އދ. އޮމަދޫގައި މަސް ފެންގަނޑަކަށް ވެއްޓި އުމުރުން 11 މަހުގެ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.
އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް "އަދަދު" އަށް ވިދާޅުވި ގޮތުގައި މިއަދު 3:35 ކަންހާއިރު އަބްދުﷲ ސުއައިބު ޝަމީހް ފެނުނީ މަސް ފެންގަނޑު ތެރެއަށް ވެއްޓިފައި އޮއްވާ ކަމަށެވެ. އެގޭގައި އުޅޭ މީހަކަށް އެތަން ފެނިގެން ވަގުތުން ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ.
"ސިއްހީ މަރުކަޒަށް ގެނައި އިރުވެސް ސުއައިބު ވަނީ މަރުވެފައި،" އާދިލް ވިދާޅުވި އެވެ.
"އެ ގޭގައި ހަދާފައި ހުރި ވަރަށް ތިލަ ޕޮންޑެއް އެއީ،" އާދިލް ވިދާޅުވި އެވެ. "އެއީ އެ ކުއްޖާގެ މަންމަ އާއި ބައްޕައާ އެކު ދިރިއުޅެމުން އަންނަ ގެ."
މީގެ ކުރިން ވެސް ފެންގަނޑަށް ވެއްޓި ރާއްޖޭގައި ކުދިން މަރުވެފައިވެ އެވެ.














