ކްލޮޕް ތައުރީފް ކުރާއިރު ސަމާލުވާން ޖެހޭނެ: ޓުޗެލް

Aug 28, 2021, 3:31 AM
ޗެލްސީގެ ޓްރެއިނިންގެ ތެރެއިން ޓުޗެލް.

ޗެލްސީގެ ޓްރެއިނިންގެ ތެރެއިން ޓުޗެލް.

ލަންޑަން (އޮގަސްޓް 28) - ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ތައުރީފު ކުރާއިރު ސަމާލުވާން ޖެހޭނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާނެ އެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ވަނީ ޔުއެފާގެ މޮޅު ކޯޗުގެ މަގާމު ލިބުމުން ޓުޗެލް އަށް މަރުހަބާ ކިޔައި އޭނާ އަށް އެ މަގާމު ހުރިހާ ގޮތަކުން ވެސް ހައްގު ކަމަށް ބުނެފަ އެވެ.

އަދި ޓުޗެލް ވަނީ މި ސީޒަނަށް ޗެލްސީ ވަރުގަދަ ކުރަން ވެސް ރަނގަޅު އިންވެސްޓްމަންޓް ތަކެއް ކޮށްފައި ކަމަށާއި އޭނާ އަކީ ވިސްނުންތޫނު ކޯޗެއްކަން ކްލޮޕް ދެއްކި ވާހަތަކުގައި ވަނީ ފާހަގަކޮށްފަ އެވެ. ކްލޮޕާއި ޓުޗެލް އަކީ މީގެ ކުރިން މައިންޒާއި ޑޯޓްމަންޑްގެ ދެ ކޯޗުންނެވެ.

ޓުޗެލް ބުނީ އޭނާ އަށް ތައުރީފުކޮށް ކްލޮޕް ދެއްކި ވާހަކަ އަޑުއިވުމުން ހިތްހަމަޖެހޭ ކަމަށާއި އެ ކަމަށް އިހުތިރާމްކުރާ ކަމަށެވެ. އަދި ކްލޮޕް އާންމު ގޮތެއްގައި މެޗެއްގެ ކުރިން އެ ގޮތަށް ތައުރީފް ކުރާއިރު، ސަމާލުވާން ޖެހޭނެކަން ޓުޗެލް ވަނީ ފާހަގަކޮށްފަ އެވެ.

"މީގެ އަހަރެމެން ވިސްނަން ޖެހޭ ކަމެއް އެބައޮތް. އާންމު ގޮތެއްގައި މެޗެއްގެ ކުރިން އެ ގޮތަށް ތައުރީފް ކުރާއިރު ކްލޮޕްގެ އޮންނާނެ ޕްލޭނެއް. އޭނަ އަކީ އެ ގޮތަށް ވެސް ވަރަށް ރޭވުންތެރި މޮޅު ކޯޗެއް،" ޓުޗެލް ބުންޏެވެ.

މީގެ ކުރިން މައިންޒް އާއި ޑޯޓްމަންޑްގެ މެޗެއްގެ ތެރެއިން: ޓުޗެލް (ކ) އާއި ކްލޮޕް (ވ).

ޓުޗެލް ވަނީ ކްލޮޕްގެ ކޯޗިން ކެރިއަރުގައި ކޮށްފައިވާ މަސައްކަތަށް ވެސް ތައުރީފް ކޮށްފަ އެވެ. އެ ގޮތުން މައިންޒާއި ޑޯޓްމަންޑް އަދި ލިވަޕޫލް މިހާރު އެ އޮތް ލެވަލަށް ގެންގޮސްދިނުމުގައި ކްލޮޕަކީ ހަމައެކަނި ކޯޗެއްގެ ރޯލު އެކަނި ކުޅުނު މީހެއް ނޫން ކަމަށާއި ކްލަބްގެ ހިންގުމުގެ އޮނިގަނޑަށް ވެސް ކްލޮޕްގެ ފަރާތުން ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ޓުޗެލް ބުނެފައިވެ އެވެ.

މީގެ ކުރިން ކްލޮޕާއި ޓުޗެލް ވަނީ ކޯޗިން ކެރިއަރުގައި 14 ފަހަރު ބައްދަލުކޮށްފަ އެވެ. ކްލޮޕް ނުވަ މެޗުން މޮޅުވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. އަދި ދެ މެޗުން ޓުޗެލް މޮޅުވިއިރު، އޭގެ ތެރެއިން އެންމެ ފަހު މެޗަކީ ޗެލްސީ ގޮވައިގެން މިދިޔަ ސީޒަނު އެންފީލްޑްގައި މޮޅުވި މެޗެވެ.

ޗެލްސީ އާއި ލިވަޕޫލުން މި ފަހަރުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިޔަސް އެއީ މުޅި ސީޒަނަށް ނޫނީ މި ދެ ޓީމުން ލީގުގެ ރޭހުގައި އޮންނާނީ ކިހާ ހިސާބެއްގައިތޯ ކަނޑައެޅިގެންދާނެ މެޗެއް ނޫން ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

"މިއީ ލީގުގެ ވަކި މަގާމަކާ މެދު ގޮތެއް ނިންމާނެ މެޗެއް ނޫން. މި މެޗުގެ ބޭނުން ހިފަން ޖެހޭނީ ޓީމުގެ އިތުބާރު ރަނގަޅުކުރަން. މިއީ އަދި ސީޒަންގެ ކުރީކޮޅު،" ޓުޗެލް ބުންޏެވެ.

ޓްރާންސްފާ މާކެޓްގައި ޗެލްސީން ފާހަގަކޮށްލެވޭ ޓްރާންސްފާ އަކަށް ގެނެސްފައިވަނީ އެ ޓީމަށް ކުރިން ކުޅުނު ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ ވަނީ ފުރަތަަމަ މެޗުގައި އާސެނަލް ކޮޅަށް ގޯލު ޖަހައިފަ އެވެ.

ޗެލްސީން އަންނަނީ ސެވިއްޔާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އާއި އެތުލެޓިކޯ މެޑްރިޑްގެ މިޑްފީލްޑަރު ސައުލް ނިގޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ. ޓުޗެލް ވަނީ އަންގާރަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ޗެލްސީން އިތުރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

ލިވަޕޫލާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox