ގޮތް ނޭނގޭ ޕާރުސަލެއް ވެލާނާގެއިން ފެނިގެން ބޮން ސްކޮޑް ހަރަކާތްތެރިވަނީ

ސިފައިން އޮޕަރޭޝަނެއްގައި: ޓޫރިޒަމް މިނިސްޓްރީން ގޮތް ނޭންގޭ ޕާރުސަލެއް ފެނިގެން ސިފައިން ދަނީ ހަރަކާތްތެރިވަމުން-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ސިފައިން އޮޕަރޭޝަނެއްގައި: ޓޫރިޒަމް މިނިސްޓްރީން ގޮތް ނޭންގޭ ޕާރުސަލެއް ފެނިގެން ސިފައިން ދަނީ ހަރަކާތްތެރިވަމުން-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެއިން ގޮތް ނޭނގޭ ޕާރުސަލެއް ފެނިގެން އެމްއެންޑީއެފްގެ ބޮން ސްކޮޑް ހަރަކާތްތެރިވާން ފަށައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްްއެންޑީއެފް)ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޕޯޓް ލިބުނީ ގޮތް ނޭނގޭ އެއްޗެއް ޓޫރިޒަމް މިނިސްޓްރީ ތެރެއިން ފެނުނު ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ އެ މިނިސްޓްރީއަށް މިއަދު ގެންދިޔަ ޕާރުސަލެކެވެ.

"އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާ ހަވާލުނުވުމަށް އެމްްއެންޑީއެފް އިން އިލްތިމާސް ކުރަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ސުޕްރީމް ކޯޓު ކައިރިން ފެނުނު ރިމޯޓް ކާރަކާ މެދު ޝައްކު ކުރެވި އެމްއެންޑީއެފްގެ ބޮން ސްކޮޑް ގޮސް ބެލި އެވެ. އެކަމަކު އެއީ ނުރައްކާތެރި އެއްޗެއް ނޫން ކަަމަށް އެމްއެންޑީއެފުން ފަހުން ބުނެފައިވެ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި މަޖީދީމަގުގައި ވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދީފަ އެވެ. އެ ހަމަލާއަށް ފަހު ސަލާމަތީ ކަންކަން ކުރިއަށް ވުރެން ވެސް ވަރުގަދަކުރަމުން އަންނަ ކަމަށް ސިފައިންނާއި ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox