އިޒްރޭލް ސިފައިން ބަޑިޖެހި ފަލަސްތީން ކުއްޖާ މަރުވެއްޖެ

މަރުވި ފަލަސްތިނު ކުއްޖާގެ ޖަނާޒާގައި ބައިވެރިވާ އެކުވެރިންތަކެއް. -- ފޮޓޯ: އޭއެފްޕީ

މަރުވި ފަލަސްތިނު ކުއްޖާގެ ޖަނާޒާގައި ބައިވެރިވާ އެކުވެރިންތަކެއް. -- ފޮޓޯ: އޭއެފްޕީ

ގުދުސް (އޯގަސްޓު 29) - މިދިޔަ ހަފްތާގައި ގާޒާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި އިޒްރޭލް ސިފައިން ބަޑި ޖެހި އުމުރުން 12 އަހަރުގެ ފަލަސްތީނު ކުއްޖާ މަރުވެއްޖެ އެވެ.

އުމަރް ހަސަން އަބޫ އަލް ނައިލް އަށް އަނިޔާވީ އިޒްރޭލް ސިފައިން ބަޑި ޖެހުމުން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. ބަޑި ޖަހާފައި ވަނީ ގާޒާ އާއި އިޒްރޭލު ވަކިކުރާ ބޯޑަރު ކައިރީ ބޭއްވި އެއްވުމަކަށެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އެއް ހަފްތާ ފަހުން އެ ކުއްޖާ މަރުވެފައިވާ ކަމަށެވެ. ހޮނިހިރު ދުވަހު ބޭއްވި ޖަނާޒާގައި 100 މީހުން ބައިވެރިވި އެވެ.

އޯގަސްޓު 21 ވަނަ ދުވަހު ގާޒާ އާއި އިޒްރޭލު ވަކިކުރާ ބޯޑަރު ކައިރީ ހިނގި ހަމަނުޖެހުމުގައި 40 މީހުންނަށް އަނިޔާވި އެވެ. އޭގެ ތެރެއިން 32 އަހަރުގެ ފަލަސްތީނު ފިރިހެނަކު މިދިޔަ ބުދަ ދުވަހު މަރުވި އެވެ.

އިޒްރޭލުގެ ފުލުހެއް ގަޔަށް ވެސް އެ ދުވަހު ބަޑި ޖެހި އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުގެ ސިފައިން ބުނީ އެއްވި މީހުންގެ ތެރެއަށް ބަޑި ޖެހީ، ގޮވާ ޒާތުގެ ތަކެތި އުކައި، ބޯޑަރު ފާރު މަތިން އަރަން މަސައްކަތް ކުރުމުން ކަމަށެވެ.

އެ ހަމަނުޖެހުމަށް ފަހު އިޒްރޭލުން ވަނީ ގާޒާ އަށް ވައިގެ ހަމަލާތަކެއް ވެސް ދީފަ އެވެ. މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހަމަލާ ދިނީ ހަމާށްގެ ހަތިޔާރު އުފައްޒާ ފެކްޓްރީއަކަށް ކަމަށް އިޒްރޭލުން ބުންޏެވެ.

އޭގެ ފަހުން ހޯމަ އަދި އަންގާރަ ދުވަހު ވެސް ހަމަލާ ދިނެވެ. އެ ހަމަލާތައް ދިނީ އިޒްރޭލަށް "އަލިފާން ފުއްޕާހަން" ފޮނުވުމުން ކަމަށް ބުންޏެވެ. އެއަށްފަހު ބުދަ ދުވަހު ވެސް ބޯޑަރު ކައިރީ ހަމަނުޖެހުން ހިނގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox