ޑަޔާނާގެ ރޯލުން ކްރިސްޓަން ފެންނަ "ސްޕެންސާ" ގެ ފުރަތަމަ ޓްރެއިލާ

Aug 29, 2021, 5:45 AM
ޑަޔާނާގެ ރޯލުން ކްރިސްޓަން ފެންނަ "ސްޕެންސާ" ގެ ފުރަތަމަ ޓްރެއިލާ

ދެހާސް ސޯޅަ ވަނަ އަހަރު ދައްކަން ފެށި ސިޔާސީ ޑްރާމާ "ދަ ކްރައުން" އަށް ލިބުނު ބޮޑު ސަމާލުކަމާއެކު އިނގިރޭސި ޝާހީ އާއިލާގެ އެތެރޭގެ ވާހަކަތަކަށް އެތައް ބަޔަކު ޝައުގުވެރިވި އެވެ. ޝާހީ އާއިލާގެ މާޒީ އާއި ޕްރިންސަސް ޑަޔާނާ އާއި ފިރިކަލުންގެ ދެމެދުގެ ޒާތީ އެތައް ވާހަކަ ތަކެއް ވެސް ސީރީޒުން އުފެއްދި ކޮންޓްރޮވަސީގެ ތެރޭގައި ހިމެނުނެވެ. ދަ ކްރައުން ގެ އަޑު ގަދަ ވެފައި އޮއްވައި، ޑަޔާނާ އާއި ޗާލްސްގެ ކައިވެނިފުޅު ރޫޅުނު ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދާ ވާހަކަ އޮސްކާ ނޮމިނޭޓެޑް ޑައިރެކްޓަރު ޕަބްލޯ ލަރެއިން މިދިޔަ އަހަރު އިއުލާން ކުރި އެވެ.

ޑަޔާނާގެ އާއިލީ ނަމުން ނަން ދީފައިވާ ފިލްމު "ސްޕެންސާ" އިއުލާނު ކުރިތާ އަހަރެއް ފަހުން އިއްޔެ ވަނީ އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ނެރެފަ އެވެ.

"ސްޕެންސާ" ގެ ލީޑް ރޯލު ކުޅެނީ ޓްވައިލައިޓްގެ ތަރި ކްރިސްޓެން ސްޓޫއާޓް އެވެ. ޓްރެއިލާ ފެށެނީ ޝާހީ ގަނޑުވަރުގެ ސްޓާފުން 1991 ވަނަ އަހަރުގެ ކްރިސްމަސް ހަފްލާ އަށް ތަން ތައްޔާރުކުރަމުންދާ މަންޒަރުތަކަކުންނެވެ. ޑަޔާނާގެ ރޯލުން ފެންނަ ކްރިސްޓެންގެ ގިނަ، ކުރު ސީން ތަކެއް އެއް މިނިޓްގެ ޓްރެއިލާ އިން ފެންނަ އިރު، ވަރަށް ބޮޑު ހާސްކަމެއްގެ ތެރެގައި ކެރެކްޓާ އުޅޭ މަންޒަރުތަކެއް ދައްކަ އެވެ.

މި ފިލްމުގެ ތިއޭޓާ ރިލީޒް ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހުގެ ތެރެގަ އެވެ. އެކަމަކު އޭގެ ކުރިން ސެޕްޓެމްބަރު މަހު ގެ 3 ވަނަ ދުވަހު ވެނިސް ގައި ބާއްވާ ފިލްމު ފެސްޓިވަލުގައި މޫވީ ޕްރިމިއާ ކުރާނެ އެވެ.

ފިލްމުގައި ކުޅޭ ކެރެކްޓާއާ ބެހޭ ގޮތުން ކްރިސްޓެން މިދިޔަ ޖެނުއަރީ މަހު ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، "ސްޕެންސާ" އަކީ ފިރިކަލުން ޗާލްސް އާއި އެކު އުޅުއްވަމުން ގެންދެވި ދިރިއުޅުން ނިންމަވަން ނިންމަވަންޖެހި، ޖަޒުބާތާއި ނަފްސާނީ ހާސްކަމެއްގެ ތެރެއަށް ވެއްޓިވަޑައިގަތް ދަނޑިވަޅުގައި ޑަޔާނާ ކުރެއްވި ތަޖުރިބާގެ ހިޔާލީ މަންޒަރުތަކެއް ކަމަށެވެ. އެހެންކަމުން ޑަޔާނާގެ ހަޔާތުގެ އެ ހާދިސާތަކުގެ ގިނަ ވާހަކަތަކެއް ހިމަނާފައިވާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox