ހާލަންޑް ފަހު ވަގުތު ޑޯޓްމަންޑް މޮޅުކޮށްދީފި

Aug 28, 2021, 3:25 AM
ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.

ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.

ބާލިން (އޮގަސްޓް 28) - ޖަރުމަނު ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑް ފަހު ވަގުތު ޖެހި ގޯލުން ބޮރޫޝިއާ ޑޯޓްމަންޑް 3-2 އިން ހޮފެންހައިމް އަތުން މޮޅުވެއްޖެ އެވެ.

ލީގުގެ ފުރަތަަމަ މެޗުން ޑޯޓްމަންޑް މޮޅުވި ނަމަވެސް ދެ ވަނަ ހަފްތާގައި ފްރެއިބާގް އަތުން ވަނީ ބަލިވެފަ އެވެ. އެހެންވެ ރޭގެ މެޗުން މޮޅުވެގެން އަލުން ފޯމަކަށް އެޅެން އެ ޓީމަށް އޮތީ މަޖުބޫރުވެފަ އެވެ. ހޮފެންހައިމް އަތުން ޑޯޓްމަންޑަށް މޮޅެއް ލިބުނީ ވަރަށް މަސައްކަތުންނެވެ.

ޑޯޓްމަންޑްގެ މަޝްހޫރު ދަނޑު ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މެޗުގެ ފަސް ގޯލު ވެސް ފެނުނީ ދެ ވަނަ ހާފްގަ އެެވެ. އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދިން ބޯޅައަކުން މެޗުގެ 49 ވަނަ މިނިޓްގައި ޑޯޓްމަންޑަށް ލީޑުނަގައިދިނީ އެމެރިކާގެ މިޑްފީލްޑަރު ޖިއޮވާނީ ރޭނާ އެވެ. މެނުއަލް އަކަންޖީ އަށް ޑޯޓްމަންޑްގެ ލީޑުފުޅާކޮށްދޭން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ހޮފެންހައިމުން ނަތީޖާ ހަމަހަަމަކުރީ 61 ވަނަ މިނިޓްގައި އޮސްޓްރިއާގެ މިޑްފީލްޑަރު ކްރިސްޓޮފް ބޯމްގާޓްނާ ޖެހި ގޯލުންނެވެ. އޭގެ އަށް މިނިޓް ފަހުން އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ބެލިންހަމް ވަނީ ގޯލެއް ޖަހައި އަލުން ޑޯޓްމަންޑަށް ލީޑުނަގައިދީފަ އެވެ.

ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ހޮފެންހައިމް އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 90 ވަނަ މިނިޓްގަ އެވެ. ކޯނަރެއްގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް ހޮފެންހައިމްގެ މުނަސް ޑާބޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ހޮފެންހައިމް އިން އެއްވަރުކުރިތާ މިނިޓެއްގެ ތެރޭގައި މެޗުގެ އިތުރު ވަގުތުގައި އޭރިއާތެރެއިން ހާލަންޑަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ. މިއީ މި ފަހަރު ލީގުގެ ތިން މެޗުން ހާލަންޑް ޖެހި ތިން ވަނަ ގޯލެވެ.

މި މޮޅާ އެކު ޑޯޓްމަންޑް ވަނީ ތިން މެޗުން ދެ މޮޅު ހޯދައި ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ވުލްފްސްބާގް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ޖަރުމަނު ލީގުގައި މި ހަފްތާގެ ބާކީ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޑޯޓްމަންޑަށް އެ މަގާމު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox