ކޮށްދެވެން އޮތް ކޮންމެ ކަމެއްގައި އެއްބާރުލުން ފޯރުކޮށްދޭން ތައްޔާރަށް ކަމަށް އެޗްއާރްސީއެމުން ބުނޭ--

އަފްގާނިސްތާނުގެ ހާލަތާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް، އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ކޮށްދެވެން ހުރި މަސައްކަތްތައް ކޮށްދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން (އެޗްއާރްސީއެމް) އިން އެދިއްޖެ އެވެ.

އެޗްއާރުސީއެމުން މިގޮތަށް އެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީގަ އެވެ.

އަފްގާނިސްތާނުގެ ކަންކަން ގާތުން ބަލަން އެޗްއާރުސީއެމުން އެދިވަޑައިގަތްއިރު އެ ގައުމުގެ ޖަލެއްގައި ދިވެހި ދެމަފިރިންނާއި އެ މީހުންގެ ހަތަރު ދަރިން އެބަތިއްބެވެ. އެ މީހުންނާ ގުޅުން ކެނޑި ހާލު ބެލޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވެސް އެޗްއާރުސީއެމުން ފާޅުކުރި އެވެ.

Advertisement

އެޗްއާރުސީއެމުން ބުނީ އެ ގައުމާއި ރާއްޖެއަކީ ވެސް އޭޝިއާ ޕެސިފިކް ފޯރަމް (އޭޑީއެފް)ގެ މެމްބަރުންނަށްވާއިރު އަފްގާނިސްތާނުގައި މިވަގުތު ދިމާވެފައިވާ ހާލަތުގައި، ތޯލިބާނުން އަމަލުކޮށްފާނެ ގޮތަކާ މެދު އޭޕީއެފްއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ފޮނުވި ސިޓީގައި އެދިފައިވަނީ އެ ގައުމުގައި ތިބި ދިވެހިން ވެސް ހިމެނޭ ގޮތަށް އިންސާނީ ހައްގުތައް ނަގަހައްޓައި ރައްކާތެރިކުރަން ދިވެހި ސަރުކާރަށް ކޮށްދެވެން ހުރިމަސައްކަތްތައް ކޮށްދިނުމަށެވެ.

"އަފްގާނިސްތާނުގެ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތަކާއި އެ ގައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި އާންމު ރައްޔިތުންގެ އިތުރަށް އެ ގައުމުގައި ދިރިއުޅެމުންދާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތް ކޮށްދިނުމަށް،" އެޗްއާރްސީމުން ވަނީ އެދިފަ އެވެ.

އެޗްއާރުސީއެމުން ތިބީ އެ ގައުމަށް ކޮށްދެވެން ސަރުކާރަށް އޮތް ކަންކަމުގައި އެއްބާރުލުން ފޯރުކޮށްދޭން ތައްޔާރަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަފްގާނަށް ތޯލިބާނުން އަތްގަދަކޮށް އެ ގައުމުގެ ހާލަތު ގޯސްވެފައިވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ އަފްގާނިސްތާނުގައި އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޓާގެޓުތަކަށް އަމާޒުކޮށް އެމެރިކާ އިން ޑްރޯން ހަމަލާތަކެއް ވެސް ދީފަ އެވެ. އެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox